މުނިފޫހިފިލުވުން / މޯލްޑިވިއަން އައިޑޮލް ސީޒަން 3

ފުޓްބޯޅަ ލަވަތަކަށް ފަހު ޝޯ އިން ވަކިވާންޖެހުނީ މުނާޒަށް

މުނާޒް: ރޭގެ ޝޯގައި އައިޑޮލް އިން ވަކިވާން ޖެހުނީ އޭނަ އަށް.

މި އަހަރު ބާއްވާ ވޯލްޑް ކަޕާ ގުޅުވައިގެން މޯލްޑިވިއަން އައިޑޮލްގެ ރޭގެ އެލިމިނޭޝަން ޝޯގައި ފޯރި ނެގީ ފުޓްބޯޅައިގެ ލަވަތަކުންނެވެ. މި ފޯރިގަނޑު ނިމިގެން ދިޔައީ އަބްދުﷲ މުނާޒް ޝޯ އިން ވަކިވާންޖެހި، ހަތް ބައިވެރިންނަށް އަދަދު މަދުވެގެންނެވެ.

ގަދަ 8 ގެ ބައިވެރިންނާ އެކު ހޮނިހިރު ހުކުރު ދުވަހުގެ ރޭ ހުށަހަޅައި ދިން ލަވަތަކަށް ފަހު، އާންމުންގެ ވޯޓާއި ހަތަރު ޖަޖުންގެ މާކްސްއާ އެކު ރޭ އެންމެ ދަށްކޮށް ވޯޓް ލިބުނީ މުނާޒަށެވެ. އެއީ އާންމުންގެ 50 ޕަސެންޓް ވޯޓާއި ޖަޖުންގެ 50 ޕަސެންޓް މާކްސް އެއްކޮށްލައިގެންނެވެ.

މުނާޒް ވަކިވާން ޖެހުނު ނަމަވެސް ވާދަވެރި އަދި ހިތްގައިމު ހުށަހެޅުންތަކެއް ބެލުންތެރިންނަށް އޭނާ ވަނީ ކިޔައިދީފަ އެވެ.

މިހާރު ޝޯގައި ވާދަ ކުރާ ބައިވެރިންގެ ތެރޭގައި ހިމެނެނީ ތިން އަންހެން ބައިވެރިންނާއި ހަތަރު ފިރިހެން ބައިވެރިންނެވެ.

މޯލްޑިވިއަން އައިޑޮލް 3 ގަދަ 7:

* ސައިނާ މުހައްމަދު ރަޝީދު

* ހަސަން ޝަހްދާން

* ތަލްސީމް އަބްދުލް ކަރީމް

* މަރިޔަމް މައީޝާ

* ނައުޝާދު އަބްދުއްލަތީފް

* ރައިހާން އާދަމް

* އައިޝަތު އަޒަލް ޒާހިރު

މޯލްޑިވިއަން އައިޑޮލްގެ ޓްވީޓެއް.

ރޭގެ އެލިމިނޭޝަން ޝޯ "ފުޓްބޯޅަ ފީވާ" ތީމަށް ގެނެސް ދިން އިރު، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްރަޝީދު އަލީ (އަބްސީ) ވެސް ބައިވެރިވެ ޝޯ އިތުރަށް ފުރިހަމަކޮށްދިނެވެ.

މޫސާ ވަސީމާއި ޝައިނާ ޝަރީފް ހުށަހަޅައިދޭ މި ފަހަރު އައިޑޮލްގެ ޖަޖުންނަކީ މަރިޔަމް (ކިޑީ) އުނޫޝާ، އިސްމާއީލް އައްފާން، ޒާރާ މުޖުތަބާ އަދި އަހުމަދު (އައްމަޑޭ) އިބްރާހީމް އެވެ.

10 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 66%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިރުޒާ

15 April 2018

މުނައްޓެ ހަމަ ހަބޭސް.

The name is already taken The name is available. Register?

ޗައިނާ

08 April 2018

މުޅި ރާއްޖޭ އެންމެން ދެކޮޅައް ހިފާލިޔަސް މި ފަހަރު ޓައޓަލް ނަގާނީ ސައިނާ.. އެހެންނޫނީ ކިޑީ އިސްތިއުފާދޭނެ...

The name is already taken The name is available. Register?

އުނޫ

15 April 2018

ޔޫ މަސްޓަ ބީ ކިޑީ މީ

The name is already taken The name is available. Register?

ކުމުންދޫ އަލީ

08 April 2018

މަޖޭ ޗޮއިސް... 1-ސައިނާ/މައިޝާ 2-އަޒަލް 3-ބާކާ ތިބި ކުދިން

The name is already taken The name is available. Register?

އުނޫޝާ

15 April 2018

4- އަޑު ބަރޭ 5- ދަގަނޑޭ 6- ސެންޓޭ 7- ދާދު 8- އަސަދުﷲ 9- ފޭކް މެސީ 10- އިމްރާން (ބޮޑު އިންމަ)

The name is already taken The name is available. Register?

ފުންއަސަރު

08 April 2018

މިހާރު ތިފާޑުކުދިން ކަޓަންވީތާ ކިތައްރޭ. ރިތިކޮށް ލަވައެއް ކިއިފާވަނީ މަދުރެއެއްގާ. އަނެއްކާ މީގެ އެންމެ ހެއްވާ ތަންކޮޅަކީ ލަވަކިޔާ ނިމޭއިރަށް އެއޮއްކުރާ ތައުރީފެއް. އެހެޔޮ ހަމަޔަށް ނުކިޔުނަސް. އަޅޭ ހާދަ ރީއްޗޭ. މިދެން ބޮޑުވަރު. ތިނޫނަސް ބައެއް ޗެނަލްތަކުން ލަވަކިޔާތަން އެބަދައްކާ. ތާއަބަދު ރީއްޗެކޭނުކިޔާ. ތިވަރުބޮޑު ޝޯއެއްގާ ވިންކުރެވެންވާނީ ހުރިހާ ވައްތަރެއްގެ ލަވައަށް އެންމެ ފައްކާ ކުއްޖާ. މިހާރު ތިތަނުގާ އެބައުޅޭ ލަސްލަވައެއް ނުކިޔޭކުދިން. އަވަސްލަވަކީމަ ކޮށިއަރާކުދިން. ދެން މިކަންކަމަށް ނިކަން ރަނނގަޅަށް ވިސްނާފަ ކަންކޮށްބަލަ. ހުސްއެއްފާޑެއްގެ ލަވަކީމަ ކަމަކުނުދާނެ.

The name is already taken The name is available. Register?

އަބޫ123

08 April 2018

ހަމައެކަނި "ވޯކަލް" އަށް ބަލާނަމަ ޝީއިން ބޭރުވާންވީތާ ކިތަންމެ ދުވަހެއް...މަދު ޝޯއެއްގަ ނޫނީ މުޅިންވެސް ބޮޓަމް 3 ގަ ހިމެނޭ ސޮރެއްމީ...ހަމައެކަނި އެސްއެމްއެސް އަކުން ޓައިޓަލް އެއް ނުނެގޭނެ ކަލޯ...ކުރިއަށް އޮތް ތަނުގަ މޮޅު ލަވަކިޔުންތެރިއަކަށް ވެވިދާނެ

The name is already taken The name is available. Register?

ވާނުވާގަ

08 April 2018

ޝޯ އަޅެ ބަލާ ނަމަ ދޯ. މިއީ މި ސޮރު ބޮޓަމް 3 އަށް ދިޔަ ފުރަތަމަ ފަހަރު. ބޮޓަމް 3 އަށް ދިޔަ ފުރަތަމަ ރޭ އެ ކެޓީ ވެސް. ރައިހާން ބޮޓަމް 3 އަށް ދިޔަ މީ ތިންވަނަ ރޭ. ޝަހުދާން ދެވަނަ ރޭ. ރޭ އެ ދެ ސޮރު ލިރިކްސް ވެސް އޮޅުވާލި

The name is already taken The name is available. Register?

އެެހެންތޭ

08 April 2018

ބޯޓް ދަތުރުކޮށްފައި އައި މީހެއްތޭ މަމެން ބުނަން ނެތީމު ދޯ.

The name is already taken The name is available. Register?

ޠުމް

08 April 2018

ސޯ ބަލާފަކޫމެންޓު ކޮއްބަލަ އަދި ބޮޓޮމް އައް އެދިއައީ ފުރަތަމަ ފަހަރު????

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454