ޚަބަރު / މަރުގެ އަދަބު

މަރުގެ އަދަބު ފަސްކުރަން ކުރި އަމުރާއި އެ މައްސަލަ ވެސް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ހުމާމަށް ހުކުމް ކުރި ރޭ އޭނާގެ އާއިލާގެ ބައެއް މީހުން ސުޕްރީމް ކޯޓުގެ ބޭރުގައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަން ހައި ކޯޓުން ނެރުނު އަމުރު ބާތިލްކޮށް އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޭ އަމުރުކޮށްފި އެވެ.

ދެ މީހަކަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވައި ހުކުމް ތަންފީޒު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހައި ކޯޓުން އިއްޔެ ހަވީރު އެ އަމުރު ނެރުނީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދުގެ ބައެއް މާއްދާތައް ބާތިލްކުރަން އަމިއްލަ ޖަމްއިއްޔާއަކުން ހުށަހެޅި މައްސަލައިގަ އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) ގެ ފަރާތުން ހުށަހެޅި އެ މައްސަލައިގައި ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ނިމެންދެން އެ ގަވާއިދުގެ ދަށުން މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަންޖެހޭނެ ކަމަށް އެ މައްސަލަ ބަލާ ފަނޑިޔާރުންނަށް އެއްބަސްވެވޭ ކަމަށެވެ.

އެހެން ނަމަވެސް، އެ އަމުރު ބާތިލްކޮށް ރޭ ދަންވަރު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނި ގޮތުގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަދަބު ދޭ ގޮތަށް ސުޕްރީމް ކޯޓުން ވަނީ ދެ ހުކުމެއް ކޮށްފަ އެވެ. ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެހެންވެ ހައި ކޯޓުން ކުރި އަމުރަކީ "އޭގެ ޒާތުގައި ވެސް ބާތިލް، އަދި ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެއް ކަމަށް" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ދުސްތޫރީ ހައިސިއްޔަތާ މެދު އެއްވެސް ކޯޓެއްގައި ގާނޫނީ ގޮތުން ގޮންޖެހޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އެހެންވެ، އެ ގަވާއިދާ މެދު ޗެލެންޖުކޮށް، އެ މައްސަލަ ހައި ކޯޓަށް ބަލައިގަނެ، އެ ގަވާއިދުގެ ބައެއް ތަންފީޒު ކުރުން ހުއްޓުވި ހުއްޓުވުމަކީ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

"... ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުގެ މައްޗަށް ރިއާޔަތްކޮށް، ހައި ކޯޓުގެ 2016/HC-DM/01 ގަޒިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް، އެކަން ހައި ކޯޓަށާއި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރާ އެކު ހައި ކޯޓުން ބަލަމުން ގެންދިޔަ މައްސަލަ ހުއްޓޭނެ އެވެ. ދެން އެ މައްސަލަ ނުވަތަ އެއާ ގުޅުން ހުރި މައްސަލައެއް ވެސް އެ ކޯޓަކަށް ނުބެލޭނެ އެވެ.

ސުޕްރީމް ކޯޓުން ހައި ކޯޓުގެ ނިންމުން ބާތިލްކޮށްފައި މި ވަނީ އެފަދަ އަމުރެއް ނެރެން ނުޖެހޭނެ ކަމަށް ބުނެ، ގަވާއިދުގެ ދިފާއުގައި ދައުލަތުން އިއްޔެ ހައި ކޯޓުގައި ވަކާލާތުކޮށްފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމާއި ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ މައްޗަށެވެ. އޭގެ ތެރެއިން ހުމާމް މެރުން ފަސްކުރަން އދ. އިން ވަނީ އަންގާފަ އެވެ.

46 ކޮމެންޓް, 187 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 3%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމަނަ

25 July 2016

ރަލާ އޫރުމަސް ވިއްކައިގެން ލިބޭފައިސާ ހުއްދަވޭތަ ؟

The name is already taken The name is available. Register?

ޢަހަރެން

25 July 2016

ކޮބާ ފަރިޔާޝު؟؟ ކުއް ސާބިތުވާ މީހެއް. ބޮޑު ކުއްވެރިއެއް. ކޮން ގާނޫނެއްގެ ދަށުން ކާކު ބުނެގެން ދޫކުރީ؟؟؟؟ ޝިހާބު މެރު މުގައި އަމަލީ ގޮތުން ބައިވެރިވިކަން ސާބިތުވި. ފެނުނު މީހުން އެބަތިބި.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

25 July 2016

ހުމާމުއާ މުއްރަތު، ޚާއްސަކޮށް ހުމާމު މަރާނުލެވިގެން ދައުލަތުން ނޭވާހޮޅިއަށް އެޅިގެން އުޅޭހެން މިއުޅެނީ ކިހިނެއް ވެގެންބާ! މިމީހުންގެ ކުރިން މީހުންމަރާ ފަ ތިބި މީހުން މިހާރުވެސް ޖަލުގަ ތިބޭތާ އެތައް އަހަރެއް، އެކަމަކުވެސް އެހެން ހުރިހާ ކަމެއް ބަހައްޓާފަ ހުމާމު މަރާލަން ފޫގަޅައިގެން އުޅޭތީ ޝައްކުގެ ނަޒަރަކުން ބެލުމުގެ ފުރުސަތު އެބައޮތް.

The name is already taken The name is available. Register?

ފދެސ

25 July 2016

https://mihaaru.com/opinion/3423 މިލިޔުމަށް ދީނީނަޒަރަކުން ރައްދެއްދެވޭނެ ކަމަކަށް ގަބޫލެއްނުކުރަމެވެ.

The name is already taken The name is available. Register?

ހަސަދު

25 July 2016

މެރޭކަށްނެތް. މެރުމާ ބެހޭ އެންމެ ބޮޑުމީހާ ހުރީ މިހާރު އިސްތިއުފާދީފަ.

The name is already taken The name is available. Register?

ދދ

25 July 2016

އިސްލާމީ aރީއަތުގެ ރަތްކާތެރި ކަމަކީ ހަމަ އެކަނި މުސްލިމުންނަށް އޮތް އެއްޗެއްނޫން އެއީ ހުރިހާ މަޙުލޫޤުންނަށްވެސް އޮތް އެއްޗެއް!

The name is already taken The name is available. Register?

އުމަރު

25 July 2016

ސްޕްރީމް ކޯޓް ދަންވަރު ހުޅުވީ ކާކު އަންގައިގެންތޯ؟ ސްޕްރީމް ކޯޓަކީ މިހާރު ވަކި މީހަކު އެންގީމާ ދަންވަރެއް ފަތިހެއް މެންދުރެއްކަމަށް ބަލާ ކޯޓެއްނޫން، ސްޕްރިއަމް ކޯޓުން މަރަށް އެންގިޔަސް ދިވެހި ސަރުކާރަކުން ހުމާމު މަަރަން ނުކުރެވޭނެ، އަދި ތިޔަހެން ތިޔަ މައްސަލަ ތަޅުވާލަ ތަޅުވާލައިތިބޭ

The name is already taken The name is available. Register?

ވީނަސް

25 July 2016

ޤިޞާސްގެ ވާހަކަ ބަޔާން ކުރައްވައި ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ. ( وَلَكُمْ فِي الْقِصَاصِ حَيَاةٌ يَآ اُوْلِي الأَلْبَابِ لَعَلَّكُمْ تَتَّقُونَ) البقرة 179 މާނައީ" އަދި މަރަށް މަރުހިފުމުގައި ތިޔަބައިމީހުންނަށް ދިރުމެއްވެއެވެ. އޭ ބުއްދިވެރީންނޭވެ! އެކަން އެގޮތަށް ހަމަޖައްސަވައިފައިވަނީ ތިޔަބައިމީހުން ތަޤުވާވެރިވޭތޯއެވެ." އަދިވެސް އެއިލާހު ވަޙީ ކުރެއްވިއެވެ.( وَكَتَبْنَا عَلَيْهِمْ فِيهَآ أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالأَنْفَ بِالأَنْفِ وَالأُذُنَ بِالأُذُنِ وَالسِّنَّ بِالسِّنِّ وَالجُرُوحَ قِصَاصٌ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَهُ وَمَن لَمْ يَحْكُم بِمَآ اَنْزَلَ اللّهُ فَاُولئِكَ هُمُ الظَّالِمُونَ ) المائدة 45 މާނައީ" ތިމަންއިލާހު އެބައިމީހުންގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވީމެވެ. ހަމަކަށަވަރުން ފުރާނައަކަށް ފުރާނައެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ.ހާނީއްކަ ތަކަކީ ޤިޞާޞްހުރިކަމެކެވެ. ފަހެ އެކަމުން ޞަދަގާތްކޮށްފިމީހާ (ބަދަލުހިފުމުގެ ޙައްޤުލިބޭ ހިނދު އެކަން ދޫކޮށްލައިފިމީހާ) އަށް އެކަންތަށްވާހުށީ ކައްފާރާއެއްކަމުގައެވެ.އަދި މާތްﷲ ބާއްވައިލައްވައި އަންގަވާފައިވާ ގޮތަށް ޙުކުމް ނުކުރާމީހުން، ފަހެ އެބައިމީހުންނަކީ އަނިޔާވެރީންނެވެ.

The name is already taken The name is available. Register?

މައިޑު

25 July 2016

އެންމެންނަށްވެސް ތިކަން އެގޭ އަންގަވާފައިވާ ގޮތަށް ނުއުޅެނީނޫން ގަދަކަމުންވެސް އެކަން ކުރެވޭތޯ ބަލަންވީތާ

The name is already taken The name is available. Register?

މެންޓަލިސްޓް

25 July 2016

ރަގަޅު އެއްބަޔަކުވެސް ނޫޅޭ މަރަށް މަރު ނުހިފާކަށް ، ބުނަމުންދަނީ އެއްވާހަކައެއް ޝައްކެއްނުވާމިންވަރަށް މަރުސާބިތުވާންޖެހޭ ، ތަހުގީގުފުރިހަމަވާންޖެހޭ ، އަނެއްކޮޅުން އެހުކުމް އިއްވާނަޖެހޭނީވެސް އަދުލުވެރި ގާޒިންތަކެށް ، ރައްޔަތުންގެ އިތުބާރު ލިބިފައިވާ ކޯޓްތަކުން ، ޢޭރުން އޭގެ ފުރިހަމަގޮތުގައި އެކަންކުރެވެނީ ،، ދެންއޮތީ އިސްލާމީޝަރީއަތުގައި އޮތުގައި އޮތީ ތިޔަހުކުމް އެކަނިތޯ ، ކޮބާތޯ ދެންހުރިހުކުމްތަށް ، ރާއްޖެއަކު ނެތޭ އިސްލާމީ ޝަރީއަތެއް މިތާއޮތި ވަލުއީގާނޫންތަކެއްގެ މައްޗަށް ހަދާފައިއޮތް ކުރިމިނަލް ކޯޑެއް ،، ވަރަށް ސަލާމް ،

The name is already taken The name is available. Register?

ސުވާލު

25 July 2016

ވީނަސް ގެ ކޮމެންޓުން ވަރަށް ސާފުކޮށް ޤިސާސް ހިފުމަށް ﷲ ތަޢާލާގެ ވަހީބަސްފުޅު އޮތްގޮތް އެބަފެނޭ. އެކަމަކު އިސްލާމީ ޝަރީޢަތެއް ކުރެވޭވަރު އިންސާފުވެރި ފަނޑިޔާރުން މި ޤައުމުގައި އެބަ ތިބިހެއްޔެވެ. އަދި މިހާރު ހުމާމްގެ މައްޗަށް ކޮއްފާ އެވާ މެރުމުގެ ހުކުމް ކޮއްފައި އެވަނީ އިންސާފުވެރި ޝަރީއަތެއް ކޮއްގެންހެއްޔެވެ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

25 July 2016

މަރަށް މަރު ހިފަން އަންގަވާފައެއް ނެތޭ އެއްވެސް މީހަކު ކިޔާބާ! ޓޮޕިކް އޮޅުވާ ނުލައްވާ، މަރަށް މަރު ހިފާނަމަވެސް އަދި އެހެން އަދަބެއް ދޭ ނަމަވެސް އިންސާފުގެ ވާހަކަ އެބައޮތް ދެއްތޮ، އެހެންވީމަ އިންސާފު ޤާއިމުކުރަން ޖެހޭނީ، ހަމަ ހިތު ހުރިގޮތަކަށް ހަމައެއް ލަމައެއް އުސޫލެއް ބުސޫލެއް ނެތި ވަކި މީހަކު އެންގީމަ އެމީހަކު ބުނާހާގޮތަކަށް މީހުން މަރާކަށް އަންގަވާފައެއް ނެތޭ. މިވާހަކައޭ މުޅި ޤައުމުގެ ދުލުން ގޮވާނަގަނީ، ހުންނަ ޖައްބާރުކަމެއްގެ ބޮޑުކަމުން ނުއިވޭ ކަމަށް ހަދައިގެން ތިއްބަސް.

The name is already taken The name is available. Register?

ތުއްތޮންބެ

25 July 2016

ތިޔަ ހުކުމް އެކޭ ކަނޑުގަ އެޅޭ ރޮނގެކޭ ތަފާތެއްނެތެވެ. ހަމައެގޮތަށް ތިޔަ ހުކުމް ބާތިލް ކުރުމެކޭ ނުކުރުމެކޭވެސް ތަފާތެއްނެތެވެ. އެއީ ރާއްޖެއަކީ ބައިނަލް އަގްވާމީ މުޖުތަމައަށް ބަރޯސާވެގެން އުޅެން ޖެހޭ އެއްވެސް އަމިއްލަ ފުދުންތެރިކަމެއް ނިކަމެތި ފަގީރު ގައުމެއްކަމަށްވެފާ ބައިނަލް އަގްވާމީ މުޖުތަމައުން ތިޔަ ހުކުމް ތަންފީޒުކުރުމުގެ ފުރުސަތު ނުދޭނެތީއެވެ. ދެން އޮތީ ގޮތްދޫނުކޮށް އެކަން ކުރުމެވެ. އޭރަކުންވެސް ސަލާމަތެއް ނެތްކަން އެންމެ ރަނގަޅަށް އެނގޭނީ ސަރުކާރު ހިންގަންތިބި ފަރާތްތަކަށެވެ. ދުނިޔޭގައި މަރުގެ އަދަބު ތަންފީޒުކުރެވޭ ގައުމުތަކަކީ އެކަށިގެންވާ ފެންވަރެއްގެ ފުދުންތެރި، އެހެންބައެއްގެ ނުފޫޒަށް ބޯ ނުލަނބާ އުޅެވެން އޮތް ގައުމުތަކެވެ. "މެކުނު ފުމުނަކަސް ގާހަކަ އަކަށް ނުފުމެވޭނެ" އޭ ބުނަނީ މިފަދަ ކަންކަމަށް ނިސްބަތްކޮށެވެ.

The name is already taken The name is available. Register?

ބޫ

25 July 2016

ސަރުކާރު ބުނާނީ ސްޕްރީމް ކޯޓުގެބަސް. ހަމ އެގޮތަށް އަމުރު ނެރޭނީ. ތީވާ މުސްތަޤިއްލު ކޯޓެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454