އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މީޑިއާއާ ވާހަކަ ދައްކަވަނީ.---ފައިލް ފޮޓޯ: މިހާރު
15 މެއި 2018 - 20:17
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ގިނަ މުވައްޒަފުންތަކެއް ވަކިކުރަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގު ކޮށްފި އެވެ.
އެ މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، އެއާޕޯޓުގައި ތަރައްގީގެ ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ މިފަދަ ދަނޑިވަޅެއްގައި މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި ޖެހެނީ އިތުރު ކުރަން ކަމަށެވެ.
އެގޮތުން، ވަކި މުއްދަތަކަށް ތަފާތު ޕްރޮޖެކްޓުތަކަށް ހަމަޖެއްސި ވަގުތީ މުވައްޒަފުން ވެސް އެ މުއްދަތު ހަމަވުމުން، ދާއިމީ މުވައްޒަފުންނަށް ބަދަލު ކުރަމުން އަންނަ ކަމަށް އާދިލް ވިދާޅުވި އެވެ.
"އޮފީހަށް ނުނިކުމެ، މަސައްކަތް ނުކުރާ މުވައްޒަފަކު ވަކިކޮށްފާނެ. އެ ކަހަލަ މައްސަލައެއްގައި ކުންފުނީގެ ޕޮލިސީއަކާ ޚިލާފު ވެގެން ނޫނީ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވައްކެއް ނުކުރާނެ. އަދި ވަކި ކުރަން ހަމަޖެހިފައެއް ވެސް ނެތް،" އެމްއޭސީއެލް އިން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކި ކުރަން އުޅޭ ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގު ކުރައްވަމުން އާދިލް ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހިންގާ ބޮޑެތި މަޝްރޫއުތައް ނިމުމުން، އެތަނުގެ އޮޕަރޭޝަންތައް މިހާރަށް ވުރެ ބޮޑަށް އިތުރުވެގެން ދާނެ އެވެ. އަދި އޮޕަރޭޝަންތައް އިތުރުވާއިރު، އެމްއޭސީއެލް އަށް އިތުރު މުވައްޒަފުން ބޭނުންވާނެ ކަމަށާއި މި އަހަރުގެ ތެރޭގައި އިތުރު މީހުންނަށް ވަޒީފާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްއޭސީއެލްގައި، ގާތްގަނޑަކަށް 2،600 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމް ވަން
17 May 2018
ޑެއްޓައަށް އުފާވެރިކަން ?
ކޭ އެސް އޭ
16 May 2018
ދެން ދޮގުނުހަދާ އާދިލް ނޯޓިސްވެސް ދީފީ ރޯދަ ނިންމާފަ ވަކިކުރާނެ އެދުވަހުން ބުނާނީ ކީކޭ
ޝޮކްތެރަޕީ
16 May 2018
ދޮގުހަބަރު ފަތުރަނީ އެމްޑިޕީ މީހުން.
އަލީރިފާ
17 May 2018
ބުރޯ ، އެނގިގެން ވާހަކަ ދައްކާ! ކަނޑާލާ އެންމެން އަތުގައި ތި އާދިލް ސޮއި ކޮށްފައި އޮތްލިޔުން އޮންނާނެ. 14 ޖޫންއެ ސްޓާފުންގެ ފަހު ދުވަސް.
މަރީ
16 May 2018
ކަޑާލާ މީހުން ތިބީ އެއްމަސް ދުވަހުގެ އެގުރިމެންޓެއްގަ ސޮއި ކޮށްގެން.
ބަކާއަށް ހެޔޮއެދޭ
15 May 2018
ބަކާ އަށް ލިބުނު ވަރަށް ހެޔޮ ޙަބަރެއް..