12 އެޕްރީލް 2025 - 20:58
އައްޑޫ ފޭދޫ ލިންކު ރޯޑުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އުމުރުން 36 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ، މިރޭ 7:30 ވާން އުޅެނިކޮށް ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި މަރުވީ ސައިކަލް ދުއްވަން އިން ފޭދޫ، އުލްފަތު، އިބްރާހިމް ސިޔާދު ކަމަށެވެ.
އޭނާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓު ހިނގިއިރު ކާރު ދުއްވަން ގދ. ފިޔޯރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒު، 23 މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ލާމު ލިންކު ރޯޑުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ވެސް އުމުރުން 30 އަހަރުގެ ޒުވާނަކު މިއަދު ހެނދުނު ވަނީ މަރުވެފަ އެވެ.
ލ. ގަމާއި ފޮނަދުއާ ދެމެދު ހަދާފައި އޮންނަ ލިންކު ރޯޑުން މާންދޫ ގުޅުވައިދޭ ހިސާބުގައި ހިނގި އެ އެކްސިޑެންޓުގައި މަރުވީ ލ މާބައިދޫ، ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް އެވެ.
ނައުޒަމް މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، މިއަދު ހެނދުނު 8:45 ހާއިރު އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބޮލަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
13 April 2025
މަރުޙޫމާ އަށް ހެޔޮރަޙްމަތްލައްވާ ސުވަރުގެ މިންވަރު ކުރައްޥާށި ، ކުދިންނޭ މިފަދަ ހާދިސާ ތަކުން އިބްރަތްލިބިގަނެ ވިސްނާ ބަޔަކަށް ވާށެވެ. އެކްސިޑެންޓް ތަކުގައި އެއްދުވަހަކު ތިދިޔައީ ޒުވާން ދެފުރާނައެވެ.
ބަސްދޫ
13 April 2025
އަފިރިން އަށް އިނގިރޭސި ނަމުން ނަން ލިބެނިކޮށް ވަރިހަމަވޭ. ލިނކް ރޯޑަކަށް ހައިވޭ. އަފިރިން ވިސްނުން ރަންގަޅު ކުރަންވެސްޖެ. ލިންކް ރޯޑެއްގަ ދުއްވަން ޖެހެނީ 25 އިން ދަށުގަ.
އަހައްމަދޫ
13 April 2025
މިކުދިންނަށް ކިހިނެއްތަ މިވަނީ ދުއްވާ އެއްޗަކަށް އެރުނީމަ
ކޮއްކޮބެ
13 April 2025
ފުރާނަ ދުއްވާލާފަވެސް ސައިކަލު ދުއްވާލެވުނީމަ ނިމުނީ ދޯ. މަގުތައް ހަދާފަހުރީ ރަގަޅައް. މައްސަލައުޅެނީ ބުއްދީގަ.
ހަސަންބެގޯތީއުމަރު
12 April 2025
މާތްކަލާކޯ ތިޔަ ރަށްރަށުގައި އަޅާފައިތިބި ތާރުތައްނަގާ އަޑިގުޑަންކަންބޮޑު ދުއްވަން އުދަގޫ މަގުތަކެއް އިހުޒަމާނު އޮތްގޮތަށް އަލުންގެނެސްދީ. ތާރު އެޅިމަގުތަކަށްވުރެން އިންސާނުންގެ ފުރާނަ އަގުބޮޑު.
އުމަރުކޮއްކޮ
13 April 2025
ތާރުނާޅާ އަޑިގުޑަންކޮށް އޮތްއިރުވެސް ބާރަށް ދުއްވާ މީހުން ދުއްވާ، ތާރުއެޅުމެއް ނޫންގޯހީ، ގޯހީ ބާރަށް ދުއްވާ މީހުންގެ ވިސްނުން ، ތާރުއަޅާ މަގު ހަދާފަ އެއޮތީ އެންމެންގެ ލާބަޔާ މަންފާއަށް،
ރޮދި
13 April 2025
މާތާހިރުވާނެ ދަރިންނަށް މަގުމަތީ ގަވާދާއި ޓްރެފިކު އުސޫލުތަކަށް އަހުލުވެލިކުރުވަން
އުދުހޭ
12 April 2025
ހައިވޭތަކުގައި ސްޕީޑް ލިމިޓް 25 ޖަހައިގެން މިކަމެއް ނުވާނެ. ރައްޔިތުން އެކަމެއް ބަލައެއް ނުގަނޭ. ހައިވޭއަކީ 90 ގަ ދުއްވަން ހުއްދަ އޮންނަ ތަނަކަށް ހަދާ އެފަދަ ތަނަކާ އެކަށީގެންވާގޮތަށް ނިޝާންތަށް ހަރުކުރުން މުހިންމު. ލަނބާލާ ހިސާބު ކައިރިވާކަން އަންގަދޭ ނިޝާން ވަރަށް މުހިންމު. ބެލެވޭގޮތުގައި މިހާރުދެސް ދުއްވަނީ 90 ގަ އެކަމަކު އުސޫލުތަށް 25 ގަ ހުރީމަ މައްސަލަ ދިމާވަނީ.
ސަލީމު އިދުރީސް
13 April 2025
ތިއޭ މައްސަލަކީ ލިންކު ރޯޑުތަކައް ހައިވޭ ކިއައިގެން ހިތުހުރި ވަރަކައް ދުއްމަކީވެސް ނުރައްކާ ކަމެއް! ހައިވޭއެއް ރާއްޖެއަކު ނޯވޭ އަސްލު ހައިވޭގަ އެންމެ މަޑުން ދުއްވޭ ވަރަކީ 60 ކމ
ތަމެންދޯ
12 April 2025
ދުއްވިފައި ހުންނާނީދޯ ރަނގަޅު ރަނގަޅު.
ރަދީފްއޮފިޝަލް / އާސެނަލް މެޗް ބަލަން
12 April 2025
ބްރޯ. ދިވެހި 2 ޒުވާނުން ނިޔާވެގެން އެތައް ބަޔަކު ކަރުނައިގަ ތިބި ވަގުތެއްގަ ތި އިބާރާތުން ކޮމެންޓެއް ލިޔުނީތީވެ ހިތާމަކުރަން.
ކުރަކި
12 April 2025
ތަންދޮރު ނުބަލާ ކޮމެންޓު ނުކުރޭ!