ކުރީގެ ޕީޖީ މުހުތާޒު ކުރިމިނަލް ކޯޓުން ނެރެގެން ގެންދަނީ- -- މިހާރު ފޮޓޯ
14 މެއި 2018 - 14:30
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން އޭޑީކޭ ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށްފި އެވެ.
މުހުތާޒުގެ ގާނޫނީ ވަކީލަކު ވިދާޅުވީ މުހުތާޒު އެޑްމިޓްކުރީ މައިބަދައިގެ މައްސަލައަކަށް ފަރުވާ ހޯދުމަށްޓަކައި އިންޖެކްޝަނެއް ޖަހަން ކަމަށެވެ. މިއީ އެ އިންޖެކްޝަން ޖަހާ ތިން ވަނަ ފަހަރެވެ.
މިފަހަރު ހޮސްޕިޓަލުގައި 10 ވަރަކަށް ދުވަހު މުހުތާޒު އޮންނަވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައިބަދައިގެ މައްސަލަ ފިޔަވާ ސިއްހީ އެހެން މައްސަލައެއް މުހުތާޒުގެ ނެތެވެ.
މުހުތާޒު ހައްޔަރު ކުރުމުގެ ކުރިން ވެސް އޭނާގެ މައިބަދައިގެ މައްސަލަތަކެއް އުޅޭ ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
މުހުތާޒުގެ މައްޗަށް ޖޫން 2016 ގައި، 17 އަހަރުގެ ޖަލުހުކުމެއް ކުރީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެއްދެވި މައްސަލާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަންޑިމޭން
15 May 2018
އުމަރު ނަޞީރުގެ ދުވަސްވަރު މުހްތާޒް ޖަލަށްލީތޯ އެބަޖެހޭ ބަލަން.
އިސްތަފާ
15 May 2018
މިރުސް ކާންވާނީ ކުޅިވާނެކަން އެނގިހުރެއެވެ.
އައްސޭރި
14 May 2018
ކީކޭ ދޯ ބުނާނީ ވިސްނާފި ބަޔަކަށް އިބްރަތެއް ނޫނީ ނުވާނެ، މިއަދު މިވަނީ އަންނިޔަށް ކުރި ޖެއްސުން ތަކާފުރަށްސާރަތަކުން އަމިއްލައައް ބޮޑިބޮއިފަ، މިއަދު ތިވާހަކަތަށް އަޑުއަހާނޭ ބަޔަކު ނެތް، ވަރަށް ވެދުން
ވަކީލުން ބިން އަލިފާން
14 May 2018
ކީކޭ ބުނާނީ މިމީހުން ހިޔެއް ނުކުރޭ ހިތި ދުވަސްތަކެއް އައިސް ދާނެއެކޭ، ގައުމުގެ މަސްލަހަށް، ދިވެހި ރައްޔިތުންގެ މަސްލަހަތަށް މިމީހުން މަސައްކަތް ކުރިތޯ؟ ތަންދޮރު އޮޅުން ފިލާފައި ތިބި ބަޔަކަށް ޖާވާބު އިގޭނެ
އަބްދުﷲ ޖަލީލު
14 May 2018
މުހުތާޒުވެސް ހިޔެއް ނުކުރޭ މިދުވަސް އަންނާނެ ކަމަކަށް. ވެރިމީހާ އެންގިގޮތަށް ކަންތައްކުރަމުން ދިޔައީ ވަރަށް އަނިޔާވެރިކޮށް. މިހާރު ކޮންތާކު މިޖެހުނީ.