ފޮރިން މިނިސްޓަރު އާސިމް: ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ރާއްޖެ އޮންނާނެ ކަމަށް އާސިމް ވިދާޅުވި --ފޮޓޯ/މިހާރު
31 މާޗް 2018 - 22:23
ފަލަސްތީނުގެ ގާޒޯ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ބަޔަކު ޝަހީދު ކޮށްލި ހާދިސާ ރާއްޖެ އިން މިރޭ ކުށްވެރިކޮށްފި އެވެ.
ގާޒާ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން އިއްޔެ ދިން ހަމަލާތަކުގައި 16 މީހަކު ޝަހީދު ކޮށްލި ހާދިސާ އަކީ 2014 ގައި އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކަށް ފަހު، އެންމެ ގިނަ މީހުން ޝަހީދު ކޮށްލި ހާދިސާ އެވެ.
އެކަމާ ގުޅިގެން ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރިޔާޒް މާލިކީ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ފޮނުއްވި މެސެޖްގައި، އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެ ހާދިސާގައި ޝަހީދުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ފަލަސްތީނާ އެކު ރާއްޖެ އިން އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށާއި ފަލަސްތީނުގެ ހައްްގުގައި ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
އިޒްރޭލުން އިއްޔެ ދިން ހަމަލާތައް އދ. ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ކުށްވެރި ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
01 April 2018
ކީއްވެގެންބާ ޤާނޫނުއަސާސީން ދިވެހިންނަށް ލިބިދޭ ޙައްޤެއްގެ ބޭނުން ހިފައި ސުލްހަވެރި މުޒާހިރާ ކުރަނިކޮށް ފުލުހުން އައިސް ލޮލަށް ޕެޕަ ސްޕްރޭ ޖަހާ މުގުރުންތަޅާ އަނިޔާކޮށް އެވަރުން ނުފުދިގެން ކުޑަގޮޅިއަށްލާ އަނިޔާ ކުރީމަ އެކަން ކުއްވެރި ނުކުރަނީ؟ ތިމާ ރައްކާތެރިކަމާ އަމާންކަންދޭން ހުވާކޮށްގެންތިބި މީހުނަށް އަނިޔާކުރުން ހުއްޓުވާފަ އޭގެ ފަހުން ނުންތޯ މާ ދުރުގަތިބި އަޚުންނަށް އަނިޔާ ކުރުން ކުށްވެރިކުރަން ޖެހޭނީ.
މަހަމޫދު އައްބާސް
01 April 2018
އިޒުރަކީ އަނިޔާވެރި ޤައުމެއް. ދިވެހި ސަރުކާރުން ކީއްވެ ކުއްވެރި ނުކުރަނީ މިތާ ފުލުހުން ދިވެހި ރައްޔިތުން ސުލްހަވެރި މުޒާހަރާ ކުރަނިކޮށްދޭ ލާއިންސާނީ އަނިޔާ!
ތުނިޔަ
01 April 2018
ޣައްޒާގެ ބޯޑަރަށް ދިންހަމަލާ އަޅުގަނޑުމެންވެސް ކުށްވެރިކުރަން...އަދި ހަމަ އެހެންމެ ދިވެހި ސަރުކާރުން ރައޔިތުންނަށް ކުރާއަނިޔާވެސް ކުށްވެރިކޮށް އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލަން!
އިޔެ
01 April 2018
މުހައްމަދު ބިން ސަލްމާން އެމެރިކާގައި ޔަހޫދީންގެ ޖަމާއަތް ތަކާއި ބައްދަލު ކުރަމުން އެބަދޭ. ފިލަސްތީނުގައި ކަމެއްވާހެން ވެސް އެބޭފުޅާއަކަށް ހީފުޅެއްނުވޭ. ޔަމަނުގައި ޝަހީދު ވަމުންދާ މުސްލިމުންގެ ހައްގުގައި އެއްޗެއް ބުނަން ކީއްވެތޯ ނުކެރެނީ؟
ހޫރޭ
01 April 2018
މިސަރުކާރުން ކޮންއެއްޗެއް ކުއްވެރިކުރާކަށް މިއީ ވަކި އިޒުރޭލަށްވުރެ ވަކިން ރަމަތަ ސަރުކާރެއް ނޫނޭ ގުދޯގުދޯގޮވަން!
ފެހިފަރުދާ
31 March 2018
ތިމަންނަމެންގެދާޚިލީކަންކަމާނުބެހެއްޗޯ ތިމަންނަމެންވެސް އެހެންގައުމުތަކުގެދާޚިލީކަންކަމާ ނުބެހެމޭބުނެފަ ތިގޮތަށްބަޔާންނެރުނީމަ ދެކޮޅުނުޖެހޭދެއްތޯ ؟؟
އާދަނު
01 April 2018
ކުއްވެރި ކުރުމާ ބެހުމާ ތީ އަދި ތަފާތު ދެކަމެއް. ހިތުން ވަރަށް ލޮޖިކް މޮޅު ދޯ؟ ވާނުވާ ނޭންގެންޏާ ތިކަހަލަ މޮޅު ލޮޖިކް އަންނާނެ.
ތަމީމް
31 March 2018
ސަޢޫދީ ޢަރަބިޢާ- އެމެރިކާ ކޯލިޝަން އިން ސޫރިޔާއަށް ދޭ ޙަމަލާތަށް ކުއްވެރިކުރަން ދިވެހިރާއްޖެއަށް ކެރޭނެތަ؟؟ ސަޢުދީ ކޯލިޝަން އިން ޔަމަނަށް ބޮން އަޅާ 10000 ވުރެ ގިނަ މުސްލުމުން ޝަހީދުވީއިރު، އެކަން ކުއްވެރިކުރަން ދިވެހިރާއްޖެއަށް ކެރުނުތަ؟؟
ވާނުވާއްޓޭ
31 March 2018
ރާއްޖެއިން ކީއްވެގެންތޯއޭ މާދުރު ގައުމުތަކުގެ ދާހިލީ ކަންކަމާ ބެހެނީ. އެގައުމުގެ ރައްޔިތުން ވާހަކަދައްކައިގެން ސުޕްރީމުކޯޓު ފުރާޅު ޓިނުނަގައިގެން ތިޔަމައްސަލަ ހައްލުކޮއްފާނެއެއްނޫންތޯ.
ޝާޑު
01 April 2018
ޢެއްކަލަ ނަޝީދު ގެ އައުވާނުން ކޮމެންޓު ކުރަންފެށީ