ގަމުގައި މޫދަށް އެރި އުޅެނިކޮށް މަރުވި އަހުމަދު.
15 އެޕްރީލް 2018 - 10:22
ލ. ގަމުގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު މިއަދު މަރުވެއްޖެ އެވެ.
އެ ރަށު އަޒުމް އަހުމަދު ޒަކަރިއްޔާ 74، މަރުވީ އިތުރު ބަޔަކާ އެކު ހެނދުނު އަށެއް ޖަހާކަން ހާއިރު، މަތިމަރަދޫ އަވަށުގެ އަތިރިމައްޗަށް މަސް ހިފަން ގޮސް އުޅެނިކޮށެވެ.
ގަމު ކައުންސިލް މެމްބަރު އަހުމަދު ޝާހީން "މިހާރު" އަށް ވިދާޅުވީ އަހުމަދަކީ ކޮންމެ ދުވަހަކު ހެން، މޫދަށް ގޮސް އުޅޭ މީހެއް ކަމަށެވެ. ކަރަވެލި މަސް ހިފަން ގޮސް އުޅެނިކޮށް، އަހުމަދު ކުއްލި އަކަށް މޫދަށް ވެއްޓުނީ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
"[މޫދުގައި] އެހެން ހުއްޓާ ކުއްލި އަކަށް ހަމަ ވެއްޓުނީ. ވެއްޓިގެން ނެގިއިރު އޮތީ މަރުވެފައި،" ޝާހީން ވިދާޅުވި އެވެ.
ޝާހީން ވިދާޅުވި ގޮތުގައި ގަން ރީޖަނަލް ހޮސްޕިޓަލަށް އަހުމަދު ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
އަހުމަދުގެ ކައިވެނި ރޫޅިފައިވާއިރު، ހަތަރު ކުދިން ތިބޭ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްމާއިލް2017
15 April 2018
އަޙްމަދު ޒަކަރިއްޔާއަކީ ހިތްހެޔޮ އޯގާތެރި މަޖާ މިޒާޖެއްޖެ ވަރަށް ރަނގަޅު އިންސާނެއް.! އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި.! އާމީން
ޕްރޭމްޗޯޕްރާ
15 April 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.
ހަސަންމަނިކުފާނު
15 April 2018
އާއިލާއަށް ކެތްތެރިކަން ދެއްވާ އެބޭބެގެ ފާފަފުއްސަވާ ސުވަރުގެ މިންވަރުކުރަށްވާށި
ހަސަންމަނިކުފާނުގެ ބަފާގެ ބޭބެ
15 April 2018
އާމީން.
ދަވޭ
15 April 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.