ދުނިޔޭގެ ކުޅިވަރު / ރިއަލް މެޑްރިޑް

މި ފަހަރު ވެސް މެޑްރިޑް ސަލާމަތްކޮށްދިނީ ރޮނާލްޑޯ

މެޑްރިޑް (އޭޕްރިލް 19) – މި ސީޒަނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ 42 ވަނަ ގޯލް ޖަހައި ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްކޮށްދީފި އެވެ.

މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިދިޔަ ހަފުތާގައި އިޓަލީގެ ޔުވެންޓަސް އަތުން ވެސް މެޑްރިޑް ސަލާމަތްވީ ފަހު ވަގުތު ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބުކުރި ގޯލުންނެވެ.

ރޭގެ މެޗުގެ 14 ވަނަ މިނެޓުގައި އިނާކީ ވިލިއަމްސްގެ ގޯލުން ބިލްބާއޯ އިން ކުރި ހޯދާފައިވަނިކޮށް ރޮނާލްޑޯ ލަނޑު ޖަހައި މެޑްރިޑް ސަލާމަތްކޮށްދިނީ 87 ވަނަ މިނެޓުގަ އެވެ. ލޫކާ މޮޑްރިޗް ފޮނުވާލި ބޯޅައެއް ރޮނާލްޑޯ ގޯލަށް ވައްދާލީ ފުންނާބުން ޖަހަ އެވެ. މިއި އޭނާ 16 މެޗުން ޖެހި 26 ވަނަ ގޯލެވެ.

މި މެޗުން ބަލިވި ނަމަވެސް މެޑްރިޑް އޮތީ 68 ތިން ވަނައިގަ އެވެ. އެ ޓީމަށް ލިބުނު ހިތްހަމަޖެހުމަކީ ހަތަރު ވަނައިގައި އޮތް ވެލެންސިއާ ރޭ ގެޓަފޭ އަތުން 2-1 އިން ބަލިވުމެވެ. ވެލެންސިއާ އަށް 65 ޕޮއިންޓް ލިބިފައިވާއިރު ރޭ މޮޅުވި ނަމަ ޕޮއިންޓުގެ ގޮތުން މެޑްރިޑާ ހަމަކުރެވުނީހެވެ.

ސްޕެނިޝް ލީގުގައި މިރޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް، ތާވަލުގެ ތިން ވަނައިގައި 71 ޕޮއިންޓާ އެކު އޮތް އެތުލެޓިކޯ މެޑްރިޑް ނުކުންނައިރު އެ ޓީމަށް މޮޅުވުން ވަރަށް މުހިއްމެވެ. މޮޅުވެއްޖެ ނަމަ އެއް ވަނައިގައި 83 ޕޮއިންޓާ އެކު އޮތް ބާސެލޯނާއާ ނުވަ ޕޮއިންޓަށް ގާތްކުރެވޭނެ އެވެ. އަދި ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑުގެ މައްޗަށް ހަ ޕޮއިންޓުގެ ލީޑެއް އެތުލެޓިކޯ އަށް ނެގޭނެ އެވެ.

32 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 21%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަލޯ

22 April 2018

ރިއާލް ޗެމްޕިަލއަންސް ލީގު އިން ބަލި ވިއަކަސް ހުސް އަތަކާ ނުދާނެ...އެމީހުން އަތުގަ ސުޕަ ކަޕު އެބައޮއި މޮޔަ އަާ

The name is already taken The name is available. Register?

123

22 April 2018

ތެދެއް

The name is already taken The name is available. Register?

ހުމުދު

21 April 2018

ޕެނަލްޑޯ މޮޅުކަމުންތަ ލީގުގެ ތިންވަނައި ހަރުލާފަ ތިއޮތީ ....

The name is already taken The name is available. Register?

ދިވެހި މިހާ

20 April 2018

ތިވަރަށްލަނޑް ނުޖަހަބާ ރޮނާޑޯ މެސީގެ ސަޕޯޓރުން ބޯހަލާކުވެދާނެ

The name is already taken The name is available. Register?

ޕޮގުބާ

19 April 2018

ރޮނާޑޯއާއި މެސީއާއި އަޅާނުކިޔާ މެސީއަށް ނުވާނެ ރޮނާޑޯކުރާވަރެއް މެސީ މޮޅުނަމަ ޗެމްޕިއަންސް ލީގަކުން ނުކަޓާނެ މިފަހަރަކު އެކަމަކު ކިހިނެއްވީ އެއޮށްބަލިކަށި ރޯމާ ބާސާ ތެޅީ މެސީހުރި ދަތްހާވައިގެން

The name is already taken The name is available. Register?

ރަށްދު

19 April 2018

ރޮނާޑޯ ނެތި ރެއާލްމެޑްރިޑް ކުޅޭތަންބަލާކަށް ބޭނުމެއްނޫން ރޮނާޑޯއަކީ މޮޅު މީހެއް ރޮނާޑޯ ރޭގަވެސް ތަފާތު ދައްކައިފި

The name is already taken The name is available. Register?

ހެހެހެ

19 April 2018

ރޮނާލްޑޯ ކަޑައޭ ރޮނާލްޑޯގެ ސެލްފިސްކަމުން އަމިއްލައަށް ގޯލް ޖަހަން އުޅުމުން އެއްވަރުވެ މުހިއްމު ޗާންސެއް ގެއްލިގެން ދިއަ

The name is already taken The name is available. Register?

އެކްސް ހަލީލް

19 April 2018

މޮޅު މެސީއަށް ކަމެއްވާނި ލަލީގާގަ އެކަނި، އަނެއްކާ އިނިއެސްޓާ އާއި ޒަވީމެން ތިބެންޖެހޭ ކައިރީގަ ބޯޅަދޭން،

The name is already taken The name is available. Register?

ހަޖަމްބެ

19 April 2018

ދޮންކަލޯ ދުނިޔޭގެ އެއްވަނައޭ އެކިޔާ ޔުއެފާއާ ގުޅުންއޮންނަ ރެއާލް ރޭގަ މޮޅެއްނޫނޭ ވީ، ރޮނާލްޑޯ މެސީއައްވުރެ މޮޅުވެގެން ވާހަކަދައްކަނީ މެޑްރިޑް ކުޅުންތެރިންނާ އެޓީމުގެ ކޯޗާ ބޯޑުމެމްބަރުންނާ މެނޭޖުމެންޓާ ދެން ކުރުކޮށް ފޮނިކޮށް ބުނަންޏާ އެޓީމުގެ ސަޕޯޓަރުން، މީ ހަގީގަތަކީ ހެޔޮ ރުހުނަސް ނުރުހުނަސް.

The name is already taken The name is available. Register?

ނިއުމާާ

19 April 2018

އެހެންތަ؟ ސަޕޯޓަރުން އެކަނި އެވާހަކަ ދައްކައިގެންދޯ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ؟ ސަޅި

The name is already taken The name is available. Register?

ސޭފުވޭ

19 April 2018

ބަޔަކު ތަބަކަކައް ލާފަ ދިނީމަ ލިބޭނެދޯ، އެންމެ ގިނައިން އޭރިއާތެރެއައް ޑައިވުކުރި ކުޅުންތެރިއަކައް ވާނެ ޕެނާލްޑޯ..

The name is already taken The name is available. Register?

ޑީނޯ

19 April 2018

ރިބެރީއައް ހައްގު އެވޯޑެއްވެސް ޕެނާލްޑޯއައް، ގިނަ ގޯލްޖަހައިގެންނޯ ހުސްއަތާ ސީޒަން ނިންމީ.

The name is already taken The name is available. Register?

ރޯޒްގެ ބަފާގެ މާމަ

19 April 2018

ރެއާލްއަށް ބަލިނުކުރެވޭ ޓޭބަލްގެ ފުލުގަ އޮންނަޓީމް.ކޮބާ ދުނިޔޭގެ 01 ވަނަ ޓީމޭކިޔައިގެން ކޮމެންޓްކުރާ މީހުން.

The name is already taken The name is available. Register?

ރޯޒްް

19 April 2018

ދެން ދުނިޔޭގެ އެއްވަނަ ޓީމަކަށް ވާންވީ ޗެމްޕިއަންސް ލީގުގަ އިޓަލީ ލީގުގެ ގަދަ 4އަށް ވާދަކުރާ ޓީމެއްގެ އަތުން ކަޓައިގެންދިޔަ ޓީމުތޯ؟ ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ސެމީއަށް ދިޔައީ ނޮކްއައުޓް ސްޓޭޖްގައި ފްރާންސްގެ އެއްވަނަ، އަދި އިޓަލީގެ އެއްވަނަ ޓީމު ކަޓުވާލާފަ. ބާރސާއާ ނޮކްއައުޓް ސްޓޭޖުގައި ޖެހުނީ އިނގިރޭސި 5 ވަނަ ޓީމް އަދި އިޓަލީގެ ގަދަ 4އަކަށް ވާދަކުރާ ޓީމެއް. އިނގިރޭސި 5 ވަނަ ޓީމް އަތުން އާސަންދައިގެ ދަށުން މޮޅުވިއިރު، އިޓަލީ ޓީމު އަތުން ކެޓީ. ދެން ކިހިނެއްތޯ ދުނިޔޭގެ އެއްވަނަ ދޭނީ؟

The name is already taken The name is available. Register?

މެސީ

19 April 2018

ޓޭބަލްގެ ފުލުގަ އިން 3 ޓީމްވެސް ބަލިކުރި ރެއާލްއިން

The name is already taken The name is available. Register?

ލާހޫރޭ

19 April 2018

ފުރާންސްގެ އެއްވަނަޓީމް އަތުން މޮޅުވެ ލަލީގާ ފުލުގައިން ތިންޓީމްއަތުން ބަލިވީމަ ދުނިޔޭގެ އެއްވަނަޓީމައް ރެއާލްވާންވީ ސަބަބެއް ބުނެބަލަ

The name is already taken The name is available. Register?

މެސީ

19 April 2018

ކާކުތަ ބުނީ ޓޭބަލްގެ ފުލުގަ އިން 3 ޓީމްއަތުން ބަލިވިއޭ؟

The name is already taken The name is available. Register?

ޢައްބެ

19 April 2018

ދުނިޔޭގެ އެއްވަނައޭ އެކީޔާ ޓީމު ލީގުގެ ދެވަނައައް އެރޭވަރެއް ނުވާނެދޯ، އިރާދަކުރެއްވިއްޔާ ރެއާލް ޗެންޕިއަންސް ލީގުންވެސް ކަޓާ ހުސްއަތާ ސީޒަންނިންމާނެކަމައް އުންމީދު މިކުރަނީ..

The name is already taken The name is available. Register?

ޕެނާލްޑޯ

19 April 2018

އާމީން ، އާމީން. ތިވާނެ ވަރަށް އުފާވެރި ދުވަހަކަށް

The name is already taken The name is available. Register?

އީވަގު ނަސީމްގެ ބަފާ

19 April 2018

ގިނަ މީހުން އެދެނީ ތިގޮތަށް ވެގެން ދިޔުން.

The name is already taken The name is available. Register?

ބާލައާދަނު

19 April 2018

އަހަރެމެން އެއްޗެކޭ ނުބުނާނަން ސީޒަން ނުނިމެނީހެނެއް.

The name is already taken The name is available. Register?

ރަދީފް

19 April 2018

بِسْمِ اللهِ. الحَمْدُ للهِ. މަރުހަބާ ރެއާލް ، މަރުހަބާ ރޮނާލްޑޯ.ވ.ވެދުން. #ހަލަމެޑްރިޑް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454