ވިޔަފާރި / ޓޫރިޒަމް

އެނދު އިތުރުވުމާ އެކު ގޮންޖެހުންތައް ބޮޑުވާނެ

އެމެރިކާގެ އައުޓްރިގާ އިން ދާދިފަހުން ތައިލެންޑްގެ ސިންގަ އެސްޓޭޓަށް ވިއްކާލި ކޮނޮއްޓާ މޯލްޑިވްސް: ޓޫރިސްޓުން އަންނަ މިންވަރަށް ވުރެ ރިސޯޓުތަކުގެ އެނދު އިތުރުވާ މައްސަލަ ވަނީ ކުރިމަތިވެފައި.

ރާއްޖޭގައި ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދަށް ވުރެ އެނދު އިތުރުވުމަކީ ވެސް އޮތް ކަންބޮޑުވުމެކެވެ. ނަމަވެސް ބޮޑެތި ބަދަލުތަކާއި ވަކި އަމާޒެއް ހާސިލްކުރަން ހިންގާ މާކެޓިން ކެމްޕެއިންތަކުގެ ސަބަބުން ކޮންމެވެސް މިންވަރެއްގެ ލުޔެއް ލިބުން އެކަށީގެންވެ އެވެ.

މިއީ ޓޫރިޒަމް ދާއިރާއާ ބެހޭ ދިރާސާ ރިޕޯޓްތަކާއި ހަބަރުތައް ގެނެސްދޭ ޓީޓީޖީ އޭޝިއާގެ ނޫސްވެރިޔާ ފައިޒަލް ސަމަދު ލިޔުނު ރިޕޯޓެއްގެ ހުލާސާ ތަރުޖަމާއެކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވުމުގެ އަސަރު ޓޫރިޒަމް އިންޑަސްޓްރީއަށް އަންނަނީ ކުރަމުންނެވެ. އެއާ އެކު ރާއްޖޭގައި އާ އެތައް ރިސޯޓެއް ހުޅުވައި، ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދަށް ވުރެ އެނދު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވުން އުފެދިފައިވަނިކޮށް، ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން ދިމާވެދާނެ މައްސަލަތަކުން ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް އަޑިއަޅާލާނެ ކަމުގެ ކަންބޮޑުންތައް ދާއިރާގެ އިސް ބައެއް ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ.

ދ. އަލުވިފުށީގައި ސަން އަކުއާ އިރުވެލީގެ ނަމުގައި ހަދާ ރިސޯޓުގެ ވިލާއެއް: ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވުން އޮތީ ސިޔާސީ މަސްރަހުގެ ހަމަޖެހުމާ ގުޅިފައި. ފޮޓޯ: ސަން ސިޔާމް

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ރިސޯޓު ހިންގާ ސްރީ ލަންކާގެ ޖޯން ކީލްސް ހޮލްޑިންގެ ޑެޕިއުޓީ ޗެއާމަން ކްރިޝާން ބަލެންދުރަ ގަބޫލުކުރައްވާ ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެ އަދި އަލަށް ހުޅުވާ ރިސޯޓުތަކުގެ އެނދުތައް ވެސް ފުރިދާނެ އެވެ. އެކަމަކު އެކަން ގުޅިފައި ވަނީ ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުމާ އެވެ.

ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގާ ސްމޯލް ލަގްޒަރީ ހޮޓެލްސް އޮފް ދަ ވޯލްޑްގެ ވައިސް ޕްރެޒިޑެންޓް މާކްސް ވޮންގް ދެކެވަޑައިގަންނަވާ ގޮތުގައި 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްނުވެއްޖެ ނަމަ އޭގެ ސަބަބަކަށް ވާނީ ދާދި ފަހުން ހިނގި ސިޔާސީ ހަމަނުޖެހުންތަކެވެ. އަދި އޭގެ ސަބަބުން ރިސޯޓުތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިވެ، އެނދު ވިއްކާ އަގުތައް ދަށްކުރަން ޖެހޭނެ އެވެ. އެ އަގުތަކަށް ވިއްކޭނެ ގޮތަށް ޕްރޮމޯޝަންތައް ހިންގަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް މިދިޔަ އަހަރު ގާތްގަނޑަކަށް 1.4 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އޭގެ އިތުރުން ޓޫރިސްޓު އެނދުގެ އަދަދު ވަނީ 40،572 އަށް އިތުރުވެފަ އެވެ. ރާއްޖޭގައި 2015 ވަނަ އަހަރު ހުރީ 34،105 އެނދެވެ.

އަލަށް ހަދާ ނައުޓިލަސް މޯލްޑިވްސް ރިސޯޓްގެ ލެގޫން ސުއިޓްސްއެއް: ކުރިޔަށް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި 30 ޕަސެންޓް އެނދު އިތުރުވާނެ ކަމަށް ލަފާކުރެވޭ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި 2020 އަދި 2021 އާ ހަމަޔަށް އިތުރު ރިސޯޓުތައް ހުޅުވި ރާއްޖޭގެ ޓޫރިސްޓު އެނދުގެ މިންވަރު 30 ޕަސެންޓް އިތުރުވާނެ އެވެ. އަގުހެޔޮ އެނދު ވިއްކާ 450 އަށް ވުރެ ގިނަ ގެސްޓް ހައުސް މިހާރު ހުރިއިރު ކުރިޔަށް އޮތް ދެތިން އަހަރުގެ ތެރޭގައި އެ އަދަދު 650 އަށް އިތުރުވާނެ އެވެ.

ރާއްޖޭގައި ވިއްކާ އެނދުތައް، ސަޕްލައިއަށް ވުރެ އިތުރުވުމުގެ ބިރު އޮތް ނަމަވެސް މަތީ ފެންވަރުގެ ގިނަ ރިސޯޓުތައް ހިންގާ މީހުން އެކަމާ ކަންބޮޑެއްނުވެ އެވެ. އެމީހުން ދެކޭ ގޮތުގައި ރާއްޖޭގެ ލަގްޒަރީ މާކެޓް އެގޮތުގައި ދެމިއޮންނާނެ އެވެ.

ރާއްޖޭގައި މަތީ ފެންވަރުގެ ރިސޯޓުތަކެއް ހިންގާ ތައިލެންޑްގެ މައިނާ ގްރޫޕްގެ ސީއީއޯ ދިލިޕް ރާޖަކަރިއަ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ވަނީ އަގުބޮޑު މާކެޓްގައި ވަރަށް ވަރުގަދައަށް ވަކި ހިއްޕާލާފައި ކަމަށެވެ. އަދި އެ ކާމިޔާބުކަން މިވަނީ ފާއިތުވި އަހަރުތަކުގައި ދައްކައިދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގައި މިއަދު ވާދަވެރިކަން ކުރިމަތިވެފައި އޮތް މިންވަރުން އަޅުގަނޑުމެން އެބަ ޖެހޭ ކުރިއާލައި މަސައްކަތްތަކެއް ކުރަން،" ދިލިޕް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމި، އިތުރު އާ ފްލައިޓްތަކާއި ބަޖެޓް އެއާލައިންތައް އިތުރުވުމުން ޓޫރިސްޓުން އަންނަ މިންވަރު މައްޗަށް ދާނެ އެވެ. އެހެންވެ ތަފާތު އަގުތަކުގައި އެކި މާކެޓްތަކަށް ރާއްޖެ ވިއްކަން، މާކެޓިން ހަރަކާތްތައް ވަރުގަދަކުރަން ޖެހޭ ކަމަށް ގެޓްއަވޭ މޯލްޑިވްސްގެ ސީއީއޯ ސަނީ އުމަރު ދެކެވަޑައިގަންނަވަ އެވެ.

ސަން އައިލެންޑް ރިސޯޓުގައި ހިންގާ ސްޕާގެ މުވައްޒަފުންތަކެއް ހިނގާފައި ދަނީ: ރާއްޖެ އެކި ދިމާތަކަށް ވިއްކަން ވަރުގަދަ ކެމްޕޭންތަކެއް ހިންގަން ޖެހޭ.

ޕާޓާގެ ސީއީއޯ މާރިއޯ ހާޑީ ވަނީ ކުރިޔަށް އޮތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވިކޭ މިންވަރަށް ވުރެ އެނދު ހުންނާނެ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރައްވަފައިފަ އެވެ.

"އޭގެ ސަބަބުން ރާއްޖެ އެހެން ދިމާތަކަށް ވިއްކަން އަމާޒުކޮށްގެން ވަރަށް ވަރުގަދަ ކެމްޕޭންތަކެއް ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން މިހާރު ވެސް ގޮވާލަމުން އަންނަނީ ދުރާލައި ކެމްޕޭން ހަރަކާތްތަކެއް ހިންގާށެވެ. އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް އިން ދެކޭ ގޮތުގައި އަގުތަކަށް އަންނަ ބަދަލާއި އެނދުތައް އިތުރުވަމުން އަންނާތީ ކެމްޕޭންތައް ވަރުގަދަކުރަން ޖެހެ އެވެ.

މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ކޮކޯ ކަލެކްޝަންގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އެންޑްރޫ އޭޝްމޯ ވިދާޅުވީ މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

"ރާއްޖެއިން އަބަދު ދެކިގެންނުވާނެ ޒަމާންވީ ޔޫރަޕްގެ މާކެޓް އެގޮތުގައި ދެމިއޮންނާނެ ކަމަށް. އެހެން އިތުރު ބަދަލުތަކެއް ގެންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

14 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 13%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިބުނާގޮތަށް!

25 April 2018

ޙިދުމަތް ދޭން ނޭންގެންޔާ ވާނީ ތިބުނާގޮތަށް!

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

24 April 2018

ލިއުމުގައިވާ ފޮޓޯ އިން ފެންނަނީ ދިވެހިންތޯ؟ އަދި “ރާއްޖޭގެ 50 އަހަރުވީ ފަތުރުވެރިކަމުގެ ދާއިރާ އާއި ބެހޭގޮތުން” މައުލޫމާތު ދެއްވާފައިވަނީ ދިވެހިން ނޫންކަމުން ތިޔަ ފަތުރުވެރިކަމުގެ މަންފާ ދިވެހިންނަށް ލިބެމުންނުދާކަން އިގޭ. . . . . . ސިޔާސީ ހަމަޖެހުން ޤާއިމް ނުކުރެވޭނެ އަދުލު އިންސާފާއި ނުލާ. ހަމަ އެހެންމެ “އިޤްތިސޯދީ މާލީގޮތުން ރައްޔިތުންގެ ވަރަބިންދާލާ”ފައި އަދުލުވެރިކަން ޤާއިމް ކުރެވޭނެ މާހައުލެއް ނުގެނެވޭނެ. . . . . މިކަންކަން ކުރުމަށް ދައުލަތުގެ ފުދުންތެރިކަން އިތުރު ކުރާންޖެހޭ. އެކަމަކު “ކަލޭމެން އިންކަމް ޓެކްސް ދެއްކުމަށް ދެކޮޅު ހަދަމުން އަދިވެސް ދައުލަތަށް މަޖުބޫރު ތިކުރަމީ ކަލޭމެންގެ ވިޔަފާރި އިސްތިހާރު ކުރުމަށް ރައްޔިތުންގެ ހަޒާނާއިން ހޭދަ ކުރުމަށް” އިންކަމް ޓެކްސް އާއި ނުލާ ފަތުރުވެރިކަމުން ޖަމާކުރާ ފައިސާގެ ވާހަކަ ދެން އަހަރުމެން ދައްކާނީ. ނިކަން ދައުލަތުން ހޭދަކޮށްބަލަ .. ތިފުރިސަތެއް ނުދެވޭނެ. ތިކަން ނުވެސް ކުރެވޭނެ.

The name is already taken The name is available. Register?

ގުރާސި

24 April 2018

ކޮމްޕެޓިސަން ބޮޑުވާން ފެށިމާ މަހުޖަނުން މޭކަރާލީ ދޯ؟

The name is already taken The name is available. Register?

ހާޒިމް

24 April 2018

ރާއްޖޭގައި މިއޮތް ސިޔާސީ ހަލަބުލިވުން ކުޑަވާނީ ކޮން ދުވަހަކުން ބާވައޭ ހިތަށް އަރާ. ހަމަގައިމުވެސް ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދު މަދުވެ, ރާއްޖެއަށް ލިބޭ އާމްދަނީ މަދުވެއްޖެނަމަ އެކަމުގެ ގެއްލުން ކުރާނީ މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް.

The name is already taken The name is available. Register?

ޗިކުސް

24 April 2018

އެދތައް އިތުރު ވާ ކަމެއް ނޭގެ . ވަޒީފާއެއް ނުލިބިގެން އުޅޭތަ 1 އަހަރު މިވީ.

The name is already taken The name is available. Register?

ސުނިލް ކުމާރު

24 April 2018

މި ލިޔުން ކިޔާލުމުން ދިވެހިންގެ ލޭނާރާއި މައިބަދައާއި ހުރިހާ އެއްޗެއްކަމުގައިވާ ޓޫރިޒަމާއި، އޭގެކުރިމަގާއި ދެން ހަދަންވާއެއްޗަކާއިބެހޭގޮތުން ގޮތެއްނިންމުމުގައި ދިވެހިންގެ ހިއްސާއޮތްވަރު ވަރަށްރަނގަޅަށް ހާމަވެގެންދޭ. ހުސް ބޭރުމީހުން. ހުރިހާ ރިސޯޓްތަކެއްގައިވެސް ބޮޑެތިމަގާމްތަކުގައި މުޅިންހެންވެސް ބޭރުމީހުން. ދެންބުނާނެ ދިވެހިން ފަރުވާކުޑައީއޭ. ދިވެހިންގެ ތެރޭގައި ވަޒީފާއަށް ފަރުވާކުޑަމީހުން އުޅޭ. ނަމަވެސް އެއީ ޢާންމުގޮތެއްގައި މެދުފަންތީގެ ނުވަތަ ދަށްފަންތީގެ ވަޒީފާތަކުގައިއުޅޭމީހުން. ރަނގަޅު ވަޒީފާތަކުގައިއުޅޭ ގިނަދިވެހިންނަކީ ހަރުދަނާބައެއް.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

24 April 2018

އަހަރެމެން ވެރިކަމަށް ގެނެސްފައި ހުންނާނީ ގޮންޖެހުންތަކާއި ކުރިމަތިލެވޭފަދަ ގާބިލް ވެރިއެއް.

The name is already taken The name is available. Register?

ގޮންގް

24 April 2018

މުޅި ތަސްވީރަށް ބަލާބަލަ. އެންމެ އޭންގަލަކުން ތިބަލަނީ.

The name is already taken The name is available. Register?

ރޫމްސް

24 April 2018

ރާއްޖޭގައި ނުޖެހޭ މަތީ ފެންވަރުގެ ރިސޯރޓްސް ތައް ހަދަން. އެއީ ބޮޑު ގޯހެކެވެ. ރާއްޖޭގައި ހަދަންވީ ދުވާލަކަށް ބެޑް އެން ބްރެކްފާސްޓާއި އެކު 70 ޑޮލަރަށް އާދެވޭނެ ޕެކޭޖްސް ތައް ރިސޯރޓްސް ތަކުން. އަދި ރިސޯރޓް ގައި ގެސްޓުންނަށް ވިޔަފާރި ކުރުމަށް ޓަކައި ޝޮޕިންގް މޯލެއް ވެސް ބަހައްޓަންވީ އަދި ރިސޯރޓް ގެ ކޮންމެ ރޫމެއްގައި ކުޑަ ކިޗެން އެއްވެސް ހުންނަންވީއޭ އެއިރުން ޗައިނާ މީހުން ވަރަށް ގިނަ އަދަދަކަށް ރާއްޖެ އަށް އަންނާނެ ކަން މަމެންނަށް ޔަގީންވެ ކަށަވަރޭ. ރާއްޖޭގެ ރިސޯރޓްްސް ތަކުގެ ގެސްޓް ރޫމް ކޮންސެޕްޓް ވެސް އެބަޖެހޭ އެޕްލިކޭޝަނަށް ފެތޭނެ އުސޫލުން ބަދަލު ކުރަން. ހަމަ އެކަނި ޗައިނާ ގެ މާރސް މާރކެޓް އަށް ބިނާ ކޮށް ހަދަންވީ ރިސޯރޓްސް ތަކުގެ ގެސްޓް ރޫމްސް ތައް. ރޫމްގައި ހިމެނެންވީ ބެޑް ރޫމް ދެން ޑަަބްލިޔުސީ އާއި ޝަވަރާއި އެކު ދެން ބާތްރޫމް ދެން ކިޗެން އެން ލިވިންގް ރޫމް ދެން ވޯރޑް ރޯބް އޭރިއާ. މިގޮތަށް ރިސޯރޓްސް ތަކުގެ ގެސްޓް ރޫމް ޑިޒައިން ވެސް ބަދަލު ކުރަންވީއެވެ.

The name is already taken The name is available. Register?

ޗޭންޖް

24 April 2018

އެނދު އިތުރުވުމާއި އެކު ގެސްޓުން ބޮޑު ވާ ކަންބޮޑު ވުން ތަކުގެ ތެރޭގައި އެބަހިމެނޭ ރިސޯރޓްސް ތަކުގެ ބޮޑު އަގު އަދި ފެންވަރު ދަށް ޚިދްމަތް ތައް. ރިސޯރޓްސް ތަކުގެ ޓްރެއިނިންގް ޑިޕާރޓްމެންޓް އެއީ ނަމެއް ގައި ހުންނަ ތަނެކޭ އެމެން ޓްރެއިން ނުކުރެއޭ ރިސޯރޓް ގެ މުވައްޒަފުން ބޭރު މީހުން ޓްރެއިނިންގް ޑިޕާރޓްމެންޓްގެ ބޮޑުންނަށް ތިބެގެން ބޮޑެތި މުސާރަ އާއި ބޮޑެތި ސާރވިސް ޗާރޖް ބަނޑު އަޅާލުމޭ ކަމަކަށް އޮންނަނީ. ރިސޯރޓްސް ތަކުން ނަގާ ބޮޑެތި ސާރވިސް ޗާރޖް އަކީ އެއީ ބޮޑެތި މުސާރަދޭ މީހުންނަށް ދޭން ޖެހޭނެ އެއްޗެއް ކަމަށް މަމެން ނުދަންނަމޭ ރިސޯރޓްގެ ޕޭރޯލް ގައި ހިމެނޭ މީހެއްގެ ރެމިއުނިރޭޝަން މަހަކު 1000 ޑޮލަރަށް އަރައިފިނަމަ އެމީހަކަށް ސާރވިސް ޗާރޖް ހައްގު ނުވާނެއެވެ. ނުލިބޭނެއެވެ. ރިސޯރޓް ގައި މަސައްކަތް ކުރާ އިރު ފިކްސްޑް 8 ގަޑިއިރެއް ނޯންނާނެއޭ ރިސޯރޓްގެ ރަސްމީ ގަޑިއަކީ އެއީ ހެދުނު 7 އިން ރޭގަނޑު 11 އަށޭ. އެހާއިރު ވަން ދެން ތިބެން ޖެހޭނީ މަސައްކަތުގައި އެންމެންވެސް. ޝިފްޓް ޑިއުޓީ ކުރާ މީހުން 12 ގަޑި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454