އެސްޓީއޯ ސުޕަމާޓުން ބަޔަކު ވިޔަފާރިކުރަނީ: އެ ތަނުން ވަނީ އަންނަ ރޯދަ މަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައި. ފޮޓޯ: އެސްޓީއޯ
16 އެޕްރީލް 2018 - 18:38
އެސްޓީއޯ ސުޕަމާޓުން އަންނަ ރޯދަ މަހަށް ހާއްސަކޮށްގެން "ރަމަޟާން ބާޒާރު" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ޕްރޮމޯޝަންގައި، މިފަހަރުގެ ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ތަފާތު ގިނަ އިނާމްތަކާ އެކު ކުރިއަށްގެންދަން ވަނީ ހަމަޖައްސައިފަ އެވެ.
އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަންގައި ކަސްޓަމަރުން ސުޕަމާޓުން ކުރާ 300ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި މިޕްރޮމޯޝަންގައި އެއްވަނަ އިނާމްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯ ސުޕަމާޓުން ވިޔަފާރިކުރެވޭ ވައުޗަރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިއިނާމް ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ލިބޭނެ އެވެ.
"އޭގެ އިތުރުން ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރި ކަސްޓަމަރަކަށް އެސްޓީއޯ ސުޕަމާޓުން ރާއްޖެއަށް އެތެރެކޮށް މާކެޓް ކުރަމުންދާ ބްރޭންޑުތަކުން ހަދިޔާ ކޭސް ލިބިގެންދާނެ. އަދި ރޯދަމަހުގެ ކޮންމެ ދުވަހަކު، އެ ޕްރޮމޯޝަންގެ ތެރެއިން ރޯދަމަހަށް ހާއްސަ ހަދިޔާ ތަކަކާ އެކު، ކަރައެއް ނަސީބުވެރި ކަސްޓަމަރަކަށް ލިބިގެންދާނެ. އެގޮތުން ކޮންމެ ދުވަހަކަށް ހާއްސަ ކުރެވިފައިވާ ހަދިޔާ ކޮންމެ ހަފްތާއަކު ވެސް ބަދަލުވެގެންދާނެ،" އެސްޓީއޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މިޕްރޮމޯޝަންގައި ރޯދަމަހަށް ބޭނުންތެރި ކާބޯތަކެތީގެ އިތުރުން ތަފާތު ވައްތަރުގެ ޕްލާސްޓިކް އަދި ބިއްލޫރި ތަށީގެ އިތުރުން ގިނަ އަދަދެއްގެ ބަދިގެ ސާމާނު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ތަފާތު ވައްތަރުގެ ޕްލާސްޓިކް ކޮންޓެއިނަރު، ތަށި އަދި ބޯތަށި، ބާސްކެޓް، ޑިސްޕޯސަޕަލް ތައްޓާއި ކެއްކުމަށް ބޭނުންކުރާ އެތައް ސާމާނެއް ސުޕަމާޓް ރަމަޒާން ބާޒާރުން ހެޔޮއަގުގައި ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮއެލާ
17 April 2018
ކޮންމެ ދުވަހަކު 300ރ ގެ ވިޔަފާރި ކުރީމަ ދޯ! ތިޔައިން ނަސީބެއް ލިބެނީ. ނަސީބު ދިމާވޭތޯ ބަލާލާނަން.
ާާއައިސާ
16 April 2018
އެސް.ޓީ.އޯ ކިހާ ރަނގަޅު.... މިގޮތަށް ހަމަ އެހެން ބޮޑެތި ފިހާރަތަށްވެސް ނަމޫނާ އަކަށް ބަލާނެ ނަމަދޯ... މިސާލަކަށް ރެޑްވޭވް އިންވެސް ހަމަ ރެޑްވޭވް އިން އެތެރެ ކުރާ އެއްޗެއް އެތާ މުވަށްޒަފުންނަށް ދިނުން....
ސަލީމް
16 April 2018
ލިބޭވަރަކަށް ވަނީ ދަހި....