އައްޒަ މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި: އޭނާގެ ދެ ފީޗާ ފިލްމެއް ވާދަ ކުރި.
28 މެއި 2018 - 12:23
އިއްޔެ ސްރީ ލަންކާގައި ނިންމައިލި 8 ވަނަ ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭން ބައިވެރިކުރި ހަތަރު ފިލްމަށް ވެސް، އެއްވެސް ކެޓަގަރީއަކުން އެއްޗެއް ނުލިބި ސުމަކުން ނިންމައިލަން ޖެހިއްޖެ އެވެ.
މިފަހަރު ރާއްޖޭން ފެސްޓިވަލްގައި ވާދަކުރީ ދެ ފީޗާ ފިލްމާއި ކުރު ދެ ފިލްމެވެ. ފީޗާ ފިލްމް ކެޓަގަރީގައި ވާދަކުރީ މިދިޔަ އަހަރު ރިލީޒްކުރި، އަބްދުލް ފައްތާހްގެ "ހައްދު" އާއި 2016 ގައި ރިލީޒް ކުރި ފާތުމަތު ނަހުލާގެ "4426" އެވެ.
ކުރު ފިލްމްގައި ވާދަކުރީ އޭސީސީގެ "ބިތުފަންގި" އާއި އަލީ ޝާމިންގެ "ސްޓޭޓަސް" އެވެ
މިދިޔަ އަހަރު މި ފެސްޓިވަލްގައި "ވިޝްކާ" ބައިވެރިކޮށްގެން އޭގެ ބަތަލާ އައިޝަތު ރިޝްމީ ވަނީ ސާކްގެ އެންމެ މޮޅު ބަތަލާގެ ބަތަލާގެ އެވޯޑް ރާއްޖެ އަށް ގެނެސްފަ އެވެ. އެހެންވެ މި ފަހަރު ރާއްޖޭން ފާހަގަކޮށްލެވޭ ކަހަލަ ވަނައެއް ގެންނާނެ ކަމަށް ބެލެވުނެވެ. ހާއްސަކޮށް ފީޗާ ފިލްމް ކެޓަގަރީގައި ވާދަ ކުރި "ހައްދު" އާއި "4426" އަކީ ރާއްޖޭގައި ވަރަށް ކާމިޔާބު އަދި ރިޝްމީގެ ކޮއްކޮ މަރިޔަމް އައްޒަގެ މޮޅު އެކްޓިން ވެސް ފެނިގެން ދިޔަ ދެ ފިލްމަަށްވާތީ އެވެ.
The Eighth SAARC Film Festvial 2018 – Winners |
The Eighth SAARC Film Festival held at the National Film Corporation Film Theatre in Colombo, Sri Lanka with 26 Feature Films, Short Films and Master Films screened from the SAARC Member States from 22nd May 2018 to 27th May 2018 culminating with the Eighth SAARC Film Awards on 27th May 2018.
މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގެ ވަނަތައް.
މި މަހުގެ 22-27 އަށް ބޭއްވި މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގެ ވަނަތަކަށް ބަލާ އިރު އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވުނީ "ބަންގްލަދޭޝްގެ "ހަލްދާ" އެވެ. އެންމެ މޮޅު ކުރު ފިލްމަކީ އިންޑިއާގެ "ޖީއައި" އެވެ.
* އެންމެ މޮޅު ޑައިރެކްޓަރު: ޕްރައްސައްނާ ޖަޔަކޯޑީ (28/ސްރީ ލަންކާ)
* އެންމެ މޮޅު އެކްޓަރު: މަހެންދުރަ ޕެރޭރާ (28/ސްރީލަންކާ)
* އެންމެ މޮޅު ބަތަލާ: ވައިޝްނަވީ ތަންގްޅޭ (ދަ ހޮރައިޒަން/އިންޑިއާ)
* އެންމެ މޮޅު ސްކްރީންޕްލޭ: ޕްރަޝާންތު ޕާންޑޭ/ޝްރެޔޭ ދޭވް ވަރްމާ (ޕޫރްނާ)
* އެންމެ މޮޅު ސިނަމޮޓޯގްރަފީ: އެނަމުލް ހައްގު ސޮހެއިލް (ހަލްދާ/ބަންގްލަދޭޝް)
* އެންމެ މޮޅު އެޑިޓިން: އަމިތު ދޭބްނާތު (ހަލްދާ/ބަންގްލަދޭޝް)
* އެންމެ މޮޅު އޮރިޖިނަލް ސްކޯ: (ހަލްދާ/ބަންގްލަދޭޝް)
މި އަހަރު ސްޕެޝަމް ޖޫރީ އެވޯޑް ވަނީ ދެ ފަންނާނަކަށް ދީފަ އެވެ. އެއީ ލަންކާގެ ފިލްމް "ދި އަންޑިސައިޑެޑް" އިން މަލަކާ ދޭވަޕްރިޔާ އާއި "ދަ ހޮރައިޒަން" އިން މަނޯޖް ކަދާމް އެވެ.
ރާއްޖޭން 2016 ގައި ވެސް ދެ ފިލްމް ބައިވެރިކޮށް، ފެސްޓިވަލް ނިންމައިލަމް ޖެހުނީ ހުސްއަތާ އެވެ. އެ ފަހަރު ވާދަކުރީ އަލީ ސީޒަންގެ "އަހްޝަމް" އާއި ރަވީ ފާރޫގްގެ "މިކޮއެ ބައްޕަ ބައޭ ބައޭ" އެވެ.
ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ 2014 ގަ އެވެ. އެ އަހަރު ފިލްމް "އިނގިލި" އިން އެކްޓަރު އިސްމާއީލް (ކޮޕީ އިއްސެ) ރަޝީދު އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި "އިނގިލި" އިން ބްރޯންޒް އެވޯޑް އުފުލައިލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރޫ
29 May 2018
ނުހުލާ ބުނީ ނަހުލާ ފލްމް ޖަޖެއްވެސް ނުކުރެޔޯ..އެހެންވީމަަޔޯ އެވޯޑު ނުލިބުނީ..
ބިތުފަން
28 May 2018
ކޮބާ މިފަހަރު ކާރބަން އިއްސޭ
އޯ ބޯއި
28 May 2018
މިހާރު ޝައްކު. ކުރީފަހަރު އޮޅިގެން ކަންނޭގޭ ދެވުނީ.
ބޮލީވުޑް
28 May 2018
އިންޑިޔާގެ ފަހުގެ މޮޅެތި ފިލްމުތަޢް ކޮޕީ ކޮއްލާފަ ހުންނަނީ ހޮލީވުޑްގެ މޮޅެތި ފިލްމުތައް ބަލައިގެން.
ޕެނިކު ފަރީދާ
28 May 2018
ނަހުލާގެ 4426 އަށް އެއްޗެއް ނުލިބުނީ ޖަޖިން ޕެނަލުގަ ތެޑުރީގެ އަތެއްވާތީހެން މަށަށް ހީވަނީ.
ކުރޮޅި ޑުރައިވަރ
28 May 2018
މުޅި ދުނިޔޭންވެސް އިންޑިޔާ ފިލްމްތަކަކީ ނަންބަރ ވަން. އެކަމް ސާކް ފެސްޓިވަލުގަ އެއްވެސް ވަނައެއް ނުލިބޭ. ސާކު ތީ އެއްވެސް ކަމެއްވާ ބައެއްނޫން..ސާކު އޮންނަނި ހަމަ އެކަނި ސާކްސަމިޓް ބާންވަން
ކައުންސެލަރު
28 May 2018
އެކަމަކު ގިނަ ދިވެހިން ހިތުން ދިވެހިންވަރުބަޔަކު މިއުޑުބަޅުކުރެއްވިހިސާބުގައި ނުތިބޭނެ މޮޅުކަމަށް ބަލާއިރު. މީ ނަތީޖާ އަކީ؟!
Heyo
28 May 2018
ތިޔަ ސާކް ތީ އެއްވެސް ކަމެއްވާ ބައެއްނޫން