ކުޅިވަރު

މިހާރު އެވޯޑްސް: މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރަން ބޫޓު ސެންޓޭ އަށް

ފިރިހެން އިންޑިވިޖުއަލް ކުޅިވަރުތަކުން އެންމެ މޮޅު ތިން އެތުލީޓުން

05 މެއި 2018 - 20:27

9 comments
05 މެއި 22:58

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ސެންޓޭ: ޕޯޗުގަލްގެ ކޯޗު ބެނާޑޯ ޓަވަރޭސްގެ އިރުޝާދުގެ ދަށުން ސެންޓޭގެ ކުޅުން ދަށްވި ނަމަވެސް އޮސްކާ ބްރުޒޮން ނިއުއާ ހަވާލުވި ފަހުން ސެންޓޭގެ ވިދުން ގަދަވި. އަލުން ފޯމަކަށް އެޅި ސެންޓޭގެ މޮޅު ކުޅުން ނިއު އިން ފެނުމުގެ ނަތީޖާ އަކަށްވީ އެ ޓީމުން ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުން. ލަނޑު ނުޖެހުމުގެ މައްސަލަތައް ސީޒަނުގެ ކުރީކޮޅުގައި ދިމާވި ނަމަވެސް އޭގެ ފަހުން ސެންޓޭ ވަނީ ފޯމަކަށް އެޅި ގޯލު ޖެހުމުގައި ވެސް ތަފާތު ދައްކާފައި.

05 މެއި 22:56

ދެ ވަނަ ކުޅުންތެރިޔަކީ މުހައްމަދު އުމެއިރު

05 މެއި 22:55

އެންމެ މޮޅު ކުޅުންތެރިޔަކީ އަލީ ފާސިރު (ސެންޓޭ)

05 މެއި 22:55

ތިން ވަނަ ކުޅުންތެރިޔަކަށް ހޮވުނީ އަލީ އަޝްފާގް ދަގަނޑޭ

05 މެއި 22:53

ދެން އެވޯޑް ދޭނީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް

05 މެއި 22:44

"ޒާހިރު ނަސީރު އެވޯޑް" ހީނާ ސަލީމް (ވ) އަށް ދެނީ

05 މެއި 22:36

ޒާހިރު ނަސީރަށް ނިސްބަތްކޮށް ދޭ ފުރަތަމަ އެވޯޑް ހީނާ ސަލީމަށް

05 މެއި 22:35

އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އަށް ރަން ބޫޓު ދެނީ

05 މެއި 22:32

މި ލައިފްޓައިމް އެޗީވްމަންޓު އެވޯޑް ލިބުނީ ހީނާ ސަލީމަށް

05 މެއި 22:31

ދެން އޮންނާނީ އަލަށް ތައާރަފްކުރާ "ޒާހިރު ނަސީރު އެވޯޑް" ދިނުން.

05 މެއި 22:30

ރަން ބޫޓު ލިސްޓުގެ ދެ ވަނަ ދިޔައީ 15 ލަނޑު ޖެހި މާޒިޔާގެ މުހައްމަދު އުމެއިރު. އޭނާ އަށް ވަނީ 32 ޕޮއިންޓް ލިބިފަ. ތިން ވަނަ އަށް ދިޔައީ 17 ލަނޑު ޖެހި ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ). އޭނާ އަށް ވަނީ 28 ޕޮއިންޓް ލިބިފަ. އުމެއިރަށް ކުރި ލިބުނީ އޭއެފްސީ ކަޕްގައި މާޒިޔާ އަށް ޖަހައިދިން ލަނޑަށް ލިބުނު ޕޮއިންޓްތަކުން.

05 މެއި 22:28

ސެންޓޭ ވަނީ މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ނިއު އަށް 24 ލަނޑު ޖަހައިދީފަ. އޭނާ ރަން ބޫޓު ހާސިލްކުރީ 47 ޕޮއިންޓް ހޯދައިގެންނެވެ. ސެންޓޭ އަށް ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލާއިރު ގައުމީ ޓީމަށް ޖެހި ގޯލުތަކަށްވަނީ ނުވަ ޕޮއިންޓް ލިބިފަ. މާލޭ ލީގުގައި ޖެހި ހަތަރު ގޯލަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި ޖެހި 17 ލަނޑަށް ވަނީ 34 ޕޮއިންޓް ލިބިފަ.

05 މެއި 22:28

އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔަކަށް ދޭ ރަން ބޫޓު ލިބެނީ ނިއު ރޭޑިއަންޓްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށް.

05 މެއި 22:26

2017 ވަނަ އަހަރުގެ އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔަކީ ނާއިޒު ހަސަން (ދާދު)

05 މެއި 22:24

ދެން އޮތީ އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ދިނުން

05 މެއި 22:11

2017 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިން

05 މެއި 22:04

އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާ ފާތިމަތު ޖޫޒާން: މިދިޔަ ސީޒަނުގައި މިސްކިތްމަގު ހޯދި ކާމިޔާބީގެ އެންމެ ބޮޑު ދައުރެއް އަދާކުރި ކުޅުންތެރިޔަކީ އެ ޓީމުގެ ކެޕްޓަން އަދި ސެޓަރު ފާތިމަތު ޖޫޒާން. ޓީމުގެ ރޫހުގެ ގޮތުގައި ފެނިގެންދިޔަ ޖޫޒާން ވަނީ ލީޑަރެއްގެ ރޯލު ވަރަށް ރަނގަޅަށް އަދާކޮށްފައި. ވަރުގަދަ މެޗުތަކުގައި ޖޫޒާން ފެނިގެންދިޔައީ ޓީމުގެ ހިތްވަރުގެ ގޮތުގައި. އޭނާ ވަނީ ގައުމީ މުބާރާތުގެ ތަށި މިސްކިތްމަގުން ދިފާއުކުރިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި.

05 މެއި 21:58

ދެ ވަނަ ފިރިހެން ވޮލީ ކުޅުންތެރިޔަކީ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)

05 މެއި 21:58

އެންމެ މޮޅު ފިރިހެން ވޮލީ ކުޅުންތެރިޔަކީ އިސްމާއިލް ސާޖިދު : މިދިޔަ އަހަރު މާލޭގައި އޮތް އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ އަށް މެޗަކުން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ނަމަވެސް މުޅި ޓީމަށް ބަލާއިރު އެންމެ މޮޅު ކުޅުމެއް ދެއްކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ). އޭނާ ވަނީ މިދިޔަ އަހަރު މޯލްޑިވިއަން އިން އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފައި. ފަހަކަށް އައިސް ކުޑަކާއްޓޭ ފެނިފައިވަނީ ޓީމުގެ އެޓޭކާއި ޑިފެންސުގައި ވެސް ރަނގަޅަށް ކުޅޭ ކުޅުންތެރިޔެއްގެ ގޮތުގައި.

05 މެއި 21:57

2017 ވަނަ އަހަރުގެ 3 ވަނަ ފިރިހެން ވޮލީ ކުޅުންތެރިޔަކީ އަލީ ހުޒާމް

05 މެއި 21:57

2017 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިން

05 މެއި 21:55

އެންމެ އުންމީދީ ފިރިހެން ވޮލީ ބޯޅަ ކުޅުންތެރިޔަކީ މުހައްމަދު އިމްރާން ހަސަން

05 މެއި 21:54

ދެން އެވޯޑް ދޭނީ އެންމެ މޮޅު ފިރިހެން ވޮލ ކުޅުންތެރިންނަށް

05 މެއި 21:52

އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާ ޔޫޒަން ޒަރީރު، ދެ ވަނަ ކުޅުންތެރިޔަކީ ހައްވާ ރާޝިދާ

05 މެއި 21:51

2017 ވަނަ އަހަރުގެ އަންހެން 3 ވަނަ ވޮލީ ކުޅުންތެރިޔަކީ އައިމިނަރު އަރީޝާ

05 މެއި 21:51

.

05 މެއި 21:49

އެންމެ މޮޅު ފިރިހެން އިންޑިވިޖުއަލް އެތުލީޓަކީ ދުވުންތެރިޔާ ހަސަން ސާއިދު

05 މެއި 21:49

2017 ވަނަ އަހަރު އެންމެ އުންމީދީ އަންހެން ވޮލީކުޅުންތެރިޔަކަށް ހޮވުނީ އައިމިނަތު އަރީޝާ

05 މެއި 21:17
05 މެއި 21:16

މިހާރުގެ އެޑިޓަރު މޫސާ ލަތީފް ވާހަކަ ދައްކަވަނީ. އެވޯޑްގެ ތާރީހާއި އެކަމުގައި އެހީތެރިވާ ސްޕޮންސަރުންނަށް ޝުކުރު އަދާކުރެއްވި.

05 މެއި 21:14

މިހާރު އެވޯޑްސް ހަފުލާ ފެށުމުގެ ގޮތުން ޑިޓިއުން ބޭންޑުން ޕަފޯމްކުރަނީ

05 މެއި 21:11

އެވޯޑް ހަފުލާ ފެށީ ޑިޓިއުން ބޭންޑުގެ ލަވަޔަކުން.

05 މެއި 21:10
05 މެއި 21:04
05 މެއި 21:01

މިހާރު އެވޯޑްސް ހަފުލާ ފަށައިފި.

05 މެއި 20:48

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒްގެ ޓްވީޓެއް

05 މެއި 20:41

ރާއްޖޭގެ ފުޓްބޯޅަ ތަރި އަލީ އަޝްފާގް (ދަގަނޑޭ) މިހާރު އެވޯޑްސް ހަފުލާގައި އިންޓަވިއު ދެނީ

05 މެއި 20:41

މިރޭގެ ހަފުލާ ކުޑަ އިރުކޮޅެއްގެ ތެރޭ، ވީޓީވީން ދައްކަން ފަށާނެ

05 މެއި 20:34

މިރޭގެ ހަފުލާގައި، ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވޭ.

05 މެއި 20:31

އެވޯޑްސްގެ އެންމެ ހާއްސަ އިނާމަކީ ލައިފްޓައިމް އެޗީވްމަންޓް އިނާމު. މިއީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ބައްޕަ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ޝަރަފުގައި "ޒާހިރު ނަސީރު އެވޯޑް" ގެ ނަމުގައި ދޭ ޝަރަފްގެ އިނާމެއް.

05 މެއި 20:31

މިހާރު އެވޯޑްސް ހަފުލާގައި ބައިވެރިވާ، ރާއްޖޭގެ ބައެއް ކުޅިވަރު ތަރިން ފޮޓޯއަކަށް ހުއްޓިގެން

05 މެއި 20:31

އެތުލެޓިކްސް އާއި ފެތުމާއި ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން ހިމަނައިގެން އިންޑިވިޖުއަލް އެވޯޑްސް ވެސް ދޭނެ. މި ކެޓަގަރީ އަކީ ރާއްޖޭގައި އިންޑިވިޖުއަލް ކުޅިވަރުތަކަށް ދޭ ފުރަތަމަ އެވޯޑްތައް. މި ކެޓަގަރީގައި ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ އުއްމީދީ ކުޅުންތެރިޔާ ވެސް ހޮވާނެ. މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭން ހޯދި ކާމިޔާބީތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރާނެ.

05 މެއި 20:31

މިހާރު އެވޯޑްސް ހަފުލާގެ ކުރިން، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު އިންޓަވިއުއެއް ދެނީ

05 މެއި 20:30

މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ މި ހަފުލާގައި ދޭ މައިގަނޑު ދެ ކުޅިވަރަކީ ފުޓްބޯޅަ އާއި ވޮލީބޯޅަ. ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް އެވޯޑް ދޭނެ. އަދި ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ އުއްމީދީ ކުޅުންތެރިޔާ ހޮވާނެ.

05 މެއި 20:30

މިހާރު އެވޯޑްސް ހަފުލާގައި ބައިވެރިވުމަށް ޕެރަޑައިސް އައިލެންޑް ރިސޯޓަށް އައި ބައެއް މީހުން ރިސޯޓަށް ފައިބަނީ

ކުޅުންތެރިންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން "މިހާރު" ނޫހުން މިދިޔަ އަހަރު ތައާރަފްކުރި "މިހާރު އެވޯޑްސް" ގެ ފުރަތަމަ އެވޯޑް ހަފުލާ އަށް މަރުހަބާ.

9 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 2%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަވެސް

06 May 2018

ދިވެހި ކުޅިވަރު ގެ ތެރެ އިން ބާސްކެޓް ކީއްބާ މިކުރަނީ ،

The name is already taken The name is available. Register?

ސިންސް

06 May 2018

މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރަން ބޫޓު ސެންޓޭ އަށް ލިބުމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ޔޫއާރ ޑެޑިކޭޓެޑް ޔޫ ޔޫޒްޑް ދަ ޓައިމް އޭޒް ޗާންސެސް އާރ ޓޭކެން ނޮޓް ގިވެން. މަމެން އުއްމީދު ކުރަމޭ އަންނަ އަހަރު ރަންބޫޓް އެއް ކުޅުން ތެރިންނަށް ވުރެން ގިނަ ކުޅުން ތެރިން ގެންނާނެ ކަމަށް. ތެންކްސް ޓު ޔޫ ނައު އައި ގެޓް ވަޓް އައި ވޯންޓް. މިހިރީ މަމެންގެ ވެރިކަމުގައި ފެނިގެން ދާ އުފާވެރި މަންޒަރު ތަކަކީ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެނޭތޭ ސިންސް ތަމެން މިރާއްޖޭގެ ވެރިކަން ދޫކޮށްލުމުން ނައު އައި ގެޓް ވަޓް އައި ވޯންޓް. ސިންސް ޔޫ ހޭވް ބީ ގޯން ސިންސް ޔޫ ހޭވް ބީ ގޯން ސިންސް ޔޫ ހޭވް ބީ ގޯން..

The name is already taken The name is available. Register?

ފެނޭދޯދޯ

06 May 2018

ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ މަމެންގެ ވެރިކަމުގައި އެތްލީޓުން ގެންނަ ރަންބޫޓް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

The name is already taken The name is available. Register?

ދިސްވޭއޭ

06 May 2018

މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރަން ބޫޓު ސެންޓޭ އަށް ލިބުން އެއީ މަމެން އުފާ ކުރާ ކަމެކެވެ. ރާއްޖޭގައި އެތްލީޓުން ކުޅޭ ކުޅިވަރު ތައް އަމިއްލަ ފަރާތެއް ކަމަށްވާ މިހާރު ނޫހުން އެކަން ފާހަގަ ކޮށް ރާއްޖޭގެ ކުޅިވަރު ކުރިއެރުވަން ހިތްވަރު ދިނުމަށްޓަކައި މިހާރު އެވޯރޑް ނަމުގައި އެވޯރޑް އެއް އިންތިޒާމް ކޮށް އެކަން ކޮންމެ އަހަރަކު ކުރަމުން ދިއުން އެއީ އުފާ ކުރަން ޖެހޭނެ ކަމެއް. ހަމަ އެފަދައިން ކޮންމެ 2 އަހަރުން އެއް އަހަރު ނަމަވެސް ރާއްޖޭގެ އިގްތިސާދުގެ ބެކްބޯރން ކަމުގައިވާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވަން ބޭނުންވާ ދިވެހިން ތަމްރީން ކޮށްގެން އެމެންނަށް ރިސޯރޓްސް ތަކުން ވަޒީފާ ދީގެން ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކު ރިސޯރޓްސް ތަކުގެ ޑިޕާރޓްމެންޓްސް ތަކުގެ ހެޑުންނަށް ތިބޭ ރިސޯރޓްސް ތަކާއި ގެސްޓް ހައުސް ތައް ފާހަގަ ކޮށް އެފަރާތް ތަކަށް މިހާރު ނޫހުން އެވޯރޑް ދޭން އިސް ނަގައިފިނަމަ މަމެންނަށް ޔަގީން މިކަމަކީ ސަރުކާރުގެ ވެސް ތަރްހީބް އިންތިހާ އަށް ލިބޭނެ ކަމެކެވެ. ހޭލުންތެރި ކުރުވަން...

The name is already taken The name is available. Register?

ފަލަޑޭ

06 May 2018

އެންމެ މޮޅު ކޮމެންޓެއް ކުރިމީހަކަށްވެސް އެވޯޑް ދޭންވާނެދޯ

The name is already taken The name is available. Register?

އަލީ ނަސީރު

06 May 2018

އަދިވެސްތަ؟ އެހެން ކުއްޖަކައް ކުރިއެއް ނިލުބުނު؟

The name is already taken The name is available. Register?

ބޮންނަންބާ

05 May 2018

ކޮންމެކަމެއްކުރިއަސް ރަގަޅައްކޮއްފިޔާ އެކަމުގެ އަގުވަޒަންކުރަންވާނެ އެއީ ދެވޭވަރަށް ބޮޑުހިތްވަރެއް.

The name is already taken The name is available. Register?

ކުރެވޭތޭ

05 May 2018

ކުޅިވަރު ކުޅެގެން ދިވެހިރާއްޖެ ތަރައްގީ ވެ އަދި ކުޅިވަރު ކުޅޭ އެތްލީޓުންނަށް ރާއްޖޭން އެވޯރޑް ދީގެން ވޯލްޑް ކަޕް ތަށިގެންނަނަމަ އެވަރަށް އެކަން ލާރޖް ސްކޭލް ގައި ދަނީ ކުރެވެމުން. ސުވާލަކީ އެވަރަށް އެކަން ކުރޭތޯ އަދި ކުރެވޭތޯއެވެ.

The name is already taken The name is available. Register?

ޕެންޓެކޮސްޓް

05 May 2018

ކިހިނެެއްތޯ ވާނީ އެހެން ދާއިރާތަކަށްވެސް އެވޯޑް ދޭން. މިސާލަަކް ޓީޗަރުން، ނަރުހުން، ދަނޑުވެރިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454