ވިހަ ގޭހުގެ އަސަރު ކުރި ސީރިއާގެ ކުޑަ ކުދިންނަށް ވޮލަންޓިއަރުން ފަރުވާ ދެނީ. --ފޮޓޯ؛އޭއެފްޕީ
08 އެޕްރީލް 2018 - 20:21
ވޮޝިންޓަން (އެޕްރީލް 8) - ސީރިއާގައި ކެމިކަލް ހަތިޔާރުގެ ހަމަލާ ދިން މީހުން އެކަމުގެ ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެެއްވައިފި އެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދަކީ "ޖަނަވާރެއްގެ" ގޮތުގައި ވެސް ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ.
"ޖަނަވަރު އަސަދަށް ވާގިވެރިވުމުގެ ޒިންމާ ރައީސް ލަޑިމިއާ ޕުޓިން އާއި ރަޝިޔާ އަދި އީރާނުން އުފުލަން ޖެހޭނެ. އެކަމުގައި އެ މީހުން ބޮޑު އަގެއް އަދާކުރަން ޖެހޭނެ،" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ސީރިއާގެ އިރުމަތީ ޣޫތާގައި ދިން ކެމިކަލް ހަމަލާއެއްގައި ވަނީ 70 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ހުކުރު ދުވަހުން ފެށިގެން ސީރިއާ ސިފައިން ދަނީ އުރުމަތީ ޣޫތާ އަށް ވައިގެ ހަމަލާ ދެމުން ކަމަށެވެ. އެކަމަކު ސީރިއާގެ ރަސްމީ ނޫސް އެޖެންސީން ވަނީ އިރުމަތީ ޣޫތާ އަށް ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.
އެމެރިކާގެ ކުރީގެ ސަރުކާރުން ސީރިއާ އަށް ވައިގެ ހަމަލާ ދީފައި ނުވާތީ ޓްރަމްޕް ވަނީ ރައީސް ބަރަކް އޮބާމާ އަށް ވެސް ފާާޑު ވިދާޅުވެފަ އެވެ. އަދި ކުރިން ވައިގެ ހަމަލާ ދިން ނަމަ އަސަދުގެ ކަންތައް މިހާރު ނިމިއްޖެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
09 April 2018
ސީރިޔާގައި ކެމިކަލް ހަމަލާ ދިނީ އެމެރިކާ. އެމެރިކާ އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެއް.
ލުކްވެލް
08 April 2018
ތިޔާއީ އެމެރިކާ އިން އަމިއްލަ އަށް އުފައްދައިގެން އުޅޭ މައްސަލަ އެކޭ ތިޔާ ކެމިކަލް ހަމަލާ ދިނީ ސީރިއާގައި ބައްޝާރު ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތް ތައް ކަމުގައި ވުން އެއީ ވެސް އެކަށީގެންވާ ކަމެކޭ.
ޝިޔާމް
08 April 2018
އެމެރިކާ އަކީ ވެސް އެހެންމީހުންނޭ ކިޔައިގެން ވާހަކަ ދެއްކޭ ފެންވަރުގެ ބައެއް ނޫން. އިރާޤާއި އަފްގާނިސްތާނަށްކޮށްލިވަރު އަދިވެސް ކުރަމުންދާވަރު ހަނދާން ނުނެތޭ.
ޝިޔާމް
08 April 2018
އެއަގު ދައްކަން ޖެހޭނީ ޤިޔާމަތް ދުވަހު.
ސަޅިބައިސާ
08 April 2018
ތިއަ ހުރިހާކަމެއް ހިންގަނީ އެމެރިކާގެ ނުއުފަންނަ ދަރި އިޒްރޭލު. ބައްޝާރުގެ ބޮލުގާ އަބަދުވެސް އަޅުވާނެ ހުތުރު އިލްޒާމެއް އަޅުވަން. އެމެރިކާއާއި އިޒްރޭލު ނެތްނަމަ ދުނިޔެ ވަރަށް އަމާންވިސް.
ކޖސހ ސހސހ
10 April 2018
މިދުނިޔެ ހިންގަވަނީ ﷲ............