ޚަބަރު / ވިލާ ގްރޫޕް

ވިލާ އަށް ދޫކުރި ރަށްތައް އަތުލި މައްސަލައިގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި

ސުޕްރީމް ކޯޓު: ވިލާގެ ރަށްތައް އަތުލި މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން ކުރިން އޮތީ ނިންމާލާފައި --ފޮޓޯ/މިހާރު

ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ބައެއް ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ބާތިލްކޮށް، އެ ތަންތަން ސަރުކާރުން އަތުލި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ވިލާގެ އެކި ކުންފުނިތަކަށް ސަރުކާރުން ދޫކުރި ރަށްތަކާއި ފަޅުތަކެއްގެ އެއްބަސްވުން 2015 ގައި ބާތިލްކޮށް، އެ ތަންތަން އަތުލީ ދެ ފަރާތުގެ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓް ބާތިލް ކުރުމަށް ފަހު އެވެ. އެ ތަންތަން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެ ހުކުމްތައް ހައި ކޯޓުން ވަނީ މިދިޔަ އަހަރު ބާތިލްކޮށްފަ އެވެ. އެހެންވެ، ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ ވިލާއިންނެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އެ މައްސަލައިގެ އޮންނާނީ ހުކުމް ކުރުމެވެ. އެކަމަކު މާދަމާ ބާއްވާ އަޑުއެހުމަކީ ހުކުމް ކުރަން ބާއްވާ އަޑުއެހުމެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.

ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ބައެއް ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ބާތިލް ކުރި ކުރުން ދައުލަތުން ބިނާކުރާ އަސާސަކީ ވިލާގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް(ޑަބްލިއުއެލްޓީ) އިން 129 މިލިއަން ޑޮލަރު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމެވެ. ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމަކީ ދެ ފަރާތުގެ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓާ ވިލާ އިން ޚިލާފްވުން ކަމަށް ދައުލަތުން ބުނެ އެވެ.

ދެ ފަރާތުގެ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓަކީ އަލީ އިބްރާހިމް ކިޔާ މީހަކަށް ދައުލަތުން ދޫކުރި ބިމެއް އަތުލި މައްސަލާގައި 9.7 މިލިއަން ޑޮލަރު އޭނާއަށް ދައްކަން ދައުލަތަށް ޖެހުމުން އެކަމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ހެދި އެއްބަސްވުމެވެ.

އަލީ އިބްރާހިމްގެ މަންދޫބެއްގެ ގޮތުން ގާސިމް ބައިވެރިވެގެން ސަރުކާރާ އެކު ހެދި އެ އެއްބަސްވުމުގެ ދެ ފަރާތުން އެއްބަސްވީ އަލީ އިބްރާހިމަށް ދައުލަތުން ފައިސާ ދެއްކުމުގެ ބަދަލުގައި ވިލާގެ ފަސް ރިސޯޓާއި ވިލާ އެއާ އިން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން އެ ބައި އުނި ކުރުމަށެވެ. އޭގެ ބަދަލުގައި، އަތުލާފައިވާ ރަށްތަކާއި ފަޅުތަކާ ގުޅޭގޮތުން ދައުލަތާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކުރަން އެ އެއްބަސްވުމުގައިވެ އެވެ.

ވިލާގެ ވަކީލުން ބުނާގޮތުން ޑަބްލިއުއެލްޓީ އަކީ ސެޓްލްމަންޓް އެއްބަސްވުމުގެ ބައިވެރިއެއް ނޫން ކަމަށާއި ޑަބްލިއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާއެއް ކުރުމަކީ ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ބާތިލް ކުރަންޖެހޭ ސަބަބެއް ނޫނެވެ. އަދި ޑަބްލިއުއެލްޓީން ކުރާ ދައުވާ އަކީ ސެޓްލްމަންޓް އެއްބަސްވުން ހެދިއިރު ވެސް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއް ކަމަށް ވިލާ އިން ބުނެ އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ކުރިން ބޭއްވި އަޑުއެހުންތަކުގައި ދެ ފަރާތުން އެންމެ ބޮޑަށް ބަހުސްކުރީ ސެޓްލްމަންޓް އެއްބަސްވުމުގެ ތެރޭގައި ޑަބްލިއުއެލްޓީ ހިމެނޭ ކަމާ މެދު އެވެ.

އެ ރަށްތަކާއި ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާއިރު، އެ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން ވިލާގެ އެކި ކުންފުނިތަކާ ދެކޮޅަށް ދައުލަތުން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

16 April 2018

މި ޝަރީއަތުގާ އިންސާފު ވެރި ހުކުމެއް އަތުވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ.. އެއީ ވިލާގެ އޯނަރު ގާސިމް މިހާރު ރައީސް ޔާމީނާ ސިޔާސީ ގޮތުން ހަތުރަކަށްވެފައި ވާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގެ ހުކުން ރައީސް ޔާމީނަށް ކަމު ނުދާ ގޮތަކަށް އަތުވެއްޖެ ނަމަ އެ ހުކުން ސަރުކާރުން ބަލައި ނުގަތުމުގެ އިތުރުން، ފަނޑިޔާރުން ރިޝްވަތު ނެގީކަމަށް ޝައްކު ކޮށް، އެ ބޭފުޅުން ޖަލަށްލާ، އެބޭފުޅުންނާ ދެކޮޅަށް ޓެރެރިޒަމްގެ ދައުވާ ކޮށްފާނެ ކަމުގެ ބިރު އަބަދުވެސް އެބޭ ފުޅުން ގެ ހިތުގާ އޮންނާނެ ކަމަށް އަޅުގަނޑަށް ފެންނާތީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454