ފޮރިން މިނިސްޓަރު ޑރ. އާސިމް އާއި އިންޑިއަން ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާ--
02 އެޕްރީލް 2018 - 12:20
ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ ދިވެހިންނަށް މެޑިކަލް ވިސާ ދިނުން މަޑުޖައްސާލުމަށް ފަހު އިންޑިއަން ހައި ކޮމިޝަނުން އަލުން އެ ހިދުމަތް ދޭން ފަށައިފި އެވެ.
މިދިޔަ ހަފުތާގައި ސްކޫލުތަކުގެ މިޑްޓާމް ބަންދާ ދިމާކޮށް، އެތައް ބަޔަކު އިންޑިއާ އަށް ދިއުމަށް ވިސާ އަށް އެދެމުން ދިޔަ އެވެ. ނަމަވެސް އިންޑިއާ ހައި ކޮމިޝަނުން ބުނީ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން، ވިސާ ދިނުން މެދުކެނޑިފައިވާ ކަމަށާއި އަނބުރާ އެ ހިދުމަތް ދޭން ފެށޭނީ މިިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
India in dhivehinnah visa dhinun madu jassaalaifi
The most trusted news source in the Maldives
Mihaaru
އިންޑިއާއިން ދިވެހިންނަށް ވިސާ ދިނުން މެދުކަނޑާލުން--
އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ ވިސާ ދޫކުރަން އަލުން ފަށާފައިވާ ކަމަށާއި އޮންނަ އުސޫލުގެ މަތިން ދައްޗެއް ނެތި މިހާރު ވިސާ ދޫކުރަމުން ގެންދާނެ ކަމަށެވެ.
ބޭސްފަރުވާ އަށް ދިވެހިން އާންމުކޮށް ގޮސް އުޅޭ އިންޑިއާގެ މެޑިކަލް ވިސާ ހޯދަން ހުށަހެޅުމުން އާންމުކޮށް ދެ ތިން ދުވަސް ތެރޭގައި ވިސާ ލިބެ އެވެ.
އިންޑިއާއިން ވިސާ ދިނުން މަޑުޖައްސާލި އިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން، އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ނަމަވެސް އިންޑިއާއިން ފަހުން ވަނީ އެ ގައުމުން ރާއްޖޭގެ ކަންކަމާ ނުބެހޭނެ ކަމަށާއި ވާދަވެރި ޗައިނާއިން އެ ގައުމަށް ގެއްލުންވާ ފަދަ ކަމެއް ނުކުރުމަށް އެދެފަ އެވެ. އިންޑިޔާގެ ނުތަނަވަސްކަން ބޮޑުވީ ރާއްޖެ އިން ޗައިނާ އާ ގާތް ގުޅުމެއް ގާއިމް ކުރަމުން ގެންދާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްޅަބޭ
03 April 2018
ކުއްލިނުރައްކަލުގެ އަމުރު ނެރުނީ އިންޑިޔާއަކަށްނޫނޭ، ހޭބަލިވެގެން މިގައުމުގެ މައްޗަށް ބާރުފޯރުވަން އުޅެނީ! ކުއްލިނުރައްކާވީ މިގައުމަށް!
ސިނާމޯ
03 April 2018
އިންޑިއާއިން ސަރުކާރައް ކުރާ ތާއީދު މި ފެންނަނީ.. ރީންދޫ ކުދިންނަކަށް ހަޖަމެއްނުވާނޭ.. ގޮވަ ގޮވާ ވެސް ބަޣާވާތް ކޮއްދޭކައް ނައިވިއްޔަ. ލޮލް
amir
03 April 2018
ކީއްކުރާނީ ދިވެހިން ޓުރެވިންޑުރަމް ތަރައްގީ ކުރަން ބޭނުންވާ ފައިސާ ދެނީ .
ވީސާ ބޭބެ
03 April 2018
ދެން ބޭނުމެއްވެސް ނޫން... ޓްރީ ޓޮޕް ހޮސްޕިޓަލް އެބަހުރި ދެން އެހެން ނުނީ ދާނީ ލަންކާ އަށް
ވަހީދު
03 April 2018
ބިރުގައްނާނެ ދޯ ޓޯކިޔޯވިއްޔަ. ދުނިޔޭގެ ގޭންގުން އެންމެ ގިނަ އެއް ސިޓީވިްޔަ
ޝާން
03 April 2018
އެންމެ ގިނައިން ޓެރަރިސްޓުން ވެސް ތިބި ގައުމު.
ދުންނި
02 April 2018
އިންޑިއާއިން ކުޑަކަކޫ ޖަހައިފި.. ރައީސް ޔާމީނަށް ކުރާ ޕްރެޝަރ އަޑީގައި ތިބެގެން އިތުރަށް މިބައިމީހުން ބޮޑުކުރާނެ ސަރުކާރު ވިސްނަންޖެހޭ!
ޝާން
03 April 2018
ބަލަގަ މާތްﷲ ދެއްވި ސިކުނޑިން ވިސްނައިގެން ބުނާ އެއްޗެއް ބުނެބަލަ! އިންޑިއާ ކުޑަކަކޫ ޖެހުނީ އެއްނޫން. އެމީހުން ބޭނުންވީ މިދިޔަ ޗުއްޓީ ހަފުތާގަ އިންޑިއާއަށް މެޑިކަލް ވިސާގަ ދާން އުޅުނުމީހުންނަށް ދެވުނަނުދޭން. އެމީހުން އެކަން ކޮށްފަ ޗުއްޓީ ނިމުނީމަ އަލުން ވިސާދެން މިފެށީ.
ފަތުހުﷲ
02 April 2018
އިންޑިޔާ ދެރަކޮށް ލިޔާ މީހުންނަށް އެނގޭބާ މުޅި ދިވެހި ގައުމުގެ ރައުސުލްމާލަށް ވުރެ ބޮޑެތި މުއްސަދިންވެސް އިންޑިޔާގައި އުޅޭކަން ، ދިވެހިން ޑަލަރު ނުވިއްކިޔަސް އިންޑިޔާ އަށް މާބޮޑު އެނގުމެއް ނުވާނެ ؟ އަހަރެމެން ޖެހޭނީ އެމީހުންގެ ކައިރި އަށްދާން > އެހެން ނޫންނަމަ ނިއުކުލިޔާ މައްސަލައިގައި ދަތިކުރުމުގެ ފިޔަވަޅު އެޅީމަ ގޮތެއްވީސް ..އެއްގޮތް ނުވި ...އަހަރެމެން ދިވެހިން މާއަވަހަށް ފޮނިބޮޑު ވެވެނީ....ޤަބޫލުކުރަންބޭނުން ނޫނަސް މާވަރުތަކެއް ހުރި ތަނަކަށް ނުވޭ...
ބުއްޅަބޭ
03 April 2018
އަހަރުމެން ކޮންމެހެން ނުޖެހޭ އިންޑިޔާ ފައިބުޑަށް ވެއްޓޭކަށް! ފަތުުﷲގެ ވިސްނުމަކީ 40 އަހަރު ކުރީގެ އެއްޗެއް! އެމީހުންގެ މުއްސަދިން ތިއްބަސް، އަހަރުމެން އެގައުމަށް ދަނީ ހިލެއަކުނޫން! ބޮޑު އަގުދީފަ ދަނީ!
ނެރު
02 April 2018
ތިޔަ ވިސާ ބޭނުން މީހަކު މިހާރަކު ނެތޭ
ކޭނޭޖީ
02 April 2018
މިޒަމާނުގައި ތަރައްޤީއަށް ހުރަސްއަޅައިގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެ ވަރަށް ސާފު!
ގެރިބޯ
02 April 2018
ބަލ އެއް. ނުދާނަން އިނޑިޔާއަކަށް. ތުރިވަންދުރަމް ގެ އިގުތިސާދު ހަނާ އަޅާލީތާ ދޯ.