އިކުއިޓްރިއަލް ގިިނީއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި، ރާއްޖޭން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު (ވ) އަދި އިކުއިޓްރިިއލް ގިނީން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނަޓޯލިއޯ ޑޮންގް ސޮއިކުރައްވަނީ.--ފޮޓޯ: ފޮރިން މިނިސްޓްރީން
22 މެއި 2018 - 15:08
ރާއްޖެ އާއި ރިޕަބްލިކް އޮފް އިކްއެޓޯރިއަލް ގިނީއާ ދެމެދު އިއްޔެ ސިޔާސީ ގުޅުން ގާއިމުކޮށްފި އެވެ.
މިއީ ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމްކުރި 169 ވަނަ ގައުމެވެ.
ފޮރިން މިނިސްޓްރީން ބުނީ އދ. ގައި ހުންނަ އިކްއެޓޯރިއަލް ގިނީގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުުގައި، ރާއްޖޭގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރާއި ގިނީން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނަޓޯލިއޯ ޑޮންގް ސޮއިކުރައްވާފައިވާ ކަމަށެވެ.
ސިޔާސީ ގުޅުން ގާއިމްކުރުމުގެ ކުރިން ވެސް ދެ ގައުމުން ވަނީ ގުޅިގެން މަސައްކަތްކޮށްފައެވެ. އަދި އދ. ގެ އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެެރި ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ވެސް ދެ ގައުމުގެ ސަޕޯޓު ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފަހަކަށް އައިސް ރާއްޖެ އިން އަންނަނީ އެފްރިކާގެ އެކި ގައުމުތަކާ ސިޔާސީ ގުޅުން ގާއިމުކުރަމުންނެވެ. އެގޮތުން އައިވަރީ ކޯސްޓާއި ޒެމްބިއާ އަދި ކޮންގޯއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައިވެ އެވެ.
އެފްރިކާ ބައްރުގެ މެދުތެރޭގައި އޮންނަ އިއުއެޓޯރިއަލް ގިނީގެ އާބާދީ އަކީ 1.2 މިލިއަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން121
23 May 2018
އެންމެ ކޮރަޕްޓް 12 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެވެ. ލަނޑަޔާ ވާނީ ލަނޑަޔާ
ކޮރަޕްޝަން
23 May 2018
ސެކިއުރިޓީ ކައުންސިލްގެ މެމްބަރުކަމަށް އަންނަން ކުދިކުދި ގައުމުތަކުގެ ވޯޓް ގަންނަނީ. ފައިސާ ދޭނީ ޗައިނާއިން ނޫނީ ސައުދީ އަރަބިއްޔާއާއި ޔޫއޭއީއިން. ރާއްޖެއިން އޭރު ސެކިއުރިޓީ ކައުންސިލްގަ އެމީހުންގެ ގޮނޑިކޮއްކޮ ކުޅޭނެ.