އެސްޓީއޯއިން ހިންގާ ސުޕަމާޓު: ރޯދައާ ދިމާކޮށް ގެނައި އަލުވީގެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފައި.
26 މެއި 2018 - 16:11
އެސްޓީއޯ އިން ރޯދައަށް ގެނައި އަލުވީގެ ޑިމާންޑް ބޮޑުވުމުން، ހޯލްސޭލްކޮށް ވިއްކުން ކޮންޓްރޯލްކޮށްފި އެވެ.
އެ ކުންފުނީގެ ސުޕަމާޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުގައި ހަދާފައިވާ ހޯލްސޭލް ސެންޓަރުން ކޮންމެ ކަސްޓަމަރަކަށް ވެސް ވިއްކާނީ އެއް ބަސްތާ އަލުވި ކަމަށެވެ.
"އަޅުގަނޑުމެން ބަލްކްކޮށް ފިހާރަތަކަށް ވިއްކުން ހުއްޓާލީ. ނަމަވެސް ކޮންމެ ކަސްޓަމަރަކަށް ބަސްތާއެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުގައި އަލުވި ބަސްތާ ވިއްކާއިރު ސުޕަމާޓުން ވަކިން ކިރައިގެން ވިއްކާނެ ކަމަށެވެ. އެ ކުންފުނިން އަލުވި ކިލޯއެއް 11ރ. އަށް ވިއްކާއިރު ބަސްތާއެއް ވިއްކަނީ 220ރ. އަށެވެ.
ބާޒާރުގައި އަލުވީގެ އަގު އުފުލުމުން އެސްޓީއޯ އިން ވަނީ މިދިޔަ ހަފުތާގައި ބޮޑު ޝިޕްމަންޓެއް ގެނެސްފަ އެވެ. އަދި ޝިޕްމަންޓުން ދިހަ ވަރަކަށް ދުވަހު ހިފަހައްޓާލެވޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެފައިވެ އެވެ.
އެ ކުންފުނިން އަލުވި ބަސްތާއެއް 220ރ. އަށް ވިއްކާއިރު ބާޒާރުގައި އަލުވި ބަސްތާއެއް ވިއްކަނީ އެވްރެޖްކޮށް 250ރ. އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗާޗާ
28 May 2018
ތީ ހައްލެ ނޫނެއްނު
އަލިކޮއި
26 May 2018
އެސްޓީއޯއިން ލިބޭ އެއްޗެއްނަމަ އަބަދުވެސް އޭއްޗެއް ލިބޭނެ. ބައެއް ފަހަރަށް ލިބުން މަދުވެދާނެ. މަދުންނަމަވެސް ނުލިބޭ އެއްޗެހިވެސް ހުރޭ، މިސާލަކަށް ކަސްޓަމްސް އޮފިސަރުންގެ ޕްރޮމޯޝަން، މިހާރު 6 އަހަރުވެއްޖެ ނުލިބޭތާ.
ޒެންބެ
27 May 2018
ތިހެން ތިވަނީ އަލިކޮއި މެން ޕްރޮމޯޝަން ހޯލްސޭލްކޮށް ބޭނުންވާތީ. ރީޓެއިލް ކޮށް ބޭނުންވާނަމަ ތިކަންވެސް ވެދާނެ.