ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން: ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވިސާ ދިނުން ވަނީ މަޑުޖައްސާލާފައި.
20 މާޗް 2018 - 13:29
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ ދިވެހިންނަށް ވިސާ ދިނުން މިއަދުން ފެށިގެން މަޑުޖައްސާލައިފި އެވެ.
އިންޑިއާ ހައި ކޮމިޝަނަށް ވިސާ ހޯދަން ދިޔަ މީހަކު ބުނީ އެތަނުގެ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން، ވިސާ ދިނުން އަންނަ އަންގާރަ ދުވަހާ ހަމަޔަށް މެދުކަނޑާލާފައިވާ ކަމަށެވެ.
"ވިސާ ހޯދަން މިއަދު ހެނދުނު އެތަނަށް ދިޔައިމަ ބުނީ މިއަދު ހުށަހެޅިދާނެ ކަމަށް. ނަމަވެސް ވިސާ ޕްރޮސެސްވާން ހަފުތާއެއްހާ ދުވަސް މިހާރު ނަގާނޭ،" އެ މީހާ ބުންޏެވެ.
އިންޑިއާ ހައި ކޮމިޝަނުން ވާހަކަދެއްކި މީހަކު ވެސް ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ދިވެހިންނަށް ވިސާ ދިނުން އަންނަ އަންގާރަ ދުވަހާ ހަމަޔަށް މަޑުޖައްސާލާފައިވާ ކަމަށެވެ.
"އާޖެންޓް އެއްޗެއްވިއްޔާ މިއަދު ވެސް ބަލައިގަނެވިދާނެ. އެކަމަކު އާއްމު އުސޫލުން ވިސާ ދޫކުރުން މިއަދުން ފެށިގެން އަންގާރަ ދުވަހާ ހަމަޔަށް ވަނީ މެދުކަނޑާލާފައި. އެ މައްސަލަ ހައްލުވިހާ އަވަހަށް އަލުން ވިސާ ދޭން ފަށާނަން،" އޭނާ ބުންޏެވެ.
އިންޑިއާގެ ވިސާ ހޯދަން ހުށަހެޅުމުން މީގެ ކުރިން އާއްމުކޮށް ދެ ތިން ދުވަސް ތެރޭގައި ވިސާ ލިބެ އެވެ.
އިންޑިއާ އިން ވިސާ ދިނުން މަޑުޖައްސާލިއިރު، ބުރާސްފަތި ދުވަހުން ފެށިގެން އެއް ހަފުތާއަކަށް ސްކޫލްތައް ބަންދުކުރަން ވަނީ ނިންމައިފަ އެވެ. އަދި ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ކޮންމެ އަހަރަކު ވެސް ބޭސްފަރުވާ އަށް އެ ގައުމަށް ދަތުރުކުރެ އެވެ.
އިންޑިއާއިން ވިސާ ދިނުން މަޑުޖައްސާލި އިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުލޭ
21 March 2018
ބަލަގަ މީ އިންޑިއާ ބޭނުންހާ އެޗެއް ހެދޭނެ ޒަމާނެއްނޫނޭ ބަލަގަ! މިހާރު ދިވެހިރާއްޖޭގައި މިހުރި ވެރިޔަކީ މީހަކު ޖަހާހާ ބެރަކައް ނަށާނެ ވެރިއެއް ނޫނޭ ބަލަގަ މޮޔަފުޅުވީތޯ!
ފޮނިޓައްޕު ހަސަނު
21 March 2018
ޔާމީނު ބުނީ ދިވެހިން ދެންދާނީ ޕާކިސްތާނަ ޝޯ.
ޜަންވަނަ
20 March 2018
ކޮން ފޮންޏެއް ދައްކާކަށް ނޫޅެން ތި ގޮޑަށް ދާކަށް.
ހާހުންގާނު
20 March 2018
ދާނިކަމެއް ނެތް. ޢަހަރުމެން ދެންދާނީ ޓްރީޓޮޕަށް
ރައްޔިތުމީހާ...
20 March 2018
އިންޑިޔާއަށް ދިވެހިން ދަނީކީ އިންޑިޔާގެ ހަރަދަކުނޫން އަދި ގޮސްތިބޭއިރު ކުރާހަރަދުތައް ކުރަނީކީ އިންޑިޔާސަރުކާރަކުންނޫން އަދި ބަލަން މާރީތިތަނެއްވެސްނޫން އަދި ދިވެހިން އިންޑިޔާއަށް ނުގޮސް ހުއްޓާލުމުން ގެއްލުންވިޔަސް ވާނީ ހަމަޔަޤީނުންވެސް ދިވެހިންއަތުން ލިބޭލާރިއަށް ބަރޯސާވާ އިންޑިޔާމީހުނަށް އެހެންވެއްޖެއްޔާމު ތިޔަ އިންޑިޔާއަށް ދިއުމުގެ ބަދަލުގައި އެހެން ޤައުމަކަށް ދާން އާދަކުރަން އެބަޖެހޭ... އެއިރުން ސައިޒުވާނެ..
ކޮކްޓެއިލްރައީސް
20 March 2018
ރައްޔިތު މީހާ ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް، އަހުންނަސްވެސް ހީވަނީ ހަމަ އެކަނި ސައިޒްވާނީކީވެސް ނޫންހެން، މުޅި އިންޑިއާ ބަނޑަށްވެސް ޖެހޭނެހެން، މިހާތަނަށް އެމީހުންގެ މުޅި އިޤްތިސާދު ކޮޅަށް ޖެހީ ރާއްޖެއިން ބޭސްފަރުވާއަށް އެޤައުމަށްދާ މީހުން އަތުން ލިބޭފައިސާއިން، މުޅި އިންޑިއާ ބަރޯސާވެފަ އޮތީ ރާއްޖެއިން ބޭސްފަރުވާއަށްދާ މީހުންއަތުން މިބޭ ފައިސާފޮއްޗަށް.
އަހުމަދުބެ
20 March 2018
ސްޕްރީމް ކޯޓުން ވާގޮތެއް ބަލަން މަޑުކޮށްލީ ހެން ހީވެއެވެ.
އައްޔޫބު
20 March 2018
ނޯ ކޮމެންޓް.
ކަޑަދޯ
20 March 2018
ޢަސްލު މައްސަލަނެތީ މާދަން އިންޑިޔާ ސަރުކާރު ީހުން އަންނަނީ. ޢެމީހުން ހޮޓެލް ޖެންއަށް ކިހާރުވެސް ބުކިން ހުންނަނީ. ބަލާބަލަ.
ސިންތިލީ ވޫމް
20 March 2018
ވަރައް ރަގަޅު ފިޔަވަޅެއް މިވަގުތައް އަޅަން.
މަ މިއު މަ
20 March 2018
ރަނގަޅެއް ނޫން. ގެއްލުމެއް ވިޔަސް ވަނީ އާންމުންނަށް
ޓެކް މޭން
20 March 2018
އިންޑިއާ މީ ވަރަށް ކިބުރުވެރި ބޮޑާ ގައުމެއް .ހިތަށް އެރީމަ ވިސާދީފަ، ކެންސަލްކޮށް ، ޑިލޭކޮށްފަ ހިތުހުރި އެއްޗެއް ދިވެހިންނަށް ހަދަނީ. ސަރުކާރަށް ގޮވާލަން ދިވެހިން ކުޅޭ ކޫޅޭ ބަޔަކަށް ހެދިޔަ ނުދޭން.އަޅެ ގަޓެއް ހުރިއްޔާ އިންޑިއާ ގެ މިއަމަލާއި ދެކޮޅުކަން ނޫސް ބަޔާންގަނޑަކުން ވިޔަސް ނެރިލަބަލަ !
ބޭބެ
20 March 2018
ކޮއްކޯ ސަރުކާރުންވަނީ އިންޑިޔާ ރައްޔިތުންނަށް ޓުއަރިސްޓް ވިސާ ފިޔަވާ އެހެން ވިސާތައް ދިނުން ހުއްޓާލާފައި މާކުރިން... ކީކޭތޯ ތިކިޔަނީ؟
ޟއޔނ
20 March 2018
މިކަމުގަ ގަޓޭ ބުނާބަހެއްވެސް ނިކަން ގެނެސްދީބަލަ