އައްޑޫގައި ރޭ އެކްސިޑެންޓުވެ މަރުވި މީހާ.
02 އެޕްރީލް 2018 - 08:34
ސ. ފޭދޫ ބަނދަރާ ދިމާލުން ލިންކް ރޯޑުގައި ރޭ އިރާކޮޅު ބައިސިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި ޒަހަމްވި އުމުރުން ދުވަސްވީ މީހާ މަރުވެއްޖެ އެވެ.
ފޭދޫ ދުންބުރުވާގޭ އަބްދުﷲ މަނިކުފާނު 78، މަރުވީ އޭނާގެ އެތެރެހައްޓަށް ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށް ރޭ ދަންވަރު 12 ޖަހާކަން ހާއިރު ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ މީހާ ބުނީ، އެކްސިޑެންޓުގައި އަބްދުﷲ މަނިކުފާނުގެ މޭ ކަށިގަނޑެއްގެ އިތުރުން އުކުޅުވަޅުގެ ކަށިގަނޑެއް ވެސް ބިދިފައިވާ ކަމަށެވެ.
"ހޮސްޕިޓަލަށް ގެންދިޔައިރު ވާހަކަ ވެސް ދެއްކި. ނަމަވެސް މޭ ކަށިގަނޑު ބިނދިފައި ހުރުމުން ފަހުން ނޭވާލާން އުނދަގޫވެގެން އޮކްސިޖަން ވެސް ގުޅި. މަޑުމަޑުން ހާލު ދެރަވަމުން ގޮސް މަރުވީ،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަާްެދފ
02 April 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ގަލަންވެރިޔާ
02 April 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
މެންޓަލިސްޓް
02 April 2018
އައްޑޫގައި އެކްސިޑެންޓް ވުމަކީ މިހާރު އިރުއަރާޢި އިރުއޮއްސުންކަހަލަ ކަމެށް ،،،، ނުރައްކާތެރި އެކްސިޑެންޓް ހިނގާތާ މިހާރު ގަރުނެއްވެއްޖެ އެހެންނޫޏްތޯ ؟؟ އެކަންހައްލުކުރަން އެއްވެސް ސަރުކާރަކުން ދިވެހި ފުލުުހުންނަށް ކުރެވުނު އެއްކަމެށްވެސް ނެތް ،،،، ފުލުނުންނޭކިޔާފައި ނޫކަލައިގެ ޔުނީފޯމްލައްވައިގެން މަރުމޯލުން ގެންގުޅުނީމައި ވާނީވެސް ތިޔަހެން ،،،، ޓްސާރވް އެންޑް ޕްރޮޓެކްޓް ޖަހައިގެން ތިބޭނީ ،،،، ކޯންޗެއްކަމެށް ޕްރޮޓެކްޓްކުރަންވީ ،،، ކޮންބަޔަކަށްކަމެށް ސާރވްކުރަންވީ ނޭންގޭ ،،،، ތިޔަމުއައްސަލާ އުވާލާފައި 1000 ބަންގާޅީން ގެނެޔަސް މާފައްކާވާނެ ،،، ހަމަޔަގީނުންވެސް އެމީހުން މުސާރަ ހަލާލުވާވާރަށް މަސައްކަތްކުރާނެ ،،،،، މައައްސަލާމާ
Ali fulhu
03 April 2018
ޅިންކުރޯޑު ތަޅާފަ ނަގަންވީ.
1234
02 April 2018
ލިންކުރޯޑް މައްސަލަ ހައްލުކުރަން ޓްރާންސްޕޯޓްގެ ޓީމެއް ދިޔަ މިދިޔަ މަހުވެސް. އަދިވެސް ހައްލެއް ނުފެނޭ!
ޓްރާންސްޕޯޓް
02 April 2018
ޓްރާންސްޕޯޓް ދެއްތޯ ކުއްވެރިވަނީ ދުއްވާ މީހުންގެ އިހުމާލުން އެކްސިޑެންޓް ވިޔަސް
ވައިހައްނާޅި
02 April 2018
އައްޑޫ ރައްޔިތުން އެބަޖޭ ފަރުދީގޮތުން ތިކަހަލަ އެކްސިޑެންޓް ނުވާގޮތަށް ރާވަން.ހާދަބަޔަކު މަރުވެއްޖޭ ތިލިންކްރޯޑް ހެދިފަހުން.
އައްޑޫ
02 April 2018
މަރު ޚަބަރު ގެނެސްދޭ ލިޔުންތަކުގައި ނިޔާވި މީހާގެ ފުރާނަައަށް ރަހްމަތްލެއްވުން އެދި ދުޢާކޮށްލުން ރަގަޅުވާނެ. އެހެނީ އެ ޚަބަރު ކިޔާ އެންމެނަށް އެ ދުޢާގައި ބައިވެރިވެވޭނެތީ. އަދި ހިތާމަވެރި ދަނޑިވަޅުގައި ގާތްތިމާގެ މީހުނާއި ރަހްމަތްތެރިންނަށް ކޮންމެވެސް ވަރެއްގެ ތަަސައްލީއެއް ލިބޭނެތީ. #ރެސްޕޮންސިބްލްޖާނަޒިލަމް
ޢަލިދީދީއައްޑޫސިޓީ
02 April 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون އެކްސިޑެންޓެއް ވާއިރަށް އަބަދުވެސް އިނގިލި ދިއްކޮށްލެވެނީ ޓްރެފިކް ފުލުހުންނާ ދިމާލަށް. އެވެސް ސަބަބުތަކެއް ވެސް ހުރީމަ. އެހެނަސް، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ތަންކޮޅެއް ބޮޑަށް ފަރުވާތެރިވެ ސަމާލުވުން ވެސް އެހާ މުހިންމު. ދުއްވަމުން ފޯނު ބޭނުންކުރުމަކީ އައްޑޫ ގައި ވަރަށް އާއްމު ކަމެއް. ސައިކަލު ގައި އަންހެނުން ވެސް ބުރުގާދަށުން ކަންފަތާ ދިމާލަށް ފޯނުޖަހައިގެން ދުއްވަމުން ވާހަކަ ދައްކަމުން ދިއުމަކީ އާދައެއް. މިއީ ވަރަށް ނުރައްކާތެރި ކަންކަން. ވެހިކަލެއް ދުއްވަން އިންނަ މީހާގެ ހުރިހާ ވެސް ސަމާލުކަމެއް ހުއްޓެންވާނީ އެމީހާގެ ވަށައިގެންވާ ސަރަހައްދަށް. ސައިކަލެއް ވިއްޔާ ދެފަރާތު ލޯގަނޑުން ފަހަތް ބަލަމުން ކުރިޔަށް ބަލަމުން ގަވާއިދުން ދާނަމަ އެކްސިޑެންޓު ވުން ދުރުވާނެ. މިދެންނެވި ލޯގަނޑު ނެތި ކިތައް ސައިކަލު އެބަދުއްވާތޯ؟ އެއީ ޓްރެފިކް ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަންކަން. ރޯޑް ވާރދިނަސް ސްޓިކާ ހުރެދާނެ. އެކަމަކު ބުރެކު ނުޖެހިދާނެ.
ގަލަންވެރިޔާ
02 April 2018
ތޯ މާ އެނގިގެން ނިހިނގަ!
ޢިބޫ
02 April 2018
މީހެއްގެ ފުރާނަ ސަލާމަތް ކުރެވޭ ކަމަކަށްނުވޭ. ބަލަންޖެހޭ ކަމެއް. ވާހަކަ ދެއްކިކަމަށް އެބުނަނީ
ފުރާނަ
02 April 2018
ކިތަންމެ މޮޅު ޑރ އެއް ހުއްޓަސް، މަރު އައިސް ބައްދަލު ކުރީމާ ދެން ކުރެވޭނެ ކަމެއް ނޯންނާނެ.
ހަސަންމަނިކުފާނު
02 April 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون އާއިލާއަށް ކެތްތެރިކަން ދެއްވާށި! އަދި މަރުހޫމުގެ ފާފަފުއްސަވާ ސުވަރުގެ މިންވަރުކުރަށްވާށި!
އުމަރު
02 April 2018
ހޮސްޕިޓަލަށް ގެންދިޔައިރު ވާހަކަވެސް ދެއްކި، އެކަމަކު އޭގެ ފަހުން މަރުވީ، އޭގެ މާނައަކީ ހޮސްޕިޓަލަކީ ވަކި ސަލާމަތްކަން ހޯދޭނެތަނެއްނޫންކަން އެތަނެއްގައި އެކަށީގެންވާ ޑޮކްޓަރުންނާއި ވަސީލަތްނެތި