ށ. ނަލަންދޫ: އެ ރަށުގައި ރިސޯޓެއް ހަދާނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް މިހާރު ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
13 އޮކްޓޯބަރ 2025 - 11:15
ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ތިންވަނަ ފަހަރަށް އިއްޔެ އިއުލާންކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމްގެ ބޭނުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށުގެ ތެރެއިން، ނަލަންދޫގައި ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުހެ ހެނދުނު 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ށ. ނަލަންދޫގެ ކުޅިއެއް: އެ ރަށުގައި ރިސޯޓެއް ހަދާނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް މިހާރު ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އިއުލާނުގައިވާ ގޮތުގައި، ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހު 12 ވަނަ ދުވަހެވެ.
ނަލަންދޫގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އޮގަސްޓް 2023 ގަ އާއި ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހު ވެސް އިއުލާން ކޮށްފައިވެ އެވެ. އެނގިފައިވާ ގޮތުގައި، އޭރު ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލީ ފުރަތަމަ ބުރުގައި ކުރިމަތިލި ފަރާތް ޑިސްކޮލިފައިވެފައި ވާތީ އެވެ. ނަމަވެސް، ދެވަނަ ބުރުގައި ވީ ގޮތެއް އަދި ސާފެއް ނުވެ އެވެ.
ގުދުރަތީ ފުރިހަމަ ކަމުގެ އަޖައިބެއްގެ ގޮތުގައި ބެލެވޭ ނަލަންދުއަކީ މަސްވެރިކަމުގެ މަސައްކަތް ކުރުމަށް 1999 ވަނަ އަހަރުން ފެށިގެން ސަރުކާރުން އަމިއްލަ މީހަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ރަށެކެވެ. އެ ރަށުގައި ކުރަނީ ހުއިފިލަނޑާ އަލާކުރުމުގެ މަސައްކަތެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން ވަނީ އެ ރަށް ދައުލަތަށް ނަގައި، އެތަނުގައި ރިސޯޓެއް ހަދަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުއފިލަނޑާ
14 October 2025
ތީ މިހާރުވެސް ލަނޑާ އާލާކޮށްގެން ތިމާވެށި ހަލާކުކޮށްލާފަ އޮތްރަށެއް. މިހާރުވެސް ތިފެންނަ ކުޅީގެ ބައެއްތަންތަނަކީ ލަނޑާ ދިރުވި ދުވަސްވަރު ހިއްކިތަންތަން. ބޭރުން ނަލަކޮށް ފެނުނަސް ކުޅީގެ ދިރުންތައްވަނީ ނެތިގޮސްފަ
ސދފސދފ
13 October 2025
ކޮންމެ ވޯޓަކައިގުޅިގެން އަންނާނެ މިކަން
ރާވެރިބެ
13 October 2025
ގުދުރަތީ ގޮތުން ތަފާތު ރީތި އެންމެ ރަށެއް ވެސް އަންނަ ޖީލިތަކުގެ ދަރިންނަން ފެންނަން އޮވެގެން ނުވާނެދޯ؟
ނަނަނަ
13 October 2025
ތިކަހަލަ މޫދާއި ގުޅިފަ ހުންނަ ކުޅިތަކަކީ ބައެއްކަހަލަ މަސްތަކާއި ވިހާ އާލާވާ ތަންތަން. ތިތަން ހަލާކު ނުކޮށް ތަރައްގީކުރާނެ ކަމަށް ހީކުރަން
ނަނަނަ
13 October 2025
ތި ރީތިކަމާއި ފެހިކަން ނުގެއްލޭނެހެން ވެއްޓާގުޅޭ ފަތުރުވެރިކަމެއް ގެންނާނެ ކަމަށް އުންމީދުކުރަން