މި އަހަރުގެ ރޯދަ މަހުގެ ރޭ ތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާގައި، މެންކް މިރޭ ވާހަކަ ދައްކަވަނީ: އޭނާ ވާހަކަ ދެއްކެވީ ގުރުއާން ކިޔެވުމުގެ މުހިންމު ކަމާ ބެހޭ ގޮތުން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
18 މެއި 2018 - 01:06
ގުރުއާނަކީ ބަލިތަކަށް ޝިފާއަކެއް ކަމަށާއި އެ ފޮތް ކިޔެވުމުގެ ސަބަބުން ހިތްތަކަށް އުފާވެރިކަން ލިބޭނެ ކަމަށް ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް މިރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންކް ވިދާޅުވީ، ވަކި ކަމެއް ދިމާވުމުން ވަކި އާޔަތެއް ކިޔުމަށް ބައެއް ދީނީ އިލްމުވެރިން ވިދާޅުވާ ކަމަށެވެ. ނަމަވެސް، ގުރުއާން ފެށިގެން ނިމެންދެން އެ ފޮތް ކިޔުމަށް އަބަދު ވެސް މީހުންނަށް ނަސޭހަތްތެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ބަލިތަކަކީ އަޅުގަނޑަށް ވެސް ހަށިގަނޑުގެ ތެރޭގައި ހުންނަ ކަން ނޭނގޭ ބަލިތައް. އަދި ބައެއް އާޔަތްތައް ގުރުއާނުގައި ސީދާ ބަޔާން ކުރައްވާފައިވާ ހިސާބެއް ނޭނގޭ. ނަމަވެސް އެނގޭ ކަމަކީ އެ ގުރުއާނުގައި، އެކަން ލިޔެވިފައި އިންނަކަން،" އިސްލާމީ މަރުކަޒުގައި ބޭއްވި ހަފުލާގައި މުފްތީ ވިދާޅުވި އެވެ.
"ގުރުއާނުގެ އާޔަތެއް ކިޔާލާ. ދިރިއުޅުން ބަދަލު ވެގެންދާނެ. މާތްﷲ ގަންދީ ހުވާކޮށްފައި ބުނަން ދިރިއުޅުން ބަދަލުވެގެން ދާނެކަން. ގުރުއާނަށް ކަމޭހިތައި އެ އަށް އިހުތިރާމް ކުރާ ކަމުގައި ވާ ނަމަ މާތްﷲ ތި އަޅާ އަށް ހެޔޮ ރަހުމަތްލައްވާނެ."
މި އަހަރުގެ ރޯދަ މަހުގެ ރޭ ތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާގައި، ރައީސް ޔާމީނާއި މެންކް މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އޭނާ ވިދާޅުވި ގޮތުގައި، އެ މީހެއްގެ ގާބިލްކަން ހުރި ވަރަކުން އެއް އާޔަތަށް ވުރެ ގިނައިން ކިޔެވޭނެ އެވެ. ނަމަވެސް، އެ އަށް ވުރެ މަދުކުރުމަށް އެއްވެސް މީހަކަށް އުޒުރެއް ނުދެއްކޭނެ ކަމަށް މެންކް ވިދާޅުވި އެވެ.
ގުރުއާނުގެ އާޔަތްތަކަކީ، ދުނިޔޭގެ އެންމެ އަގު ބޮޑު ޖަވާހިރަށް ވުރެ ވެސް އަގު ހުންނަ އެއްޗެއް ކަމަށާއި އެ އާޔަތްތައް ދަސްކޮށްފި ނަމަ މާތްﷲ ގެ ރައްކާތެރިކަން ލިބޭނެ ކަމަށް މެންކް ވިދާޅުވި އެވެ.
މި އަހަރުގެ ރޯދަ މަހުގެ ރޭ ތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާގައި، މެންކް މިރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އޭނާގެ ދަރުސް މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ގުރުއާނާއި އެ ފޮތް ކިޔުމުން ލިބޭ ހިތްހަމަޖެހުމުގެ މައްޗަށެވެ. އެގޮތުން، ދިރިއުޅުމުގައި ކާމިޔާބީތައް ލިބިގެން އަންނާނެ ކަމަށާއި ދިރިއުޅުން އުފާވެރިވެ ބާޖަވެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މެންކް ވިދާޅުވި ގޮތުގައި، ގުރުއާން އަޑުއަހައިގެން ހިތަށް ހިތްހަމަޖެހުން ލިބޭނެ އެވެ. އަދި އެއީ ތަޖުރިބާ ކުރެވިފައިވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
މިރޭގެ އިހްޔާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ފުރަތަމަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން ވެސް އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްތޯފް
10 September 2018
ލަވަ ކިޔުމަކީވެސް މީހުން އުފާވާ ކަމެއް ކަމައް ސައިންޓިފިކް ޖަރނަލް ގަ ޕްރޫވް ކުރޭ.
ދއނ
29 May 2018
ވަރަށް ރަގަޅު ވާހަކަ ފުޅެއް. ދީނީ ދަރުސްތަށް ގިނަ ގިނައިން ބޭވާން ވަރަށް ރަގަޅު ވާނެ މި މާތް މަސްރުގަ.
ހާމަ ކުރަން ބޭނުން ނުވޭ
18 May 2018
އެންމެ ފުރަތަމަ ކޮމެންޓު ކުރައްވާ ބޭފުޅުންނަށް އެގިއްވާތޯ ދީނީ ޢިލްމުވެރިންނާ ދިމާލަށް ތިގޮތަށް އެއްޗެހި ކިޔާ މަލާމާތް ކުރުމަކީ ކިހާވަރެއްގެ ކަމެއް ކަން. ކީއްތަ ވާނީ މިއޮތް މާތްމަހުގަ ޚަބަރު ކިޔާފަ ކަމުނުދަންޏާ ކޮމެންޓު ނުކޮށް ދޫރައްކާތެރި ކޮށްލައިގެން ހުރިޔާ މިގޮތް ތިބޭފުޅުންނަށް ވަރަށް ފައިދާ ކުރާނެ .
ފަލަޑޭ
19 May 2018
ކޮމެންޓް ކުރަނީ ދުލަކުންނޫން، އިނގިލިން
ދޫނި
18 May 2018
މާލޭން ބިމެއް ދީފަ އެބިމްގަ 10 ބުރީ ގެ އެއް އަޅާދިން މީ ނުދަށް މީހަކު ދީނޭ ކިޔާގެން ތި މަޖިލިހުގައި އިދެގެން ވާހަކަ ދައްކާކަށް ލަދު ނުގަނޭބާއޭ ހިތަށް އަރާ..
ގެދާނޯމޮސް
18 May 2018
ކީރިތި ޤުރުޢާން ގިނަގިނައިން ކިޔަވާނަމަ އެމީހެއްގެ " އައިކިއު" މަތިވެގެން ދާނެއެވެ. ނަމަވެސް އެކަން ހާސިލް ވުމަށް މަޑުމައިތިރި ކަމާއެކު ނަމާދުތައް އަދާކުރަން ޖެހެއެވެ.
ޝާއްނާ
18 May 2018
މުފްތީ މެންކްއަކީ އަޅުގަނޑު ކުރީން ވަރަށް އިހްތިރާމްކުރާ ގަދަރު ކުރާބޭފުޅެށް ، ނަމަވެސް ރެއައްފަހު އެކަންތަށް އޮޓޯއިން ފިލައިގެން ހިނގައްޖެ . އެއީ ރާއްޖޭގެ ތާރީޙްދުއް އެންމެ ބޮޑެތި ވައްކަންތަށް ހިނގާ އެކަން ހިމާޔަތްކުރާ ބަޔަކާއިއެކު އެމީހުން ޕްރޮމޯޓްކުރުމަށް މަސައްކަތްކުރީމައި ، ވީމާ ހަގީގަތުގައި މުފްތީމެންކް އަކީ ފޭކެއް ، އަސްލުމީހެއްނޫން ، ދީނީ ތާކިހާއަޅައިގެން އުޅޭ ހަމަ ފޭކެއް ،
މުހަނު
18 May 2018
ރަނގަލު
އަބޫ ކެޓް
18 May 2018
އާޔަތްތަކުގައި ވާއެއްޗެއްގެ މާނަނޭންގޭ ބަޔެއްކަން މިތާއުޅެނީ އެނާޔަށް ނޭންގެނީބާ؟ ކިތަންމެ ރީތީ އަރަބި އެކްސެންޓަކުން ކިޔެވިޔަސް ލިޔެފައިވާ އެއްޗެއްގެ މާނައެއްނޭންގެ. ބާރުއަޅަނީވިސް ވާނުވާނޭންގި ރީތިރާގައް ކިޔަވާލަ ކިޔަވާލަ ތިބެން. ދެން އަރަބިން ނާއި ޝޭހުން ބުނާގޮތަކަށް އަހަރުމެން އުޅެންވީ.
ތުނިޔަ
18 May 2018
މާނަ ދަސްކުރުމުގެ އިޚްތިޔާރު ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންވޭ!
ބޭބެ
18 May 2018
1000 % ތެދު ވާހަކަ ފުޅެއް!! ގުރުއާން ކިޔެވުމުން ލިބޭ ފައިދާތައް އަޅުގަނޑު މެން އިންސާނުންނަކަށް ތަސައްވަރެއްވެސް ނުކުރެވޭނެ!!! އެހާފައިދާ ބޮޑުކަމެއް ގުރުއާން ކިޔެވުމަކީ!!
ޔަމަނޭ
18 May 2018
ޤައުމުގައި ތިއްބެވި ގިނަ ދީނީ އިލްމުވެރިން ވަނީ އެކަހަރިކޮށްފައި.