ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
01 މެއި 2018 - 21:27
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މުޅި ފޯކަސް މިހާރު އޮތީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކަމަށާއި ޕާޓީގެ އެހެން ހަރަކާތެއް ނެތް ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ "ރުމާލު 2" ޖަގަހައިގައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ ރަށްރަށުގައި އުޅޭ މީހުން ބޭނުން ވަނީ އޭޓީއެމް މެޝިން ކަމަށެވެ. އަދި މިހާރު ރައްޔިތުން ބޭނުންވާ އަސާސީ ހުރިހާ ކަމެއް ނިމިފައި ހުރުމުން ދެން ބޭނުން ވަނީ ކުރިއަރާފައިވާ ގައުމުތަކުގައި ހުރި ޚިދުމަތްތައް ކަމަށް ޒަމީރު ވިދާޅުވި އެވެ.
"މީގެ ކުރިން އަޅުގަނޑުމެން ރަށަކަށް ދިޔައީމާ ބުނާނީ ފެނާއި ނަރުދަމާ ވަރަށް ސަކަރާތޭ. ދެން ބަނދަރުގެ ކަންތައް ވެސް. އަޅުގަނޑު ނުދަންނަވަން ހުރިހާ ރަށެއްގެ ހުރިހާ ކަމެއް ހަމަޖެހުނިއްޔޭ. ބޮޑެތި އާބާދީ ހުރި ތަންތާނގައި މައިގަނޑު މި ކަހަލަ ހުރިހާ ކަންތައްތަކެއް ހަމަޖެހިއްޖެ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށްރަށުގައި މިހާރު ޕެނަޑޯލް ގުޅަ އާއި އޮގްމެންޓިން ނުލިބިގެން އުޅޭކަށް ނުޖެހޭނެ އެވެ.
ޕީޕީއެމްގެ ހަރަކާތްތަކާ ބެހޭ ގޮތުން ޒަމީރު ވިދާޅުވީ މި އަހަރުގެ ރޯދަމަހު މާބޮޑު ހަރަކާތްތަކެއް ނެތް ނަމަވެސް ރޯދައިގެ ފަހުން ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރޯދައިގެ ފަހުން ޕީޕީއެމުން ރަށްރަށަށް ވަރަށް ގިނަ ދަތުރުތައް ކުރަން ނިންމާފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މުޅި ފޯކަސް މި އޮތީ ރިޔާސީ އިންތިޚާބަށް. އަޅުގަނޑުމެން ކުރިމަތީގައި މިވަގުތު އެހެން މާބޮޑު ކަމެއް ނެތް. ޕާޓީގެ އިތުރު އެހެން ހަރަކާތެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބޮލަކަށް ޖެހޭ އާމްދަނީ އިތުރުވެ ދިވެހިންގެ ތެރޭގައި "ބައިން ކެޕޭސިޓީ" މައްޗަށް ހިނގައްޖެ ކަމަށެވެ. އަދި ކޮންމެ އަހަރަކު ދިވެހި ޗުއްޓީގައި ކުރިން ދަނީ ބޭސްފަރުވާ ހޯދަން ކޮލަމްބޯ ނުވަތަ ޓްރިވެންޑްރަމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ނަމަވެސް ކުއްލިއަކަށް ރައީސް ޔާމީންގެ މިދިޔަ ފަސް އަހަރުގެ ތެރޭގައި އަމިއްލަ އަތުން މެޑިކަލް އެކްސްޕެންސަސް [ބޭހަށް ކުރާ ހަރަދު] ވަރަށް ބޮޑަށް ކުޑަވެގެން ދިޔައީމާ އޭގެ ނަތީޖާއެއްގެ ގޮތުން ޑިސްޕޯސަބަލް އިންކަމް މައްޗަށް ދިޔައީމާ މީހުންނަށް ގަނެވޭ މިންވަރު މައްޗަށް ގޮސްފި،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީގެ 10 ވަރަކަށް އަހަރު ކުރިން މީހެއްގެ ކައިރިން އަހާލައިފި ނަމަ ބުނާނީ ނަންޑޯސް އާއި ޕިއްޒާ ހަޓް ވެސް ރާއްޖެ އަށް ތައާރަފު ނުކުރެވޭނެ ކަމަށެވެ.
"އެ މީހުން ބޭނުންވާ ކްރިޓިކަލް މާސްއެއް ނެތް. ބައިން ޕަވާއެއް އެ ހިސާބަކަށް ނުދެއޭ،" ރާއްޖެ އަށް ފްރެންޗައިޒް ރެސްޓޯރަންޓް ތައާރަފު ވާން ފެށުމާ ގުޅޭ ގޮތުން ޒަމީރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބީ
02 May 2018
ކޮންމެ ގޮތެއްވިޔަސް އަންނި ވެރިކަމައް ނުގެނެސް ވެޭތޯ ބަލާނަން.
އެކްސް ހަލީލް
02 May 2018
މުޅި ފޯކަސް އޮތީ އެމީހަކަށް އެއްޗެއް ދަމައިގަނެވޭނެ ގޮތެއް އޮތްތޯ ބަލާފަ އެކަން ކުރުން، މިހާރުވެސް ފެންނަނީ އެމަންޒަރު
ވައްޖީ
02 May 2018
ނުކުރާނަން ކޮމެންޓެއް..އެއައްވުރެ މާދަށުދަރަޖައިގަ ވާހަކަ ތިހުރޭ.. ތީ އަދުރޭމެން ފެންވަރު.
އަހުމަދުބެ
02 May 2018
ޕީޕީއެމް ދަމައިގަތީ ރަނގަޅަކަށް ނޫނެވެ. ފުރަތަމަ ޕާޓީ ގެ ހައްގު ފަރާތާއި ޕާޓީ ހަވާލު ކުރަންވީއެވެ.
ފޯކަސް
02 May 2018
ދަރުބާރު ފެކްޝަންގެ ފޯކަސް އޮތީ ރުމާލު2 ގައި، ފޯކަސް އިތުރަށް ފުޅާ ކުރެވޭނީ ދަރުބާރު ގެއަށް، ޕީޕީއެއްގެ ޒަޢީމު ހުރަގެއަށްލާފަ ކިތަންމެ ވަރަކަށް ފޯކަސް ކުރިޔަސް ކުރާނެ މަންފާއެެއް ނޯންނާނެ.
ހުސެން އަލީ
02 May 2018
ޒަމީރު މެމްބަރުކަން ކުރި ކިނބިދޫ ދާއިރާއަށް ބައްލަވާ. އެއްވެސް ރަށެއްގަ ނަރުދަމާއެއް ސާފުބޯފެނެއް. މަގެއް ހަދާފައެއްނެތް. ތިވިދާޅުވަނީ ހުރިހާ ކަމެއް ކުރެވިއްޖޭ.
އިހުމާލް
02 May 2018
ފޮކަސްބަދަލް ކޮށް ރައްޔަތުން މަތިކުރިކަން ތަކާއިގެން ކުރިއަށް ދާން ފެނޭ، ވާނީބަލިކަން ޔަޤީން
ދެކޭމީހާކިޔާމީހާ
02 May 2018
ވިދާޅުނުވިޔަސް ތިކަން އެނގެއެވެ. ޕާޓީގެ ޙަރަކާތް އެކަންޏެއްނޫންތޯ! ދައުލަތުގެވެސްނޫންތޯ! ވަޒީރުންގެ މަޖިލީން ނުބާއްވާތާ 2 މަސްވާކަމަށްވޭ! ރައްޔިތުންގެ މަޖިލީސް، ބުނެދޭކަންނޭނގޭ! އަނެއްކާ ޗުއްޓީއަށް! ރައްޔިތުންގެއަތުންނަގާ ޓެކުހާއި ބެކުސް ހުސްވެ، ނުވިތަނަކަށް މިލިއަނުން ބޮންޑުނަގައި، އަހަރުމެނާއި ދަރިންގެދަރީންގެ ބޮލުގައި ބޮޑުދަރަނިއަޅުވައިގެންވެސް ކުރެވެނީ އެއްކަމެއްކަން ފާޅުކޮށް ދޭހަވާވަރަށް ތިކަން އެބަކުރެވޭތަން ފެނޭނޫންތޯ!
ޝޮކްތެރަޕީ
02 May 2018
އަޅުގަނޑަ ހީވަނީ މިފަހަރު ހީކުރިވަރައްވުރެ ޔާމިނަ ވޯޓްލާނެހެން.
އަލްފަންސޯ
02 May 2018
ވޯޓުންތަޅާ ތިރިކޮށްލަން މިތިބީ ކެތްމަދުވެފަ. ތިމާގެ އާޢިލާމީހުނާ ވާހަކަނުދެއްކޭ މީހަކު ރައްޔިތުންނާ ކުރިމަތި ލާނީ ކިހިނެއް.