ޚިޔާލު

ވިސްނާ! ސިންގަޕޫރު، ޓޯކިޔޯ، ސްވިޓްޒަލެންޑްގެ ނަމޫނާ

މާލޭ މަގުމަތި: އެންމެ ފުރަތަމަ ގެންނަންވީ ޕަބްލިކް ޓްރާންސްޕޯޓްގެ ރަނގަޅު ނިޒާމެއް. ފައިލް ފޮޓޯ: ހުސެން ވަހީދު/ މިހާރު

މާލޭ މަގުމަތި އަމާންކުރަން މި ފަހުން އެޅި ފިޔަވަޅާ އެކު އެކި ވަޒީރުން ކުރެއްސެވި ތަސައްވުރުގައި، ސަރުކާރުން ދުނިޔޭގެ ކުރިއަރާފައިވާ ސިޓީތަކާ އެއް ފެންވަރަށް މާލެ ތަރައްގީކޮށް މައްސަލަތައް ހައްލުކުރާނެ އެވެ. އެ ގޮތުން ޖަޕާނުގެ ޓޯކިޔޯ އާއި ސްވިޓްޒަލެންޑްގެ ވާހަކަ އެ ބޭފުޅުން ދެއްކެވި އެވެ. އޭގެ ކުރިން ސިންގަޕޫރުގެ ނަމޫނާ އިން މިސާލު ނަގައިގެން ވެސް ސަރުކާރުން ވައުދުތައް ވެފައިވެ އެވެ.

މި ހުވަފެންތައް ހަގީގަތަކަށް ވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އެކަމަކު ފާހަގަކުރަން ޖެހޭ ކަމަކީ ސިންގަޕޫރާއި ޓޯކިޔޯ އާއި ސްވިޓްޒަލެންޑް ނަމޫނާއަކަށް ވާ އެންމެ އަސާސީ އެއް ކަންތައް މާލެ އަށް އަންނާނެ އިރެއް އަދިވެސް ނޭނގޭ ކަމެވެ. އެ ސިޓީތައް ނުވަތަ ގައުމުތަކުގެ އެންމެ މުހިއްމު އެއް ސިފައަކީ އެ ތަންތަނުގައި ހުރި އާއްމު ދަތުރުފަތުރުގެ ހަރުދަނާ، ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމްތަކެވެ.

މާލެ އަށް ނުކަތާ ވަރަށް ޕްރައިވެޓް އުޅަނދުތައް ގިނަވެ، މަގުމަތި ބޮއްސުންލައިގެން ދިޔައީ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތެއް ނެތި އެވެ. އެމްޑީޕީ ސަރުކާރުގައި މާލޭގައި ފެށި ބަހުގެ ޚިދުމަތް ވީ ނާކާމިޔާބެވެ. މި ސަރުކާރަށް ވެސް އެކަމެއް އަދި ނުކުރެވެ އެވެ. މާލެ އާއި އެހެން ބައެއް ރަށްރަށުގައި ބަސް ދަތުރުތައް ފަށަން ޖޫން 2016ގައި އެމްޓީސީސީއާ ހަވާލުކޮށްފައި އެކަން ހުއްޓާލީ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޕީއެލްއާ މަސައްކަތް ހަވާލުކުރި އެވެ. އެކަމަކު ހަތް މަސް ދުވަސް ފާއިތުވީ އިރު ވެސް މާލެ ތެރޭގައި ބަސް ދަތުރުތައް ފަށާނެ އިރެއް އަދި އޮތީ ނޭނގި އެވެ. އެމްޕީއެލް އިން އެންމެ ފުރަތަމަ ކުރަން އުޅޭ ކަމަކީ ޖުލައި 26ގައި ބްރިޖު ހުޅުވުމާ އެކު މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ފެށުމެވެ.

ސިންގަޕޫރާއި ޓޯކިޔޯ އާއި ސްވިޓްޒަލެންޑާ އެއް ފެންވަރަކަށް މާލެ ގެންދަން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފެންވަރު ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކުރުމެވެ. އެއީ އާއްމު ދަތުރުފަތުރުގެ ނަމޫނާގެ ގޮތުގައި ދުނިޔޭގައި ހަދާ ކޮންމެ ލިސްޓަކުން ޖާގަ ހޯދާ ތަންތަނެވެ. މިސާލަކަށް، ނެދަލެންޑްސްގެ ބައިނަލްއަގުވާމީ ކޮންސަލްޓެންސީ ކުންފުނި އާކޭޑީސް އިން އެކުލަވާލާ "ސަސްޓެއިނެބަލް ސިޓީސް މޮބިލިޓީ އިންޑެކްސް"ގެ ގަދަ 15ގައި މިދިޔަ އަހަރު ސްވިޓްޒަލެންޑްގެ އެންމެ ބޮޑު ސިޓީ ޒިއުރިކް އާއި ސިންގަޕޫރާއި ޓޯކިޔޯ ހިމެނުނެވެ.

"ދެމެހެއްޓެނެވި ދަތުރުފަތުރު"ގެ ނަމޫނާތަކަކަށް މި ސިޓީތައް ވަނީ ކީއްވެގެން ހެއްޔެވެ؟ "ސަސްޓެއިނެބަލް ސިޓީސް މޮބިލިޓީ އިންޑެކްސް"ގައި ބަލާފައި ވަނީ ދެމެހެއްޓެނެވި ތަރައްގީގެ މައިގަނޑު ތިން ދާއިރާ ކަމަށްވާ އިޖުތިމާއީ، އިގުތިސޯދީ އަދި ތިމާވެށީގެ އުއްމީދުތައް ސިޓީތަކުން ހާސިލްކޮށްފައިވާ މިންވަރަށެވެ.

ހޮންގް ކޮންގް އަށް ފަހު ދެވަނަ އަށް އެންމެ ރަނގަޅު ސިޓީގެ ޝަރަފް ހޯދި ޒިއުރިކަށް ބަލާ ނަމަ، ޒަމާނީ ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތް ފުޅާ ދާއިރެއްގައި ދެމުން އައި ނަމަވެސް ޕްރައިވެޓް ކާރުތަކާ ހެދި ޓްރެފިކަށް ބާރު ބޮޑުވެ އެވެ. އެކަމަކު އެ މައްސަލަ ހައްލުކުރަން ދުރު ރާސްތާގެ ޕްލޭނެއް އަންނަނީ ތަންފީޒުކުރަމުންނެވެ. އޭގެ ތެރޭގައި ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކް ކުރިއަށް ވުރެ ވެސް ފުޅާކޮށް، އެ ނެޓްވޯކް ބެލެހެއްޓުން ހަރުދަނާކުރުމާއި ޚިދުމަތް ބޭނުންކުރަން އާއްމުންނަށް ފަސޭހަކޮށްދިނުން ހިމެނެ އެވެ. ރޭލާއި ޓްރޭމް އާއި ބަހުގެ އިތުރުން ކަނޑު ބޯޓު ވެސް ހިމެނޭ، ޒިއުރިކްގެ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުގައި ބައިސްކަލަށް ވެސް ޚާއްސަ ސަމާލުކަމެއް ދެ އެވެ. ބައިސްކަލުގައި އުޅެން ހިތްވަރު ދިނުމުގެ ގޮތުން، ޕާކްކުރާނެ ޖާގަ އިތުރުކުރުމާއި ބައިސްކަލް ދުއްވާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ފިޔަވަޅުތައް ޒިއުރިކުން އަންނަނީ އަޅަމުންނެވެ.

ލިސްޓުގައި ހިމެނޭ 100 ސިޓީގެ ތެރެއިން އަށްވަނަ ހޯދި ސިންގަޕޫރުގައި ކުރާ ދަތުރުތަކުގެ 66 ޕަސެންޓް މިހާރު ވެސް ބަރޯސާވެފައި އޮތީ ޕަބްލިކް ޓްރާންސްޕޯޓަށެވެ. އެކަމަކު 2030 އަންނަ އިރު އެ އަދަދު ޕީކް ގަޑިތަކުގައި 75 ޕަސެންޓަށް އިތުރުކުރަން ސިންގަޕޫރު ސަރުކާރުން ބޭނުންވެ އެވެ. އެހެންވެ، ބަހުގެ ޚިދުމަތް އިތުރަށް ތަރައްގީކުރަން އަންނަނީ އިންވެސްޓްކުރަމުންނެވެ.

ބައިބޯ ޓޯކިޔޯގައި ވެސް ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ ދަތުރު ކުރަނީ ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކޮށްގެންނެވެ. ދުނިޔޭގެ ތައުރީފް ލިބިފައިވާ ރޭލުގެ ނިޒާމެއް އޮތް ޓޯކިޔޯގައި ގަޑި އަށް ފަރުވާތެރި، އަވަސް އަދި ސާފުތާހިރު ޚިދުމަތެއް ލިބޭކަން ފަސިންޖަރުން ފާހަގަކުރެ އެވެ. އަނެއް ކަމަކީ ސިޓީން ބޭރުގެ މަންޒިލްތަކާ ވެސް ވަރަށް ރަނގަޅަށް ގުޅާލާފައިވާ ހަބަކަށް ޓޯކިޔޯ ވުމެވެ.

މިއީ ތިމާވެއްޓާ ރައްޓެހި ގޮތުގައި އަދި ވައި ތަޣައްޔަރުވުން ކުޑަކުވާނެ ގޮތްތަކަށް ވެސް ސަމާލުކަން ދީގެން ދަތުރުފަތުރުގެ ޚިދުމަތް ދޭ ސިޓީތަކެކެވެ.

ޕަބްލިކް ޓްރާންސްޕޯޓްގެ ރަނގަޅު ނިޒާމްތައް ގާއިމްކޮށްފައި ހުރި މިފަދަ ސިޓީތަކުން ވަނީ ޕްރައިވެޓް އުޅަނދުތައް ދޫކޮށްލަން އާއްމުންނަށް ހިތްވަރުދިނުމުގައި ކާމިޔާބީ ހޯދައިފަ އެވެ. އެއީ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް ވައިގެ ނުސާފުކަން ކުޑަކުރަން ވެސް ބޭނުންތެރި ފިޔަވަޅަކަށް ވާއިރު، މާލެ އަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އަމިއްލަ ސައިކަލްތަކާއި ކާރު ގިނަވުން ކަން އެންމެން ވެސް ދަނެ އެވެ.

ޓްރެފިކް ބާރު ބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ދުވާލު ވަގުތު މުދާ އުފުލުން މަނާކުރި އިރު ސަރުކާރުން ބުނެފައި ވަނީ ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި މަގުތަކަށް ގެންނަން ސަރުކާރުން ބޭނުންވަނީ "އީޖާދީ ހައްލު"ތަކެކެވެ. އޭގެ ބައެއްގެ ގޮތުން، މާލެ ތެރެއަށް ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް އަވަހަށް ތައާރަފްކުރަން ޚާއްސަ އިސްކަމެއް ދޭންވީ ނޫން ހެއްޔެވެ؟

ފަސޭހައިން ބަހުގައި ދަތުރުކުރެވެން އޮތިއްޔާ ކޮންމެ މީހަކު ސައިކަލަކަށް ނުވަތަ ކާރަކަށް ނާރާނެ ކަމަށް އުއްމީދު ކުރެވިދާނެ އެވެ. އެފަދަ ޚިދުމަތަކާ ނުލައި މަގުތަކުގެ ތޮއްޖެހުމަށް ލުޔެއް ލިބިދާނެ ކަމަކަށް ނުބެލެވެ އެވެ. އަދި އެފަދަ ޚިދުމަތަކާ ނުލައި ސިންގަޕޫރު، ޓޯކިޔޯ ނުވަތަ ސްވިޓްޒަލެންޑާ އެއް ފެންވަރަކަށް މާލެ ނުގެންދެވޭނެކަން ކަށަވަރެވެ.

28 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 0%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޫ

29 April 2018

އެންމެ މުހިން އިންސާފުވެރި ހަމަހަމަ އަދުލުވެރި ސަރުއީ ނިޒާމެއް. ރިސްވަތުނުނަގާނެ މިނިވަން ފަޑިޔާރުގެއެއް.

The name is already taken The name is available. Register?

ޕީޖޭ

29 April 2018

ވަރަށް ރަނގަޅު ހިޔާލެއް، މިވަރު ލިޔުމެއް އަދި ނުފެނޭ?

The name is already taken The name is available. Register?

falaku ain

29 April 2018

ހާދަ ދުމެކޭ ސިވިޒަލެންޑުން އެއަރުވަނީ. ސްވިޒަލެންޑްގައިވެސް ސައިލަންސަރުން މީހުންގެ މޫނަށް ދުންބުރުވަމުން ޖައްވު ތަޢަައްޔަރު ކުރަމުންތޯ ދުއްވަނީ. ބައެއްކާރާއި ލޯރި، ޕިކަޕްދާއިރު ފަހަތުގައި ތިބޭ މީހުންނަށް ކުރިމަތި ނުފެނޭ ވިއްޔާ ސްނޯ ބޯކަމުން. ސްނޯ ނައްތާލާނެ މެޝިނެއް ނެތްތަ؟

The name is already taken The name is available. Register?

ބޮންދު ޓޯކިއޯ

29 April 2018

ޒުއިސަލެއްޑު ފަދަ ހުޅަނގު ޔޫރަރަފުގެ ގައުމުތައް ތަރައްގީ ވުމުގަ އެއްމެ ބޮޑުބަޔެއް ކުޅެޅެނީ އެންމެންގެ މައްޗައް ހަމަހަމަ ކޮއްހިނގާ ގާނޫނާ ގައަވައިދުތައް ކަމުގަ ދެކެން! މިއުނީކާ ޒިއުރިކުފަދަ ސިޓީތަކުގަ އެއްތި ދުއްވާމީހެއްގެ ހަސިއްޔަތުން ދައްނަވާނީ އެތަންތާ ހުރިހާމީހުންވެސް ގަވައިދައް ހުރުމަތްތެރިކޮއް ހިތާތި އެޗެތި ދުއްވަން ވަރައް ފަސޭހަޔޭ!

The name is already taken The name is available. Register?

ސަރުކާރު

29 April 2018

"...ސަރުކާރުން ބުނެފައި ވަނީ ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ނުކުރާނެ ކަމަށެވެ." -- ނުކުރެވޭނެ ވިއްޔާ!

The name is already taken The name is available. Register?

އިންޓެލިޖެންސް

29 April 2018

ވެރިރަަށް މާލޭގެ ހާލަތު ނޭންގޭ ކައްޕި ހުންނަހާ ދުވަހަކު މިކަމެއް ނުވާނެ.

The name is already taken The name is available. Register?

އަލިބެއްޔާ

29 April 2018

މާލޭގައި މިފަހުން ހިންގި ބަހުގެ ހިދުމަތް އެމްޑީޕީއާއި އޮންނަ ޒާތީ ރުޅިވެރިކަމެއްގައި ވަނީ ހުއްޓުވާލާފަ. އެހިދުމަތްއޮތީ ރައްޔަތުން ބަލައިގެންފައި އަދި އިތުރައް ތަރައްގީ ކުރަނިކޮށް މާލޭގެ ތޮއްޖެހުން ވަރަށްބޮޑަށް ކުޑަކުރެވުނީސް. އަދި އިތުރަށް ގިނަ ބަޔަކު އޭގެބޭނުން ހިފީސް.

The name is already taken The name is available. Register?

އައިމިނަ

29 April 2018

ވެރިކަން ކުރާ ރަށް ފެންވަރުކޮށް ހެދޭނީ ގެވަޅުތަށް ބޮޑުކޮށް އަލުން ބަލުން ގެވަޅުތަށް ބަހައިގެން. ގެވަޅުތައް ނަގައި އެއްކޮށްލައިގެން ބްލޮކަށްތަކަކަށް ހަދައި ސަރުކާރުގެ ޖާގައިގެ ގޮތުން ބޮޑު ފުލެޓްތަކާއި އޮފީސްތަކާއި ވިޔަފާރި މަސައްކަތްތަކަށް ތަރައްޤީ ކުރަން. މީ ސަރުކާރުން ދެއްކި ޓޯކިޔާ އަވަށް ތަރައްޤީ ކުރާ ގޮތް ކަމަށް ވެދާނެ. އެހެން ކަމަށް ވަނީނަމަ މީ ރަނގަޅު ފާލަމެއް ކަމުގައި ދެކެން. މި ކަހަލަ އަވަށްތައް ތަރައްޤީ ކުރާއިރު ވެރިކަން ކުރާ ރަށުގެ އާބާދީ މަދުކުރެވޭނެ. އަދި މީހުންނަށް ނޭވާ ލެވޭ ވަރަށް ވުރެއް ބޮޑަށް މަގުތަށް ފުޅާކޮށް ހިދުމަތްތަށް ލިބޭނެ. ހުޅުމާލެއާއި މާލެ ބުރިޖުން ގުޅާ ލުމުން މާލޭގައި ވަޒަންވެރި ވުމުގެ ބޭނުމެއް ނެތް.

The name is already taken The name is available. Register?

މާލެެ

29 April 2018

މަލެ އަބަދުވެސް އޮންނާނީ މާލޭގެ ގޮތުގަ. މީ ރާއްޖޭގަ އޮތް ހަމައެކަނި ލޭންޑް އޮފް އޮޕޮޗުނިޓީ. މިތަން ލޭންޑް އޮފް އޮޕޮޗުނިޓީގެ ގޮތުގަ ދެމި އޮންނާނީ މިގޮތަށް ހަލަބޮލިކޮށް އެމީހަކު ބޭނުން ގޮތަކަށް ބޭނުން ކަމެއް ކުރެވޭ ގޮތަށް އޮތީމަ. މަގިމަތީގަ ލަކުޑި ގުދަން ހެދުމާ ފިހާރަ ހެދުމާ އެމީހަކު ބޭނުންތާކު ޕާކު ކުރުމާ ހިތު ހުރިހާ ގޮތަކަށް ދުއްވުމާ މިއީ ހައްތާވެސް އޭގެ ތެރެއިން ބައެއް ބައިތައް. މިކަންތައް ނުކުރެވެންޏާ އޮޕޮޗުނިޓީ ދިޔައީ. މިނިސްޓަރުންނަށް ބުނެލަން ބެނުންވަނީ މިއީ ޓޯކިޔޯއެއް ނޫނޭ. މިއީ ނިއުޔޯކޭ.

The name is already taken The name is available. Register?

ޢަލިދީދީއައްޑޫސިޓީ

29 April 2018

ޓޯކިޔޯގެ އާންމު ތަންތަނުގައި އެހުންނަ ކަހަލަ ޕަބްލިކް ރެސްޓް ރޫމް ނުވަތަ ޢާންމު ފާޚާނާ ބަރި އެއް އަޅެ މި މާލޭ ގައި ވެސް ހަދާލަބަލަ. ހަމަ އެކަހަލަ ސާފުތާހިރު މީރުވަސްދުވާ ޒަމާނީ ޓެކްނޮލޮޖީ އެކުލެވެންވާނެ. ފޯނުގެ ސޮފްޓް ވެއަރ އިން ބަލައިލެވޭނެ ހުހަށްހުރީ ކޮން ފާޚާނާއެއްތޯ ވެސް. އަންހެން ފިރިހެން ފާޚާނާ ތައް ވަކިވާނެ. މާލެ ކަހަލަ ތަނެއްގައި ފޯނު އެޕަކުން ފާޚާނާ ހުރިތަންތަން ބަލައިގެން އޭގެ ބޭނުންކުރާނެ ލައްކަ ޓޫރިސްޓުން އުޅޭނެތާ. އޭގެތެރޭ ޖަޕާން މީހުން ވެސް ހިމެނޭނެ ނޫންތޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454