ހުޅުމާލޭ ދެ ވަނަ ފިޔަވަހި: ގަވާއިދާހިލާފަށް އެތައް ބަޔަކު މި ސަރަހައްދަށް ވަދެ އުޅޭ
03 ޖޫން 2018 - 14:51
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަން ދެ މީހަކު އެކްސިޑެންޓުވުމާ ގުޅިގެން އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓައިދޭން ފުލުހުންގެ ކިބައިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެދިއްޖެ އެވެ.
މިހާރު ހިއްކައި ނިމި، އަދި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން އަންނަ، ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް އާއްމުން ވަނުމަކީ މަނާކަމެކެވެ. އެ ސަރަހައްދަށް ވަންނަ ގޭޓު ބަލަހައްޓަން އެޗްޑީސީގެ ސެކިއުރިޓީ ގާޑުން ތިބިި ނަމަވެސް ބައެއް މީހުން އެ ތަނަށް ގަވައިދާ ހިލާފަށް ވަދެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އެކްސިޑެންޓު ހިނގީ ވެސް، ގޭޓު ބަލަހައްޓަން ހުރި މީހާގެ އަމުރާ ހިލާފަށް ސައިކަލްގައި ވަދެ، ބާރަށް ދުއްވަނިކޮށެވެ.
އެނގިފައިވާ ގޮތުގައި ސައިކަލް ގޮސް ޖެހުނީ އެތަނުގައި އަލަށް ހަދާފައިވާ މަގެއް ބަންދުކުރަން ހުރަހަށް ހަރުކޮށްފައި ހުރި ދަގަނޑެއްގައި ޖެހިގެންނެވެ. އޭނާގެ މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެ އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ބުންޔާމީން ވިދާޅުވީ ދެވަނަ ފިޔަވައްސަކީ ވަރަށް ބޮޑު ސަރަހައްދެއް ކަމުން، އެތަނަށް ވަންނަން ހަދާފައިވާ މައި ގޭޓު ނޫން އެހެން ހިސާބުތަކުން ވެސް މީހުން ވަންނަ ކަމަށެވެ. އަދި އެ ހުރިހާ ހިސާބެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގާބިލްކަން އެޗުޑީސީގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ބުންޔާމިން ވިދާޅުވި ގޮތުގައި ދެ ވަނަ ފިޔަވަހީގެ ސެކިއުރިޓީ ބަލަހައްޓަން އެޗްޑީސީގެ ގާޑުން ތިބި ނަމަވެސް، އެމީހުންގެ އަޑު، އާންމުން ނާހަ އެވެ.
ރޯދަ މަހު އެތަނަށް ވަންނަ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބުންޔާމިން ވިދާޅުވި ގޮތުގައި ލަފާކުރެއްވެނީ މި ހަފުތާ ތެރޭގައި ފުލުހުން އެކަމާ ހަވާލުވާނެ ކަމަށެވެ. އެކަމަކު ފުލުހުން އެކަމާ މެދު މީޑިއާއަށް އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
"އެތަނަށް ވަންނަ މީހުންނެއް އަޅުގަނޑުމެންނަކަށް ނުހިފެހެއްޓޭނެ. އެ ފަދަ ބާރެއް އަޅުގަނޑުމެންނަކަށް ނޯވޭ. އެހެންވެ، ފުލުހުންނާ މިކަން ހަވާލުކުރީ ވެސް،" އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހި ތަރައްގީކުރެވޭ ވަރަކަށް އެތަނުގެ ސެކިއުރިޓީ ވެސް ވަރުގަދަ ކުރާނެ ކަމަށެވެ.
މިދިޔަ ހަފުތާގައި ހުޅުމާލޭގައި ވަނީ ނުރައްކާތެރި ތިން އެކްސިޑެންޓެއް ހިނގާފަ އެވެ. އެ އެކްސިޑެންޓުތަކުގައި ޒަހަމްވި ބައެއް މީހުންގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ.
04 June 2018
ފުލުހުން ލައްވާ ތިތަން އަބަދުވެސް ބަލހއްޓަންވީ ކިއްކުރާބައެއްއެއީ ބޮދުމުސަރަދީފަ ބައިތިއްބަން
އިބޫ ހުޅުމާލެ
04 June 2018
ކީއްވެތޯ އެތަން ބަންދުކޮށްފައި ބާއްވަންވީ އެއީ ވަކި ބަޔެއްގެ މުދަލެއްތޯ... ރައްރަށުގައިވެސް ބިންހިއްކާފައި ހުންނަ ތަންތަނަށް އާމުން ގޮސް އުޅޭވޭ ރަށުގެ އެހެން ފަސްގަނޑެކޭ އެއްގޮތަށް... މި އައްޗީޑީސީގެ ކަންތަށް މާބޮޑީދެން... ހިތައްއަރާ ހުޅުމާލެމީ ވަކި ސަރުކާރެއް ހިނގާތަނެއްބާއޭ
އަހު ހުޅުމާލެ
04 June 2018
އާނ. އެއީ އެޗްޑީސީގެ އަމިއްލަ މުދާ. ނޭނގެންޏާ ބަލާ
ހަމަރޯޅި
04 June 2018
ރަށްރަށުގައިވެސް ހައުސިންގ ޔުނިޓް އަޅާފަ އެތަންތަން ޙަވާލުކުރުމުގެ ބަދަލްގައި ދެނީ ސެކިއުރިތީ ބަލަހައްޓަން ކަޓުނަގަނީ
މެސީ
04 June 2018
ވަރަށް ގައްޑާވެފަ އުޅާ މީހުންވެސް ގައްޑާކަން ފިލާ ހިސާބެއް އޮވޭތާ،
ޭައަލީ
03 June 2018
ދެވަނަ ފިޔަވިއްސައް ވަންނަނީ އެތާގަ ސެކިއުޓީ ބަލަހައްޓަން ތިބޭ މީހުންގެ ރައްޓެހިން އަދި އެތާގަ ތިބޭމީހުން ހިތައްއެރީމަ އެތަނައް ވައްދާމީހުން. ނިމިގެން ދިޔަ ހުކުރު ދުވަހު ހަވީރު 1720 ކަން ހާއިރު އެސަރަހައްދުގަ މީހުން އުޅޭތީ ވަންނަން ވެގެން ދިޔައިން އެސަރަހައްދައް، އެތާގަ ހުރި ގާޑު ބުނި އެތަނުގަ އެވަގުތު ވަދެ އެއުޅެނީ ހުސް އެޗް.ޑީ.ސީ ސްޓާފުން ކަމަށް، އެކަމު އެވަގުތު އެތަނުން ނިކުމެގެންދިޔަ 18 އަހަރުވެސް ޔަގީނުން ނުވާނެ އެ 3ކުދިންނަށް. މިކަންތައް ދިމާވީމަ ހަމަ ކޮމެންޓް އެއްކޮއްލީ.........
ދިސްވޭއޭ
03 June 2018
އެކްސިޑެންޓާ އެކު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ސެކިއުރިޓީ ފުލުހުންނާ ހަވާލުކުރަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ހުޅުމާލޭގެ ސެކިއުރިޓީ އެއްކޮށް ހަވާލު ކުރަންވީ ފުލުހުންނާއި އޭ އެގޮތުން އެމްޓީސީސީ ފެރީގައި ހުޅުމާލެ އަށް އަރާ ހުރިހާ ބޭރު މީހުން ވެސް އަރަން ޖެހޭނީ ސައްހަ ވޯކް ވިސާ ކާރޑް އޮވެގެން ނޭ އަދި ހުޅުމާލޭ ފެރީ އަށް ވެސް އެރޭނީ އެމެން ފުލުހުން ބަލާ ސްކްރީން ޓެސްޓް ކުރުމަށް ފަހުގައޭ އަދި ފެރީ އަށް އަރާ ހުރިހާ ދިވެހިންގެ އައިޑީ ކާރޑް ވެސް ސްކޭން ކުރަން ޖެހޭނެއޭ ކޮންމެ ފަހަރަކު ފުރަތަމަ ވެލިޑް އައިޑީ ކާރޑެއް އޮތްތޯ އޭ ބަލަން ޖެހޭނީ އެނޫން ނަމަ ކަމަކު ނުދާނެއޭ ހުޅުމާލެ އަށް ރާއްޖެތެރޭގެ އެކިރަށްރަށުން ބޮޑެތި ޑްރަގް ލޯރޑުން އަރާ އެމެންގެ ހެބިޓެޓް އަކަށް ހުޅުމާލެ ހަދާލާނެއޭ އަދި ސަފާރީ ތަކުން މުދާ ބާލަން ޖެހޭނީ ވެސް ސްކްރީން ޓެސްޓް ކުރެވިގެން ނޭ ސަފާރީ ތަކުން ޑިންގީ ގައި ނުފޭބޭނެއޭ ހުޅުމާލެ އަށް ފައިބަން ޖެހޭނީ އެމްޓީސީސީން ފޮނުވާ ލޯންޗެއް ކުއްޔަށް ހިފައިގެންނޭ އަރަންވެސް ޖެހޭނީ މިހެން.
ގަމާރުކޮއި
04 June 2018
ތިއަށްވުރެން މާރަގަޅުވާނެ ބިދޭސީއެއްފެންނަ ކޮންމެ ފަހަރަކު އޭނާގެ އަތުގައި ތިބުނާ ހުރިހާ އެއްޗެތި ހުރިތޯ ޗެކްކުރަން. އެކަމަށް ގްރޭޓަރ މާލެ އިންޓެގްރޭޓަޑް އިމިގްރޭޝަން ކޮންޓްރޯލް ފޯރ ދަ މިލީނިއަމް ކިއާ ތަނެއްހަދާ އެތަނަށް 20 ހާސްމީހުންގެ ވަޒީފާ ހަދާ މިކަން ކުރިއަށް ގެންދިޔައީމާ މަމެން އުފާކުރާނީ
ރާކަނިމަސް
03 June 2018
ރާކަނިމަސް ކެވިއްޖެ؟
މެސީ
04 June 2018
ބާރުސްޕީޑްގަ ދުއްވާ މީހުން ގިނައިން ކަނީ ރާކަނިމަސް
ހުސެން
03 June 2018
އެތަނަށް އާންމުން ވަނުން މަނާކުރަންޖެހޭ ސަބަބެއް އެބައޮތްތޯ؟ އެޗްޑީސީން އުޅެނީ ހުރިހާކަމެއް މުށުތެރެއަށް ލާން، ތަނެއްގަ އިޝްތިހާރެއް ޖެހިޔަސް އެޗްޑިސީން އެބަގުޅާ ކީވެހޭ ހުއްދަ ނުނަގާ އިޝްތިހާރު ޖެހީކިޔާފަ،
އަހުމަދު.
03 June 2018
މީ ރާއްޖޭގެ ހާލަތު.. މިގޮތައް ސެކިއުރިޓީންގެ އަމުރާ ހިލާފަށް ވަނުމުން ފުލުހުންނާއި ގުޅައިގެން ހައްޔަރު ކުރުމުގެ ގާނޫނީ ބާރު ނޯންނަނީތަ؟..
ވަރަށްސާފު
04 June 2018
ސިޔާސީ ބައެއްނަމަ ހައްޔަރުކުރާނެ.
ހާލު
03 June 2018
މިހާރު ހުމާލެގައި މާލޭގެ ގުރޫޕްތަކަށް ނިސްބަތްވާ މީހުން ރަސްކަން ކުރަންފަށައިިފ. އެކި އެކި ތަންތަނުގަ އެބަިމީހުންގެ ސްލޯގަންތައް ސްޕްރެކުރަމުން އެބަގެންދޭ. މިމީހުންގެ ބާރު މާގަދައީ. ދެން ހުރިހާކަމަކަށް ފުލުހުން ނެރެން ޖެހެނީ. އަދަބު ދެވެން ޖެހޭމީހުނަށް އަދަބު ނުދެވި އަދަބު ނުދެވެން ޖެހޭމީހުނަށް އަދަބު ދެވޭތީ މިހެން މިވަނީ. ގާނޫން ތަންފީޒުކުރުމުގަ ހަމަހަމަކަން ނެތުނީމަވާނީ މިހެން. އާންމުން ގެތެރޭގަ ހަޑިހުތުރުބަހުނަ ހަޅޭއްލަވަމުން ދުވާ ބައިގަޑު އުޅެނީ މާމިނިވަންކަމުގަ.