މީހަކު ފިހާރައަކުން ވިޔަފާރިކުރަނީ: މިދިޔަ މަހު މުދަލާއި ހިދުމަތުގެ އަގުތައް ވަނީ ބޮޑުވެފައި.
31 މާޗް 2018 - 13:00
ފާއިތުވި އެއް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި މުދާލައި ހިދުމަތުގެ އަގު 1.02 ޕަސެންޓުން މަތިވެފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.
ތަފާސާހިސާބާ ބެހޭ ގައުމީ އިދާރާއިން ބުނީ މަހުން މަހަށް ބަލާއިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ މިއަހަރުގެ ފެބްރުއަރީ މަހު އިންފްލޭޝަން ރޭޓް ވަނީ 1.09 ޕަސެންޓުން މަތިވެފައި ކަމަށެވެ.
- މަހުގެ ބާވަތްތަކުން 4.23 ޕަސެންޓް
- މޭވާގެ ބާވަތްތަކުން 6.09 ޕަސެންޓް
- ދުފާތަކެތިން 9.15 ޕަސެންޓް
- ގޭގެ ކުލިން 0.33 ޕަސެންޓް
- ވައިގެ މަގުންކުރާ ދަތުރުން 5.41 ޕަސެންޓް
- ގޭތެރޭގައި ބޭނުންކުރާ ހަރުމުދަލުން 0.87 ޕަސެންޓް
- ގެދޮރު މަރާމާތުކުރުމުގެ ހިދުމަތުން 1.48 ޕަސެންޓް
- ހޮޓާ، ކެފޭ، ރެސްޓޯރަންޓުތަކުގެ ހިދުމަތްތަކުން 0.28 ޕަސެންޓް އަދި ބޭހުގެ ބާވަތްތަކުން 0.38 ޕަސެންޓް
- ތަރުކާރީގެ ބާވަތްތަކުން 11.20 ޕަސެންޓް
- އަންނައުނުން 1.13 ޕަސެންޓް
- ފޮތިން 3.11 ޕަސެންޓް
- ގޭތެރެ ޒީނަތްތެރިކުރަން ބޭނުންކުރާ ތަކެތިން 3.60 ޕަސެންޓް
- ކަރަންޓުން 0.31 ޕަސެންޓް
-ގެދޮރު މަރާމާތުކުރަން ބޭނުންކުރާ ސާމާނުން 0.35 ޕަސެންޓް
ސްޓެޓިސްޓިކަލް ބިއުރޯއިން ބުނީ ފާއިތު އެއް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ދުފުމުގެ ބާވަތްތަކުގެ އިންފްލޭޝަން ރޭޓް ބޮޑުވި މައިގަނޑު ސަބަބަކީ ރަސްލީ ސުޕާރީން ނަގަމުން އައި ޑިއުޓީ ބޮޑުކުރުމުން ކަމަށެވެ. އެގޮތުން ދުފުމުގެ ބާވަތްތަކުގެ އަަގު މައްޗަށް ދިއުމުގައި ރަސްލީ ސުޕާރީގެ 38.12 ޕަސެންޓް ހިއްސާކުރާ ކަމަށް ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންސޫރު
01 April 2018
ނޭނގި ތިއްބައި މިއޮއް ލިބުނު ބޮޑު ނަސްރެއް. ކައްޕި ހަމަ ކުޅަދާނައީ. އަތްޖަހާ!
އަހްމަދު
31 March 2018
އެހެންވީމަ، މުސާރަ 1% ބޮޑުކޮށްދިނުން އެދެން. އޭރުން މިދިޔަ އަހަރު އުޅުނުގޮތަށް އުޅެވޭނީޯ
ައަހްމަދު
31 March 2018
މުސާރަ ބޮޑުކުރުމަކީ ހައްލެއްނޫން، އެއިރުން ޕާރޗޭސިންގް ޕަވާރ މަތިވެ، މީހުން އެއްޗެހި ގަންނަލެއް އިތުރުވެ، ޑިމާންޑު ބޮޑުވެ އަނެއްކާ އެއްޗެހި އަގުބޮޑުވާނީ.