ވާވޭ ސްމާޓްފޯނުތަކުގައި ބޭނުންކުރާ ކިރިން ޕްރޮސެސާ: މިއީ ވާވޭ އަމިއްލަ އަށް އުފައްދާ ޗިޕެއް
09 މެއި 2018 - 07:29
ސެމީކޮންޑަކްޓާ ސިނާއަތް ފުޅާކޮށް ބާރުގަދަކުރުމަށް ޗައިނާއިން 47.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފަންޑެއް ހުޅުވަނީ އެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، ސަރުކާރުން އިސްނަގައިގެން ވަނީ މަޝްވަރާތައް ފަށައިފަ އެވެ. އެ ގޮތުގައި، ޗިޕް ސިނާއަތުގައި ނަގާކިޔާ ކުންފުނިތަކާ އެއް މޭޒު ދޮށުން ބައްދަލުކޮށް ޚިޔާލު ހޯދަން ވަނީ ފަށައިފަ އެވެ.
އިގްތިސޯދީ ގޮތުން ދަތިކުރަން އެމެރިކާއިން އަޅާފާނެ ފިޔަވަޅަކަށް ޗައިނާ ހޭލާ އޮތްކަން މިކަމުން ދޭހަވެ އެވެ. ޗައިނާ ސަރުކާރުން އިސްނަގައިގެން މި ވަރުގެ ބިޔަ ފަންޑެއް ތަނަވަސްކުރަން މަސައްކަތް ފަށާފައި ވަނީ، އެ ގައުމުގެ ސްމާޓްފޯން އުފައްދާ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރަން ފަށާފައި ވާތީ އެވެ.
ޗައިނާގެ ވާވޭ ކުންފުނިން އުފައްދާ ސްމާޓްފޯނުތައް އެމެރިކާގައި ނުވިއްކޭނަހޭ ގޮތެއް، އެމެރިކާ ސަރުކާރު އިސްވެ އޮވެގެން ދަނީ ހަދަމުންނެވެ. އެމެރިކާގެ މޮބައިލް އޮޕަރޭޓަރުންނާ ގުޅިގެން ވާވޭ ފޯނުތައް އެމެރިކާގައި ވިއްކަން ކުރި ހުރިހާ ކަމެއް ފޭލިކޮށްލީ ސީދާ ސަރުކާރުން ސްޕޮންސާކޮށްގެންނެވެ. އަނެއްކޮޅުން މިހާރު ވަނީ އެމެރިކާގެ މަޝްހޫރު ރީޓެއިލް ފިހާރަތަކުގައި ވެސް ވާވޭ ފޯނު ނުވިއްކުމަށް އެދިފަ އެވެ.
ޒެޑްޓީއީ ކޯޕޮރޭޝަނަކީ ވެސް ޗައިނާ ކުންފުންޏެކެވެ. އީނާނަށް ދަތިކުރުމަށް އެމެރިކާ އަޅާފައިވާ ފިޔަވަޅާ ޚިލާފުވެ، ޒެޑްޓީއީ އިން ވަނީ އީރާނަށް މުދާ ވިއްކާފަ އެވެ. މި މައްސަލާގައި އެމެރިކާއިން ނިންމާފައި ވަނީ އެމެރިކާގައި އުފައްދާ ޗިޕްތައް އަދި ސެމީކޮންޑަކްޓާ ބައިތައް އެ ކުންފުންޏަށް ނުވިއްކުމަށެވެ. އެމެރިކާއިން މި ގަވައިދު ދަމަހައްޓައިފި ނަމަ ޒެޑްޓީއީ ސްމާޓްފޯނުތަކަށް ބޭނުންވާ ޗިޕްތައް ނުލިބޭނެ އެވެ. ސްމާޓްފޯންތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ކުއަލްކޮމް މޯޑެމްތައް އަދި ގުޅުން ހުރި އުފެއްދުންތައް ޒެޑްޓީއީ އަށް ނުލިބޭނެ އެވެ.
ވާވޭ އަކީ އެ ކުންފުނީގެ ސްމާޓްފޯނުތަކަށް ބޭނުންވާ މައިގަނޑު ޗިޕްތައް އަމިއްލަ އަށް އުފައްދާ ކުންފުންޏެކެވެ. އެހެން ނަމަވެސް، ވާވޭއިން ވެސް އީރާނަށް މުދާ ވިއްކި ކަމަށް އެމެރިކާ ދަނީ ބުނަމުންނެވެ. ޒެޑްޓީއީ އަށް އިއްވި ކަހަލަ ހުކުމެއް ވާވޭ އަށް އިއްވައިފި ނަމަ، އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރުން ވާވޭ އަށް ދަތިވާނެ އެވެ.
ސެމީކޮންޑަކްޓާ ސިނާއަތަށް އަމާޒުކޮށް އެމެރިކާއިން ޗައިނާ ކުންފުނިތަކަށް ދަތިކޮށްފާނެ ކަމަށް ވިސްނައި، އިންވެސްޓްމަންޓް ފަންޑެއް ހުޅުވަން އެ ގައުމުން ވަނީ ނިންމާފަ އެވެ.
ޗައިނާއިން ސެމީކޮންޑަކްޓާ ސިނާއަތް ބާރުގަދަކޮށް، ގައުމުން ބޭރު ކުންފުނިތަކަށް ބަރޯސާކުރުން ހުއްޓާލަފާނެތީ ދުނިޔެ މިހާރު ވަނީ ވަރަށް ބޮޑަށް ސަމާލުވެފަ އެވެ. އަދި އެމެރިކާ ކުންފުނިތަކުން ވެސް ސަރުކާރަށް ޕްރެޝަރުކޮށް ކުސްތަޅާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ޗައިނާ ސްމާޓްފޯން ކުންފުނިތަކަށް ބޭނުންވާހާ ޗިޕެއް އެ ގައުމުގައި އުފައްދަން ފަށައިފި ނަމަ ކުއަލްކޮމް ފަދަ ކުންފުނިތަކަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ. އެހެންވިޔަސް، ޗައިނާއިން މި ފަހަރު ދޫކުރާނެ ކަމަކަށް ނުބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ1
09 May 2018
ތިކަމާއި ހާސްވާކަށްނުޖެހޭ އެމެރިކާގެ އައިފޯން ވެސް ހަދަނީ ޗައިނާގެ ފެކްޓަރީއެއްގައި، ކިތަންމެ ވަރެއްކުރިއަސް ޗީޕްލޭބަރކޯސްޓް އަދި ފެސިލިޓީސް ދުނިޔޭގެ އެހެންގައުމަކުން އެމެރިކާއަށް ނުލިބޭނެ، ލިބުނަސް މިހާރުތިވިއްކާ އަގުތަކަށްވުރެ އެމެރިކާބުރޭންޑްތަކުގެ އަގުބޮޑުވާނެ، ތިދަތިކުރުމުގެ ފިޔަވަޅުތަކުގެ ފަހަތުގައި އެޕަލްގެ އަތެއްނުވެ ނުދާނެ، އެއީ ވާވޭއިން އެންމެފަހުން އުފެއްދި މޭޓް އަދި ޕީ20 ފޯންތަކަކީ އޭއައި ޗިޕާއިއެކު އައިފޯތަކާޗެލެންޖް ކުރެވޭފަދަ ފޯނުތަކެއް
ލިވްއިން
09 May 2018
ޗައިނާ އިން ސެމީކޮންޑަކްޓާ ސިނާއަތް ބާރުގަދަކުރަނީ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ޗައިނާ އިން ސެމީ ކޮންޑަކްޓަރގެ ސިނާއަތުގެ ބާރު ގަދަ ކުރާނަމަ އެއިން އަންގާ ދެނީ ކުރިއަށް އޮތް 20 އަހަރު ދުވަހު އެމެރިކާ ސާރޕާރސް ކޮށް ޗައިނާ އެމެރިކާގެ މައްޗަށް ޑިޖިޓަލް ވޯރލްޑް ގައި ކުރި ހޯދާނެ ކަމަށެވެ. ޖަޕާން ޑިޖިޓަލް ވޯލްޑް ގައި ކުރި ހޯދި ގޮތަށް ޗައިނާ ޖަޕާން އަށް ވުރެން ބޮޑަށް ޑިޖިޓަލް ވޯރލްޑް ގައި ކުރި ހޯދާނެ ކަަމަށް މަމެން މިދެކެނީ. ޗައިނާ އަށް ދުނިޔެ އެއީ ބެޓަރ ވޯލްޑް އަށް ހެދިދާނެއެވެ. ޗައިނާ މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް ދިސް އިޒް ދަ ވޯލްޑް ވީ ލިވް އިން...
ރުމާލުދޭތި
09 May 2018
ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް ދިސް އިޒް ދަ ވޯލްޑް ވީ ލިވް އިން...