ލަންޑަންގެ ބަސް ސްޓޮޕެއްގައި މެކް ޑޮނަލްޑް އިޝްތިހާރުކޮށްފައި.
13 މެއި 2018 - 07:00
ފުރާވަރުގެ ކުދިން އެކަށީގެންވާ ވަރަށް ވުރެ ފަލަވުމުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި، ލަންޑަނުގެ އާންމު ދަތުރުފަތުރު ނިޒާމުގެ ތެރޭގައި ޖަންކްފުޑް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުން މަނާކުރަން ނިންމައިފި އެވެ.
މިކަމަކީ ލަންޑަންގެ މޭޔަރު ސާދިގް ހާން މިދިޔަ އަހަރު އިއުލާން ކުރި ލަންޑަން ފުޑް ސްޓްރެޓެޖީގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
ސާދިގް ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ލަންޑަންގެ އާންމު ދަތުރުފަތުރު ނިޒާމުގެ ތެރޭގައި ޖަންކްފުޑް އިޝްތިހާރު ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ވަރަށް އަވަހަށް ރަސްމީކޮށް ނިންމާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ނިންމުމަކީ ފުރާވަރު ކުދިންނާއި ޒުވާނުންގެ ސިއްހަތަށްޓަކައި ނިންމާ ނިންމުމެކެވެ. އަދި މިކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.
"މި ނިންމުމުން މިހާރު އަހަރެމެން މިހާރު ނުނިންމައިފި އާބާދީގެ ވަރަށް ބޮޑު ޕަސެންޓޭކަށް ސިއްހީ ގިނަ މައްސަލަތަކަކާ ކުރިމަތި ލާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ. "މިއީ ފަސޭހަ ނިންމުމަކަށް ނުވިޔަސް، މިކަހަލަ ފިޔަވަޅުތަކެއް އަޅަން މިހާރު މަޖުބޫރުވާ ހާލަތުގައި އޮތީ. ސަރުކާރުން ބޭނުންވޭ އާންމުންގެ ސިއްހަތަށް ގެއްލުން ހުރި ކަންކަމާ ދެކޮޅަށް މަސައްކަތް ކުރަން."
ލަންޑަންގެ މޭޔަރު ސާދިގް ހާން: އިނގިރޭސިން ފަލަވުމާ ދެކޮޅަށް އަންނަނީ މަސައްކަތް ކުރަމުން.
ތަފާސް ހިސާބުތައް ދައްކާ ގޮތުން 8.788 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީ އޮތް ލަންޑަނުގެ އުމުރުން 10-11 އަހަރާ ދެމެދު ކުދިންގެ 40 ޕަސަންޓަކީ އާދަޔާހިލާފަށް ފަލަ ކުދިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލަންޑަނުގެ ނިންމުމާ ގުޅިގެން އިނގިރޭސިވިލާތުގައި މަގުބޫލު މެކްޑޮނަލްޑް ފަދަ ބްރޭންޑްތަކުގެ ވިޔަފާރި އަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ.
ފަލަވުމާ ދެކޮޅަށް އިނގިރޭސިވިލާތުގައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދާދި ފަހުން ވަނީ ހަކުރު މިންވަރު މަތީ މިންވަރަކަށް އެކުލެވޭ ބުއިންތަކުން ޓެކްސް ނަގަން ވެސް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެ
13 May 2018
ރާއްޖެ ހައްދު ޖަންކް ފުޑް ކެއުމުގައި ހައްދު ފަހަނަ އަޅާފައެވެ.
ދަވޭއޭ
13 May 2018
ލަންޑަންގެ އާންމު ދަތުރުފަތުރު ނިޒާމުގައި ޖަންކް ފުޑް އިޝްތިހާރު ކުރުން މަނާކުރަނީ ނަމަ އެއީ މަމެން ހިތާމަ ކުރާ ކަމެކެވެ. ޖަންކް ފުޑްސް އަކީ ސީދާ ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ކަމަށް ދިރާސާ ތަކުން އަދި އެއް ނުދައްކާ އޮރިޖިނަލް ފްރެންޗައިޒް އެއް ކަމަށްވާ މެކްޑޮނަލްޑް އަދި އޮރިޖިނަލް ކޭއެފްސީ އަދި އޮރިޖިނަލް މޮސްބާރގަރ ފަދަ ކާއެއްޗެހިން. އެއްގޮތަކަށް ވެސް އަދި އެއް ޕްރޫވް އެއް ނުވެއެވެ. 30 ހާސް ބާރގަރ ކައިފައި ހުރި މީހެއްގެ ސިއްހަތު ރަނގަޅު ކަމަށް ދެއްކުން އެއީ މީގެ އަލިގަދަ ދަލީލު ތަކޭ ކާބޯތަކެތީގައި ނުހުންނާނެއޭ ރަނގަޅަށް އެރެސިޕީ ތައްޔާރު ކޮށްފިނަމަ ހަށިގަނޑަށް ގެއްލުންވާނެ ކާއެެއްޗެއް އީވެން ޗައިނީސް ފުޑްސް އަދި ޖަޕަނީސް ފުޑްސް އެއީ ވެސް ވަރަށް މީރު ކެއުމެކޭ. އަނެއްކޮޅު އިންޑިއަން ފުޑްސް ވެސް ހަމަ މީރޭ އެންމެ ފަހުން ދިވެހި ކެއުން ކަމުގައިވާ ތެލުލި ބަނބުކެޔޮ އަދި އަލަ ކައްޓަލަ ރިހާކުރު ފަދަ ތަކެއްޗަކީ ވެސް ހަށިގަނޑަށް ފައިދާ ހުރި މޮޅެތި ކާނާ އޭ އަލަ އެއީ ފުލް އޮފް ޕްރޮޓިން އޭ..
ޅޮގރޙޭ
13 May 2018
އަނގާ ކޯޑިނޭޓަރު ޑައެޓިޝަނަކަށްވީތަ؟
މަސްލަހަތު
13 May 2018
ކޮންތާކުން ކޮން އެއްޗެއް ދަސްވެފަ ހުރި މީހެއްބާ