އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ (ވ) އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން.
23 އެޕްރީލް 2018 - 14:07
ބެއިޖިން (އެޕްރީލް 23) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޗިންޕިންއާ އަންނަ ހުކުރު ދުވަހު ބައްދަލު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ މޯދީ އާއި ޝީގެ ނުރަސްމީ ބައްދަލުވުންތައް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ކުރިއަށްދާނެ ކަމަށެވެ. ބައްދަލުވުންތައް އޮންނާނީ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ވުހާންގަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަން ޔީ ވިދާޅުވީ ބޮޑު ވަޒީރު މޯދީ އާއި ރައީސް ޝީގެ ބައްދަލުވުމުން އެތައް ކަމެއް ހާސިލް ކުރެވޭނެ ކަމަށެވެ. ދެ ބޭފުޅުން މި ބައްދަލު ކުރައްވަނީ ބޯޑަރު ކައިރީ ދެ ގައުމުގެ ސިފައިން މިދިޔަ އަހަރު ހިންގި ހަމަނުޖެހުންތަކުގައި އޭޝިއާގެ އެންމެ ވާދަވެރި ދެ ބާރުގެ ގުޅުން ގޯސްވެފައި ވަނިކޮށެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވިދާޅުވީ ދެ ގައުމުގެ މެދުގައި އިތުބާރު އުފެއްދުމަށް ވޭތުވެދިޔަ ދުވަސްތަކުގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އިންޑިއާ ކަނޑުގެ ގައުމުތަކުގައި ޗައިނާގެ ނުފޫޒް ވަރުގަދަ ކުރަމުންދާ އިރު އިންޑިއާ އިން ވެސް ދަނީ އެކަމަށް ރައްދު ދެވޭނެ ޕްރޮގްރާމްތައް ހިންގޭތޯ ބަލަމުންނެވެ. ރާއްޖެ އާއި ސްރީ ލަންކާ އަދި ޕާކިސްތާނުގައި ބޮޑެތި އިންފްރާސްޓްރަކްޗާ މަސައްކަތްތައް ޗައިނާ އިން ކުރާ އިރު އިންޑިއާ އިން މިހާރު ދަނީ ސީޝެލްސްގައި އަސްކަރީ މަރުކަޒެއް ހެދޭތޯ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮނިކަލޯ
24 April 2018
އޭތް........! ޝީ ކަލޭގެ ކަންތައް މާ މައްޗައް މިހާރު ތިދަނީ ، މައިތިރި ނަރާނަމަ ޖެހިދާނެ ގޮތެއްހަދަން
މޯދީ އެ ބުނަނީ
23 April 2018
"ދިވެހިރާއްޖޭގައި މިހާރު އަޅަމުން ތިގެންދާ ބްރިޖް ފިޔަވައި ދެން އިތުރަށް ހަމަ އެންމެ ކަމެއްވެސް ކޮށްގެން ނުވާނެ އެވެ."
އަހުމަދު ޒައިން
23 April 2018
މޯދީ އެ ބުނަނީ ކީކޭބާ؟ 'އޭ ޝީ ކަލޭ ކީއްވެތަ މާބޮޑަށް ދިވެހިރާއްޖެއާ ތިބެހެނީ... މާ ފޮނިވެގެން ތިއުޅެނީ... ތިކުޅި ހުއްޓާލާ!'
އަހުމަދު ސަލީމް
23 April 2018
ޔަގީން ރާއްޖޭގެ ކަންތަކާ ވާހަކަ ދައްކާނެ! އެނގިދާނެތާ ވާގޮތެއް! ތިޔަ ފޮޓޯގަ އެކަމަކު މޯދީ ހާދަ ކަޑަ ގޮތަކަށޭ ޝީއާ ދިމާލަށް އިނގިލި ދިއްކުރަނީ ދޯ؟ އިންޑިޔާގެ މީހުން އަދިވެސް ތަރައްގީ ނުވާތީ މައްސަލައަކީ... ޗައިނާ ވަކި ރަނގަޅެކޭނޫން މި ބުނަނީ... އިންޑިޔާ ހަމަ އަދިވެސް މާ ފަހަތުގަ އެއުޅެނީ... ވޯޓު ވިއްކުމުގެ ލާމަސީލު ނަމޫނާއެއް! އަނެއްކާ ހިންދީ ފިލްމާހެދި މޮޔަވެފަ... އާއިލާތެރޭގަ ތަޅާފޮޅުން އެހާ ބޮޑު... ކުރައިން ޕެޓްރޯލް ބަލާލީމަ އެނގޭނެ ރަނގަޅަށް... ސުމެއްގެ ތަނެއް އަސްލު! ޗައިނާ ވަކި ރަނގަޅެއްނޫން!