ވިލާއިން އދ. މާމިގިލީގައި ހަދާފައިވާ ބަނދަރު: ޖުމްލަ 1،300 މީޓަރު ދިގު މިނުގެ އެ ބަނދަރަކީ ރާއްޖެ އަށް އާއްމުކޮށް ހިލަ އާއި ހިލަވެލި އުފުލާ ސައިޒުގެ ބޯޓު ފަހަރަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ބަނދަރެއް.
29 އެޕްރީލް 2018 - 13:44
އދ. މާމިގިލި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން އަންނަ ބުދަ ދުވަހު ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.
މާމިގިލީ އެއާޕޯޓާ އެކު، ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށުގައި އެ ބަނދަރު ހެދީ އެ ކުންފުނިންނެވެ. ޖުމްލަ 1،300 މީޓަރު ދިގުމިނުގެ އެ ބަނދަރަކީ ރާއްޖެ އަށް އާއްމުކޮށް ހިލަ އާއި ހިލަވެލި އުފުލާ ސައިޒުގެ ބޯޓު ފަހަރަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ބަނދަރެކެވެ.
އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވީ، މާމިގިލި ބަނދަރުގެ އޮޕަރޭޝަން ބުދަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ސާމާނާއި މުވައްޒަފުން ވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރުގެ ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަން ފަށާއިރު، އެމްޕީއެލް އިން ބުނީ އެ ބަނދަރުގެ ބައިނަލްއަގްވާމީ އޮޕަރޭޝަނަށް ބޭނުން ކުރާނީ 600 މީޓަރުގެ ސަރަހައްދެއް ކަމަށެވެ. އަދި ބަނދަރު ހިންގާނީ "މާމިގިލި ކޮމާޝަލް ހާބަރު"ގެ ނަމުގަ އެވެ.
އެމްޕީއެލް އިން މާލޭގެ އިތުރުން ހުޅުމާލެ އާއި ސ. ހިތަދު އާއި ހދ. ކުޅުދުއްފުށީގައި ވެސް ވިޔަފާރި ބަނދަރެއް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބޭބެ
29 April 2018
ޝުކުރިއްޔާ އަލްފާޟިލް ޤާސިމް އިބްރާހިމް
މާމިގިލިން
29 April 2018
މާމިގިލީ ބަދަރަށް އިއުލަްން ކުރީރު އޮތީ ޕިންކު ބޮޑުންގެ ގާތް މީނުން ނަގާފަ
މުހަންމަދު އިބުރާހިމް
29 April 2018
ގާނޫނެއް ގަވައިދެއް ބަލާނެ ކަމެއް ނެތް ހިތުހުރި ގޮތެެއް ހަދާލާ މި ނޫނަސް ދުވަހެއް އަތުވެދާނެ އެދުވަހަކުން ނުރޯތި...
ޙަނީފް
29 April 2018
ޢެންމެ 5 މުވައްޒަފުން ލައިގެން ސީ.އީ.އޯ ތިޔަ އުޅެނީ ތި ބަދަރުގަ ބައްކަައްކާ ކުޅެން ދޮތަ.
އިބަ
29 April 2018
ތިޔައީ ތޮޢްޖެހިފައިވާ މާލޭގެ ބަނދަރުގެ މައްސަލައަށް ލިބޭނެ ބޮޑުހައްލެއް.މާލޭ އަށް މުދާބޭލުމާ ގުދަންކުރުމުން މާލޭގޭ މަގުތައް ތޮއްޖެހުމާއި މާލެއަށް މުދާ ގަނޑުކޮށް ގަތުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން އަންނަ އުޅަދުފަހަރުތަކުން މާލޭގެ ފަޅުތެރެ ބަދަރު ތޮއްޖެހުން ކުޑަ ކޮށް ކަންމެވެސްބަޔަކު ރަށުގަތިބެގެން ވަޒީފާ އަދާކުރުމަށް ހުޅުވިގެންދާނެ ފުރުސަތެއް.އަދި ރާއްޖެގެ ލޮޖިސްޓިކްސް އަދި މުދާއެތެރެކުރުމާއި ޑިސްޓްރިބިއުޝަން ކުރިއެރުވުމަށް ލިބިގެން ދާ ބޮޑުފިޔަވަޅެއް
ތިތަން
29 April 2018
ތިޔަ ތަން ނުހިނގާނެ. ކެމްޕެއިން ނިމުނީމަ ހުއްޓާލާނެ. ތި ގޮތަށް ބަނދަރެއް ހިގާނެ ރަށެއް ރާއްޖެއަކު ނެތް. ނޫން ބަޔަކު ރިސޯޓެއް ހަދަން އެމީހުންމަށް ފަސޭހައަކަށް ހިންގަފާނެ. ރާއްޖޭގައި ތި ގޮތަށް ބަނދަރު ހިންގަން އުޅޭނެ ކަމެއް ނެތް. އެކަމެއް ނުވަނެ. ނޫން، މޫދު ލޮނު އަރުވާ ބާލަންޏާ ރަގަޅު. އެހެން ކަމެއް ނުކުރެވޭނެ.
ސޭޓު1
29 April 2018
ތިޔައީ މާމިގިލި އެއާޕޯޓް އޮނަރަބަލް ޤާސިމް އަތުން އަތުލާފަ އެމްއޭސީއެލް އަށް ހަވާލު ކުރުން ކަހަލަކަމެއް..ބާރު އޮތީތީ މިއަދު ބޭނުންއެއްޗެއް ހަދާލެވިދާނެ
އަންދު
29 April 2018
ސޭޓުގެ މަސައްކަތް ހަމަ ސުމަކަށް އެދުއްވާލީ... އެހެންތާ ދެން ވާނީވެސް މިހާރު ދޯ؟