ޚަބަރު / އެލްޖީއޭ

ޅ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކު ސަސްޕެންޑްކޮށްފި

އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން---

ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ގޮވާލައި ނޫސްބަޔާން ނެރުމުން ޅ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކު އެލްޖީއޭއިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް، އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފައި ވަނީ އެ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު އާއި ކުރީގެ ރައީސް އަދި މިހާރު މެމްބަރު މުހައްމަދު ހުސައިނެވެ. އެއީ އެމްޑީޕީގެ ދެ ކައުންސިލަރުންނެވެ.

އެ ދެ ކައުންސިލަރުން ސަސްޕެންޑް ކުރުމަށްފަހު އެ ކައުންސިލް ހިންގުން ހަވާލުކުރީ، ތިން މެމްބަރުންގެ އެ ކައުންސިލްގައި ދެން ހުންނެވި ޕީޕީއެމްގެ އިބްރާހިމް އާތިފަށެވެ.

އެލްޖީއޭއިން ސަސްޕެންޑް މި ކުރީ ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ ފެބްރުއަރީ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި ބަޔާން ނެރުމުންނެވެ.

Ithuru 3 councileh ge memberunthakeh anekka ves suspend koffi

Ithuru 3 councileh ge memberunthakeh anekka ves suspend koffi

The most trusted news source in the Maldives

Mihaaru

އެ މައްސަލާގައި އިތުރު ކައުންސިލަރުންތަކެއް ސަސްޕެންޑްކުރުން---

އެލްޖީއޭއިން އަތޮޅު ކައުންސިލަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދޭ ބާރާއި އިމްތިޔާޒުގެ ބޭރުން އެ ކައުންސިލުން ނޫސް ބަޔާން ނެރެފައިވާ ކަމަށެވެ. އެހެންވެ، ކައުންސިލްގެ ގާނޫނާ އެ ބޭފުޅުން ހިލާފުވެފައިވާތީ އެއް މަސް ދުވަހުގެ މުއްދަތަށް ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައި ވެ އެވެ. އަދި އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ އެކައުންސިލް އުވާލަން ހުށަހަޅަން ޖެހިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކައުންސިލްގެ ރައީސް ސިމާއު ވިދާޅުވީ ސަސްޕެންޝަނުން ފެނިގެންދަނީ ރައީސް އަބްދުﷲ ޔާމީން "ގޮތްހުސްވި" ކަން ކަމަށާއި ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ.

ޅ. އަތޮޅު ކައުންސިލްގެ އިތުރުން އެ މައްސަލާގައި އެލްޖީއޭއިން ވަނީ އައްޑޫ ސިޓީ ކައުންސިލާއި އެހެން އަށް ރަށެއްގެ ކައުންސިލަރުން ސަސްޕެންޑްކޮށްފަ އެވެ.

2 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 3%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައުންސިލަރު

07 April 2018

އިރުއިރުކޮޅާ މިގޮތަށް ކައުންސިލަރުން ސަސްޕެންޑު ކުރުމަކީ އެމީހުންނަށާއި ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް. ވަރަށް ނާތަހުޒީބު އަނިޔާވެރި ޢަމަލެއް. މިކަމަކުން ސިޔާސީގޮތުންވެސް ލިބޭނެ ކުރިއެރުމެއް ނެތް. ހައްތާ ވާނީ ގެއްލުން. ލިބޭނީ އަދި އިތުރުވާނީ ނަފްރަތު. ގެއްލޭނީ އިތުރުވޯޓޫ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

07 April 2018

ތިގޮތަށް ދެ ކައުންސިލަރަކު ސަސްޕެންޑް ކުރުމަކުން، ރައްޔިތުންގެ އަޑެއް ކަނޑުވައެއް ނުލެވޭނެ، މިބުނީ ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ގޮވާލާ ގޮވާލުމަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެ، އެކަންވާނީ ހައްތަހާބޮޑު އަޑުވާނީ ހައްތަހާގަދަ، އެހެނޭ ކިޔާފަ ރައްޔިތުން ސަސްޕެންޑް ކުރެވިދާނެ ކަމަށް ހީނުކުރާތި، އެކަމެއް ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454