ރައީސް ޔާމީން ސައުދީއަށް ކުރިން ކުރެއްވި ދަތުރުފުޅުގައި ރަސްގެފާނު ސަލްމާނާ އެކު: ރާއްޖެއިން ސައުދީއާ އެކު ދެމި ތިބޭނެ ކަމަށް ރައީސް ވިދާޅުވި --ފޮޓޯ/ރައީސް އޮފީސް
12 އެޕްރީލް 2018 - 17:44
ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒަށް ހޫތީ ހަނގުރާމަވެރިން ދިން މިސައިލް ހަމަލާ ކުށްވެރިކުރައްވައި، ރައީސް އަބްދުﷲ ޔާމީން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސް އެ މެސެޖްގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސް ޔާމީންގެ އަމިއްލަ ނަންފުޅުގައި އެ ހަމަލާ ކުށްވެރި ކުރައްވާ ކަމަށާއި ސައުދީ އާއި ބައިނަލްއަގްވާމީ ފަރާތްތަކުން ޓެރަރިޒަމާ ދެކޮޅަށް ހިންގާ ހަރަކާތުގައި އަބަދުވެސް ސާބިތުކަމާ އެކު ދެމި ތިބޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ސަރަހައްދީ ހަމަޖެހުމަށް ސައުދީން ކުރާ މަސައްކަތުގައި ވެސް ރާއްޖެއިން ސައުދީއާ އެކު ދެމި ތިބޭނެ ކަމަށް ރައީސްގެ މެސެޖްގައިވެ އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން ސައުދީއާ އެކު ގާތް ގުޅުމެއް އަންނަނީ ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޫލްއޮފްލޯ
12 April 2018
ސައުދީއިން ޔަމަނުގެ ނިކަމެތި ރައްޔިތުންނަށް ދޭ އަނިޔާ ދިވެހި ރައްޔިތުންގެ ފަރާތުން ކުއްވެރި ކުރަން