އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގައި ރާއްޖޭގެ ސަފީރު ޑރ. ހާލާ ހަމީދު ވާހަކަދައްކަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ
19 މެއި 2018 - 14:48
ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ބަލައި ތަހުގީގުކުރުމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިނިވަން ކޮމިޝަނެއް އުފައްދަން ފާސްކުރި ގަރާރަށް ރާއްޖެ އިން ތާއީދުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ހިންގާ އަމަލުތައް ތަހުގީގު ކުރަން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިނިވަން ކޮމިޝަނެއް ހަދަން ތާއީދު ކުރާކަން ހާމަކުރީ އެ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމާ ދެކޮޅަށް އިހްތިޖާޖް ކުރި މީހުންގެ ގަޔަށް މިދިޔަ ހޯމަ ދުވަހު އިޒްރޭލް ސިފައިން ބަޑިޖަހައި 60 މީހުން ޝަހީދުކޮށްލައި އަދި 2،700 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމް ކޮށްލައިފަ އެވެ.
ރާއްޖެ އިން ޖެނީވާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހާލާ ހަމީދު، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ވަނީ، އެއްވެސް ހަތިޔާރެއް ނެތި ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރާ ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވާފައި ކަމަށް ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނާޒިމް
20 May 2018
ތިހެން ބުންޏަސް، ކަރުބުޑުން ހަޅޭއްލެވިޔަސް، އެވެރިން ކަހާތަންހިރުވާވެސް ނުލާނެ، ޗޮކެއްވެސް ކަނޑާނުލާނެ! އަހަރުމެންވެސް ހިތައް އެރިއްޔާމުތާ، ބޭރު ގައުމު ތަކުން ބުނާއެއްޗެއް އަޑުއަހަނީ!
ދެކޮޅުވެރިޔާ
20 May 2018
ދިވެހިބަހުގައި ބުނަނީ އަމުރު ކުރާން އެދޭނަމަ ކިޔަމަންވާން ދަސްކުރާށޭ. އިޒުރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރަންޏާ ބަލަ ރާއްޖޭގައި ހިންގާ ލާއިންސާނީ އަމަލުތައް ވެސް އދ އަށް ކުށްވެރި ކުރެވޭނެ. އދ ގެ ހިޔުމަންރައިޓުސް ކައުންސިލުން އެހެރީ ރާއްޖެއިން އިސްލާހުކުރަން ޖެހޭ ކަންކަން ބަޔާންކޮށްފައި. އެކަން ކުރަންވީމާ ގައުމުތަކުގައި ހިނގާ ކަންކަމަކާ އދ އަކަށް ވެސް ކޮމަންވެލްތަކަށް ވެސް ނުބެހެވޭނެޔޭ ކިޔާފައި ކީއްވެގެންތޯ އެހެން ގައުމުތަކުގައި ހިނގާ ކަންކަމާ ތިޔަ ބެހެނީ. ރާއްޖޭގެ ކަންކަމާ ބެހެން އޮންނަންވީނޫންތޯ.
ޅިޔަނާ
19 May 2018
ކޮބާހޭ މިތާ ހިނގާހާ ލާއިންސާނީ ޖަރީމާތަށް؟ އެކަން ބަލާ ކޮމިޝަން ކަނުބަނދެގެން ގަނޑުފިލާ ކުޅެނީ...
ހުސް ހޮޅި
19 May 2018
ތިވާހަކަ ދިމާނުވޭ. އިޒްރޭލުން މިހާރު ކަން ކުރަނީ ސައޫދީ ސަރުކާރާ ސައްލާކޮށްފަ. ދިވެހި ރާއްޖެ ކަންކުރަނީ ސައޫދީން ބުނާ ގޮތަށް. ދެނޯ؟ މިހާރުވެސް ސައޫދީ އިޒްރަެލަ ރާވަނީ އިރާނަށް ހަމަލާދޭން. ލަދު!
މަޖޫރީ
19 May 2018
ތިޔަކަހަލަ ކަމިޝަނެއް ހަދަން ބޭނުން އުމުރުން ދުވަސްވީ އިއްޒަތްތެރިޔަކު ރާއްޖޭގެ ސަރުކާރުން ހިފާހައިޔަރުކޮށް ކުރާ ލާއިންސާނީ އަމަލު ތަހުޤީގެއް ހިންގުމަށްވެސް.
ތިއަނދުން
19 May 2018
ތިކަންކަން އަބަދުވެސް ދިވެހިންނަށް ފެންނަނީ ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ނެރޭތަން. ގިނައިން ހަދަނީ ހުސްދޮގު، ގިނަފަހަރަށް ބޭރުގަ އެބުނާ ބަޔާނެއްނުވެސް ނެރޭ، ދެންރާއްޖޭގެ ނޫސްތަކުން ފޮރިންމިނިސްޓްރީގެ ބަޔާނަށް ބަލާފަ ތެދުގު ނުބަލައި ހަބަރު ލިޔަނީ. މިކަން އެނގޭނެ ބޭރުގަ ހުންނަ ދިވެހި އެންބަސީ ތަކުގެ ވެބްސައިޓްތަކާ އެތަންތަނުގެ ޓްްވިޓަ އެކައުންޓް ބަލާލީމަ. ހަމައެކަނި ފެންނާނީ ފޮރިންމިނިސްޓްރީގެ އެކައުންޓުން ތިކުރާކަމެކުރާތަން، އެއީ ދިވެހިިންގެ ލޮލުގަ އަނދުން އަޅުވަން ކުރާކަމެއް.
ފަލަޑޭ
19 May 2018
ހަމަ ތިގޮތަށް ރާއްޖޭގަވެސް އެބަޖެހޭ މިނިވަން ކޮމިޝަނެއް އުފައްދާ އެއްވެސް ހަތިޔާރެއްނެތި މުޒާހަރާ ކުރާމީހުން ގަޔަށް ބޮލަށް އަރާ ޕެޕާ ސްޕްރޭފަދަ އެއްޗެހި ޖަހާ ކުރާ އަނިޔާތަށް ތަހުގީގް ކުރަން. ހާލާ ކީކޭބުނަނީ މިކަމާ؟؟
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
19 May 2018
އދ ގެ އެކިއެކި ގުނަވަންތަކާއި މިނިވަން ކޮމިޝަން ތަކުން މިމީހުނާއި މެދު ނެރެފައި ހުރި ބަޔާންތައް ބޮލާލާ ޖަހާފައި އަދި ކޮމަންވެލްތް އިން ބަޔާން ނެރުނީތީ އެޖަމީއްޔާއިން ވަކިވެފައި އެހެން މީހުންނާއި މެދު ފިޔަވަޅު އަޅާން ކޮމިޝަން ހަދާން ގޮވާލަން ލަދެއް ނުގަނޭތޯ ؟
ދެކޭމީހާކިޔާމީހާ
19 May 2018
ޗައިނާގައި އިސްލާމުންނާއި އިސްލާމްދީނާއިދެކޮޅަށް ހިންގަމުންދާކަމުގައި ޝައްކަކަށްވުރެ ހިނގާކަމެއްކަމުގައިބެލެވޭ އަނިޔާތައް ބެލުމަށް ކޮމިޝަނެއްއުފައްދައި، އެކަންތަޙުޤީޤުކޮށް ބެލުމަށް ނިކަންގޮވާލަބަލަ! އޭރުން ތިކުރާތާއީދާއި ކަންތައް ބަލައިގަންނާނަން! އެހެންނޫނީ ތިކަން ބަލައިގަނެވޭނީ ކުރިޔަށްއޮތް ރިޔާސީއިންތިޚާބަށްކުރާ ލޮބީއެއްކަމަށާއި، ދެއްކުންތެރިކަމެއްގެގޮތުގަ.