ލ. ގަމުގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި މިއަދު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ އެ ރަށު، ސައީދާ މަންޒިލް، އަހްމަދު މުހައްމަދު 67، އެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ މެންދުރު މޫދަށް ގޮސްފައި ނައިސްގެން ގޮސް ބެލިއިރު އެވެ. މަރުވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.