ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ސޯހިލް (ކ) އާއި ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ޖުމްހޫރީ ޕާޓީ
09 މެއި 2018 - 13:10
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެ ޕާޓީން ނިންމައިފި އެވެ.
"ޖޭޕީ ހޭވައްލާ" ގެ ނަމުގައި ދެ މަސް ދުވަހަށް ކުރިއަށް ގެންދާ އެ ހަރަކާތް ފެށުމަށް ނިންމާފައި ވަނީ މާދަމާ ރޭ ޖުމްހޫރީ ޕާޓީގެ ޖަގަހަ، މ. ކުނޫޒްގައި ބާއްވާ ހަރަކާތެއްގަ އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އެކްޓިވިޓީސް ކޮމެޓީގެ ޗެއާ، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އެ ހަރަކާތުގެ އަމާޒަކީ ތަފާތު ސަބަބުތަކާ ހުރެ ޖުމްހޫރީ ޕާޓީގެ ދަފްތަރުން ވަކިވެފައިވާ މެމްބަރުންނާއި އިތުރު މެމްބަރުން އެ ޕާޓީ އަށް ވެއްދުން ކަމަށެވެ.
އަދި ސްކޫލް ނިންމާފައިވާ ޒުވާނުންނާއި ސިޔާސީ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ޖުމްހޫރީ ޕާޓީގެ ތެރެއިން ފުރުސަތު ދިނުމަކީ ވެސް އެ ހަރަކާތުގެ މަގްސަދެއް ކަމަށް މައުސޫމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި ހަރަކާތް މާދަމާ ރޭ ނުވައެއް ޖަހާއިރު ކުނޫޒްގައި ފަށާނެ. އެ ހަރަކާތުގެ ތެރެއިން ވަރަށް ހިތްހަމަޖެހޭ ޚަބަރުތައް ލިބިގެންދާނެ،" ކެލާ ދާއިރާގެ ކުރީގެ މެމްބަރު މައުސޫމް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން، ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދާ ހަވާލާ ދެއްވައި، އެ ޕާޓީގެ ތަރުޖަމާން އަލީ ސޯހިލް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. އަދި އެ ޕާޓީ ހިންގަމުން ގެންދަނީ ގާސިމްގެ ވިސްނުމާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅުނު ކުރީގެ ހޯމް މިނިސްޓަރު އަދި ގާސިމްގެ އެޑްވައިޒަރު އުމަރު ނަސީރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މައުސޫމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ކަމަށާއި އިތުރު މީހަކަށް އެ ޓިކެޓް ލިބޭނީ އަސާސީ ގަވައިދު އިސްލާހު ކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ވަރަށް އަވަހަށް ބޭއްވުމަށް ނިންމާފައިވާއިރު، އެ އިސްލާހު ގެނެސްފި ނަމަ އެ ޕާޓީގެ ޓިކެޓު ހޯދުމުގެ ފުރުސަތު އެހެން މެމްބަރުންނަށް އޮންނާނެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާތީ، ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ ކެންޑިޑޭޓް ވީހާ ވެސް އަވަހަށް ދެއްކުން މުހިންމު ކަމަށް މައުސޫމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދް
09 May 2018
ބަލަ ރައީސް ޔާމީން ވެރިކަމުން ބާލާފަ އެއްނޫންތަ މެންބަރު އިތުރު ކުރަން އުޅެން ވާނީ.ގުނބޯ ކޯލަިޝަން
ޝޮކްތެރަޕީ
09 May 2018
ކޮންއިތުރެ ދެންވާނީ މަދު.
ޢޮޑިޓަރު
09 May 2018
ޖޭޕީ ގައި އަޅުގަނޑު ރަޖިސްޓީ ވެފައި ވަނީ އަޅުގަނޑަ ނޭގި، މިއީ ވަރަށް ވާހަކަ..ތިހެން މީހުން އިތުރުކޮށްގެން ފާޙާނަ ކުރަން ދޭ!
ޚިޔާލް123
09 May 2018
ޖުމްހޫރީ ޕާޓީ ގެ ސްޓޭންޑް ވަރަށް ސާފެވެ، އަދި ތިޔަޕާޓީއަކީ މިހައިތަނަށް ރާއްޖޭގައި ސިޔާސީ ގޮތުންނާއި ހޭވި ހުރިހައި ހަޑިއެއްހޭވުމަށް ފުރުސަތު ދިނުމުގެ ގޮތުން ގާސިމް ހަދައިގެން އުޅޭޕާޓީއެކެވެ. ޕާޓީ އަބަދުވެސް އިންތިހައިބުގެ ގަނޑިޖެހޭއިރަށް ފޮޅެންފަށައިނެއެވެ. އިންތިހައިބުގައި އެންމެފަހުވަގުުތު އޮޑިދީލައިލާނީ ކޮޔޮޅަށް އެންމެފައިދާބޮޑުގޮތަށެވެ. މިފަހަރުވެސް ހަމަވާނީ މިހެންނެވެ. އިތިބާރު ވަނީ ގެއްލިފައެވެ. ދެންހޯދޭނެ އިޚްލާސްތެރި ޥޯޓެއްވެސް އަދި ފުރޭނެ ފޯމްއެއްވެސް ނޯންނާއެވެ، ތިޔަފުރާފޯމް ފުރަންޖެހެނީ ސޮއިކުރާ މީހައި ބުނާއެއްޗެއްދީގެންނެވެ. އެކަމަކުވޯޓެއް ހަމަހިލައި ނުދޭނެއެވެ.
ރިއްޕޭ
09 May 2018
ސާބަސް ޖޭޮޕީ. މަގޭ ވޯޓު ގާސިމަށް
މަހަށްދޭދޭ
09 May 2018
މަހަށް ދޭބަލަ..
ބްރޯ
09 May 2018
ކޭޝް ކޮޅަކަށް ފޯމުގައި ސޮއި ޖަހާލަދީފާނަން. އެކަމަކު ވޯޓަކީ ސިއްރު އެއްޗެއް. #އައިނީޑްސަމްކޭޝް #އައިއެމްބްރޯކް
ކަށިނެއް ބުރުމާ
09 May 2018
މޮޔަނުވެބަލަ ތީ ބަގާވާތުގެ ހާލި މިހާރު މިތިބަ ހާލައް ވައްޓާލީ ތިޔަމޮޔަ ވިސްނުން ގެންގުޅޭތީ ~ ފާހާނާ ސާފްނުކުރެވޭ މީހަކައް ވެވޭނީ ކޮންކަމެއް ؟ ޖަވާބު ކުރެވޭ ނެހާކަމަކީވެސް (ބައްކައްކާ) ކުޅުން