މަޖޫރީންތަކެއް: ސަރުކާރުން ކަނޑައެޅި އަގަށް މަސައްކަތް ކުރާނެ މަޖޫރީން އަލުން ރަޖިސްޓްރީވާން ވަނީ އަންގާފައި -- ފޮޓޯ/މިހާރު
04 އެޕްރީލް 2018 - 22:29
މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ހުސް ކުރުމުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރުމާ ގުޅިގެން، އެ އަގަށް މުދާ ހުސް ކުރުމުގެ މަސައްކަތް ކުރާނެ މަޖޫރީން އަލުން ރަޖިސްޓްރީވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފި އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލްއިން އެގޮތަށް އެންގީ އެ ބަނދަރުގައި މުދާ ހުސް ކުރުމުގެ މަސައްކަތަށް ނެގޭނެ އެންމެ ބޮޑު އަގު ކަނޑައަޅައި، މިއަދު އިކޮނޮމިކް މިނިސްޓްރީން އަގު ކޮންޓްރޯލް ކުރުމާ ގުޅިގެންނެވެ. ސަރުކާރުން އެ މަސައްކަތުގެ އަގު ކޮންޓްރޯލް ކުރީ ދުވާލު ގަޑީގައި މާލޭގައި މުދާ ނުއުފުލޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން މުދަލުގެ އަގު ބޮޑުވާ ގޮތަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ އެވެ.
އެމްޕީއެލް އިން މިރޭ ނެރުނު އިއުލާނެއްގައި ވަނީ މުދާ ހުސް ކުރުމުގެ އަގު ސަރުކާރުން ކަނޑައެޅުމާ ގުޅިގެން އެ އަގަށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ރަޖިސްޓްރީވާން އަލުން ހުޅުވާލާ ކަމަށެވެ. އެ މަސައްކަތް ކުރާ ފަރާތްތަކުން ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށާއި އެ މުއްދަތުގައި އެކަން ނުކޮށްފި ނަމަ، ކުރިން ދޫކޮށްފައިވާ ހުއްދަ ބާތިލްވާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މާލޭގައި ދުވާލު ވަގުތު މުދާ އުފުލުން މަނާ ކުރުމާ ގުޅިގެން، ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރާ މަޖޫރީން ވަނީ މަސައްކަތް ހުއްޓާލައި، ހަޅުތާލު ކޮށްފަ އެވެ. ފަހުން އެ މީހުން އަލުން މަސައްކަތަށް ނިކުތީ މުދާ ހުސް ކުރުމުގެ އަގު ބޮޑުކޮށް ކުރާ ގޮތަށެވެ. އެކަމަކު ސަރުކާރުން ވަނީ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް އޭރު ވެސް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
05 April 2018
ސާބަހޭ ރައީސް ޔާމީނުގެ ސަރުކާރު...ހިކުމަތްތެރިވިސްނުމާއިއެކު ތަރައްގީއާއި ރަނގަޅު ބަދަލު ގެންނާތީ އުފާވޭ...މިހެން ބުނާއިރުވެސް އައްޑޫގެ މަގުނެހެދޭތީއާއި ހޮސްޕިޓަލް މަސައްކަތް ދާގޮތްނޭގޭތީ ކަންބޮޑުވެ ދެރަވެސްވޭ...ޖުމްލަކޮށް ރާއްޖެއަށް މިވަރަށް ތަރައްގީ ގެނެސްދިން ވެރިއެއް ހަގީގަތުގަ ނެތް...
ރަނޭ
05 April 2018
އެކޮނޯމިކް މިނިސްޓަރު މިކަންހައްލުކުރިލެއްހާދަ އަވަހޭ. އެކަމު އިންޑިޔާ ބަންގާޅީ ސޭޓުން ފިހާރަތަކުގައި ތިބޭ ބޭރު ސޭޓުން . ބާޒާރުމަތީ ފިހާރަތަކުގައި ތިބޭ ބިދޭސީސޭޓްން ދެކެ އެކޮނޯމިކް މިނިސްޓަރު ހާދަބިރެކޭ މިގަންނަނީ. ބަންގާޅީންނަކަން ނުޖެހޭ ގާނޫނަކަށް ބޯލަބާކަށް. މިކަން މިނޫހުން ބަލާލަދީބަލަ. މިކަން މިކުރީ ބަންގާޅީކުދިންކޮޅަށް ވަޒީފާއެއްދޭންބާ އަނެއްކާވެސް.
ގޭގަ ތިބޭ
05 April 2018
މަޖޫރިން ކޮޅު ވަރަށް ދެރަވާނެތާ. ލޮލް.
މަޖޫރީ އިބްރާހިމް
05 April 2018
ދައުލަތުން މިފަހަރު ކަންކަން މިކުރަނީ ޗާޓު ތެރޭގައި ތިބެގެންނެވެ.މި އެޅީ ފަހަރަކު ފިޔަވަޅެކެވެ.ފުރަތަމަ މަޖޫރީންނާއި ވާހަކަ ދެއްކިއެވެ.އެވެރިން ގޮތުގައި ތިބީއެވެ.ދެން ނޫސްކޮންފަރެންސެއްގައި އެވެރިންނަށް އިންޒާރު ދިނެވެ.ބޮޑެތި ވިޔަފާރިވެރިންނާއި ބައްދަލު ކުރިއެވެ.ވިޔަފާރިވެރިން އެންމެ ބޭނުންގޮތަށް ޑެލިވަރީ ކުރާ ގަޑީގެ ކަންކަން ހަމަނުޖެހުނަސް އެމީހުންގެ އަޑުވެސް އެހިއެވެ.ދެން މިއޮތީ އެންމެފަހުން މުދާ ނެރުމުގެ އަގު ކަންޓްރޯލް ކޮށްފައެވެ.އަދި އަލުން މަޖޫރީން ރަޖިސްޓްރީވާންވެސް ހުޅުވާލީއެވެ.މި ފިޔަވަޅުތަކުގެ ސަބަބުން މަޖޫރީންނަކަށް މިކަމަށް ކިޔޭނެ މާބޮޑު ބަހެއްނެތެވެ.ސަބަބަކީ ހުރިހާ މަރުހަލާއެއް މިއޮތީ ކުރިއަށް ގެންގޮސްފައެވެ.ނިކަމެތިކަން ފެންނަ އެއްކަމަކީ މިކަމުގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ބަހެއް ނެތީމައެވެ.މީގައި އެންމެ އިސްދަރު އަދާކުރަންވާނީ އެ އޮފީހުންނެވެ.މިކަން ކޮޅެއްގައި ޖެހެންދެން ރަގަޅަށް މޮނީޓަރކޮށް ބަލައިގެން ނަތީޖާ ނެރެވެންވެއެވެ.މަށަށް މިކަން ކުރިގޮތް ފައްކަލެވެ.
އަހުމަދު އިބްރާހިމް
05 April 2018
ރަނގަޅު ނިންމުމެއް.... މަގުތައް ތޮށްޖެހި ހިނގާ މީހުންނަށާއި ދުއްވާ އާއްމު އުޅަނދުތައް ނުދުއްވޭ ވަރަށް ޓްރެފިކް މައްސަލަ ބޮޑުވުމުން ތިއީ ކޮންމެހެން އަޅަން ޖެހޭ ފިޔަަވަޅެކެވެ. ދެން ތިކަމާއި ގުޅިގެން ސަރުކާރު ބުލެކް މެއިލް ކުރުމުގެ ފުރުސަތު މަޖޫރީންނަށް ދީގެން ނުވާނެއެވެ.
އަނގަ ބޮޑޭ ސައީދު
05 April 2018
ރައްޔިތުންގެ ތާއީދު ނެތް ބަލި ކަށި( އަދަކު ތޯ މާދަމާތޯ) ވެފައިވާ ސަރުކާރަކުން ހާދަ ބާރެއް ހުރި ކަމަށް ހެދިގެން އެބަ އުޅެޔޭ ދޯ؟ އެއްމެހާ ރައްޔިތުން މަސް ދުވަހު ބަޑަށް ތިބެގެން ވެސް މި ސޮރުން ސައިޒް ކުރަން ވެއްޖެ ދޯ؟
މަޖޫ
05 April 2018
މަޖޫރީނަށް ނޭގެނީބާ މިކުޅެވެނީ އާދައިގެ ބޭކަލަކާނޫންކަން... އަތްނުލާ އައްދޮ ކިއުއްވާނެ
އަޖީތު
05 April 2018
މަޖޫރީންގެ އަގު ކޮންޓްރޯލުކޮށްގެން ގަދަބާރުން ކަންކަން ކުރުވުމުގެ ބަދަލުގައި ތިޔަ އަގަށް ސަރުކާރުން އެކަން ކޮށްދިނީމާ ނިމުނީނު؟
ޙަކީމް
05 April 2018
ޙަލީމޫ އަޅެފަހެ މޮޔަވީތޯ. ޢަލުން ރަޖިސްޓްރީ ނުކުރިޔަސް މި އީ ޔޭ ކުރެވޭނެ އަގަކީ ބުނީމާ ނިމުނީނު.
ސޮކްތެރެޕީ
05 April 2018
މުދާ ބޭރުކުރާ މީހުންނާ މަޖޫރީން ދިވެހިރައްޔިތުން ފެލާލަނީ އެމީހުން ހީކުރަނީ އެތަނަކީ އެމީހުންގެ އަމިލްލަތަނެއްކަމަ މިކަމުގަ ސަރުކާރުންޅަމުންދާ ފިޔަވަޅަ ތާއީދުކުރަން.