އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ރާއްޖޭގެ ފޮރިން މިނިސްޓަރު އާސިމް، އޯއައިސީ ސަމިޓުގައި ވާހަކަ ދައްކަވަނީ.---ފޮރިން މިނިސްޓްރީ
19 މެއި 2018 - 19:17
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ގަތުލު އާންމާ ގުޅިގެން، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިސީ) ގެ ސަމިޓުގައި ވެސް ރާއްޖެ އިން އިޒްރޭލްގެ އަމަލުތައް ކުށްވެރިކޮށްފި އެވެ.
ތުރުކީގެ އިސްތަންބުލްގައި މިހާރު ކުރިއަށް ގެންދާ އޯއައިސީގެ ހަތް ވަނަ ސަމިޓުގައި، އިޒްރޭލްގެ އެ އަމަލުތައް ކުށްވެރިކޮށް ވާހަކަ ދެއްކެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ. އެ ސަމިޓްގައި ވާހަކަ ދައްކަވަމުން އާސިމް ވިދާޅުވީ، ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ މެދު އަޅާ ނުލައި ތިބުމަކީ މެދު އިރުމަތީގައި ހަމަޖެހުން ގާއިމް ކުރަން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު އާސިމް، އޯއައިސީ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮރިން މިނިސްޓްރީ
އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރަން އެ ގައުމުން ނިންމި ނިންމުމަށް ފާޑު ވިދާޅުވަމުން އާސިމް ވަނީ ގުދުސް އަށް އެމްބަސީ ބަދަލު ކުރަން އެހެން ގައުމުތަކުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް އޯއައިސީގެ މެމްބަރު ގައުމުތަކުން މަސައްކަތް ކުރަން ގޮވާލައްވައިފަ އެވެ.
ފަލަސްތީނުގެ ބޮޑުވަޒީރާއި އަރަބި ބައެއް ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަތް އެ ސަމިޓްގައި އާސިމް ވިދާޅުވެފައިވާ ގޮތުން މީގެ އިތުރުން އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހެދުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި ރާއްޖެ އިން އަދިވެސް އޮތީ ފަލަސްތީނާ އެކު ކަމަށާއި ރާއްޖޭގެ ވިސްނުން ބަދަލު ނުވާ ކަމަށެވެ.
އިޒްރޭލްގެ އަމަލުތަކާ ދެކޮޅަށް ރާއްޖެ އިން އޯއައިސީގައި ވާހަކަ ދެއްކިއިރު، އިޒްރޭލުން ހިންގި ޖަރީމާ މިނިވަން ގޮތެއްގައި ބެލުމަށް ޚާއްސަ ކޮމިޝަނެއް އުފެއްދުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ރާއްޖެ އިން ވަނީ ތާއީދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ބެއްޔާ
20 May 2018
އޯ އައި ސީ އޭ؟ ދަތެއް ނެތް ސިންގާއެއް. ތިޔަ ހަބަރު އެއްވެސް ބަޔަކު ބަލައި ނުގަންނާނެ. ޚާއްސަކޮށް މުސްލިމުން ދެކެނޭ ތިޔަ ލީޑަރުންވަނީ އަމިއްލަ އެދުމަށް އިސްލާމީ އުއްމަތުގެ ޙައްޤުތައް ޤުރުބާންކޮށްފަކަމަށް.
ރަނގަޅު.
20 May 2018
ރަނގަޅު ކަމެއް ކޮށްފިއްޔާ ބަލައިގަންނަން ޖެހޭ ކޮންމެ ބަޔަކު ކުރިޔަސް.
އަލިބެ55
20 May 2018
ސޯ؟؟
ރެފްރީ
20 May 2018
ތިއޮތީކޮޅަށްތިބެގެން ކާންޖެހޭވަރުގެކަމެއްކުރެވިފަ. ދެންއަވަހަށްއާދޭ ..
އީމަން
20 May 2018
އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހެދުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި ރާއްޖެ އިން އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު ކަމަށާއި ރާއްޖޭގެ ވިސްނުން ދުވަހަކުވެސް ބަދަލެ ނުވާނެއެވެ.
ބީރުބޮލު
19 May 2018
ކުށްވެރިކުރުމުން އިޒްރޭލަށް ލިބުނު ގެއްލުމަކީ ކޮބާ އަދި ފަލަސްތީނަށް ލިނުނު މޮޅަކީކޮބާ. ތިވަރަކުން ނުފުދޭ އަމަލީ ފިޔަވަޅެެއް އަޅަން ޖެހޭނެ. ޢެންމެކުޑަމިނުން އިސްލާމީ ޤައުމުތަކުގާ އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރަންޖެހޭނެ. ގިނަ މުސްލިމް ޤައުމުތައް ތިބެނީ އެމެރިކާ ދެކެ ބިރުން
ޙަ މެ
19 May 2018
ސާބަހެ ސަރުކާރ
އައްޑޫ ބެއްޔާ
20 May 2018
ސަރުކާރަށް އަންގަދީބަލަ ޗައިނާގައި ރޯދަހިފާ މުސްލިމުންނަށް އަނިޔާކޮށް ޖަލަށްލާ، ހަދާތީ އެކަންވެސް ކުއްވެރި ކޮށްދޭން.
ދެކޭމީހާކިޔާމީހާ
19 May 2018
ތިވާހަކަދެއްކެވިބީދާއިން ޗައިނާގައި މުސްލިމުންނަށްކުރަމުންގެންދާ އަނިޔާ ކުއްވެރިކޮށްވާހަކަދައްކަވައި، ނުރުހުންފައުޅުކޮށް ކުއްވެރިކުރުއްވެވިދާނެބާ؟ އެތާނގައިވެއް އެތިބީ މުސްލިމުން.