އިންޑިއާއިން ރާއްޖެއަށް ދީފައި އޮތް ހެލިކޮޕްޓަރެއް:
05 ޖޫން 2018 - 13:22
ދިވެހި ރާއްޖޭގައި ބޭނުން ކުރުމަށް އިންޑިއާ އިން ގެނެސްފައި އޮތް ދެ ވަނަ ހެލިކޮޕްޓަރު ވެސް އެ ގައުމަށް އަނބުރާ ފޮނުވާލަން ނިންމައިފި އެވެ.
އިންޑިއާ ސިފައިން ދުއްވި މި ދެ ހެލިކޮޕްޓަރުގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރު ވެސް ފޮނުވާލަން އޮތީ ނިންމައިފަ އެވެ.
އިންޑިއާ އިން ރާއްޖެއަށް ގެނައި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އައްޑޫގައި އޮޕަރޭޓްކުރާއިރު އަނެއް ހެލިކޮޕްޓަރު އޮންނަނީ ލ. ކައްދޫގަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖޭގައި ބޭނުން ކުރަން އިންޑިއާ އިން ގެނެސްފައި އޮތް މި ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަނީ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭތީއާ އެކު ބަދަލުގައި އަސްކަރީ މަތިންދާބޯޓެއް ދިނުމަށް އެ ގައުމުން އެއްބަސްވެފައިވާތީ ކަމަށެވެ. އަދި އިންޑިއާ އިން ހެލިކޮޕްޓަރުތައް ރާއްޖެ އަށް ދިނީ ވަކި މުއްދަތަކަށް ކަމަށާއި އެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"ހެލިކޮޕްޓަރުތައް ދިނީ ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިން ޓްރެއިންކޮށް، އޭގެ ބޭނުން ހިފަން. އެކަން މިވީ މުއްދަތުގެ ތެރޭގައި ކުރެވިފައެއް ނެތް. އަދި ރާއްޖޭގެ މާހައުލަށް ބަލާއިރު ހެލިކޮޕްޓަރަކީ އެންމެ އައިޑިއަލް އުޅަނދެއް ވެސް ނޫން،" ޑިފެންސް މިނިސްޓްރީން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް އެންމެ އެކަށީގެންވަނީ މަތިންދާބޯޓެވެ. އިންޑިއާ އިން ރާއްޖެ އަށް މަތިންދާބޯޓެއް ދޭން އެއްބަސްވެފައިވީ ނަމަވެސް، އެ ނުގެނެވި ލަސްވަމުން ދަނީ އުޅަނދު ޕާކުކޮށްފައި ބާއްވާނެ ތަނެއް ނުހެދޭތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަތިންދާބޯޓު ދުއްވާނެ ދިވެހި ޕައިލެޓަކު މިހާރު ހުރީ ހަމަޖެހިފަ އެވެ. އަދި އެ އުޅަނދު ބޭނުން ކުރާނީ ވެސް، ހެލިކޮޕްޓަރުތަކެކޭ އެއްގޮތަށް ހާލު ދެރަ ބަަލި މީހުން އުފުލައި، މީހުން ސަލާމަތް ކުރުމުގެ އިތުރަށް ސަވަޔަލެންސް ދަތުރުތަކަށް ކަމަށް ވިދާޅުވި އެވެ.
އަސްކަރީ ބޭނުންތަކަށް ޕާކިސްތާނުން ދެ މަތިންދާބޯޓު ގަންނަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ގައުމުން ދޭ 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ)ގެ ލޯނަކުން ގަންނަން ނިންމާފައި ވަނީ ޕާކިސްތާނުގައި އުފައްދާ ސުޕަ މުޝާގް މަރުކާގެ ދެ ބޯޓެވެ. މިއީ ޑޯނިއާއާ ދާދި އެއްގޮތް ބޯޓެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ...
06 June 2018
ސާބަސް ސަރުކާރުން ތިޔަކުރައްވާ ހިއްވަރަށް ތިގޮތަށް ނުފޫޒް ފޯރުވަން މަސައްކަތްކުރާ ހުރިހައިމީހުނާއި ޤައުމުތަކަށް މިދިވެހި ފަސްގަނޑުން އެއްވެސް ފުރުސަތެއްދީގެންނުވާނެ .. ތިޔަކަންތައްތައް ކުރަން މާބޮޑަށްވެސް ލަސްވެއްޖެ... ކަމެއްކުރަންޏާ ތިޔަސަފީރުވެސް ބޭރުކުރަން އެބަޖެހޭ ...
އަށްޑޫ މީހާ
06 June 2018
ކިތަންމެ ވަރެއްވިޔަސް ޗައިނާޔަކުން އަމިއްލަ އެދުން ނެތި އެއްވެސް ކަމެއް ކޮށެއް ނުދޭނެ، ނިހާނުމެން ކީއްކުރަން ދަރުބާރު ފެކްޝަން އެކަކުވެސް ނާރުވާނެ ދެނެއް އިންޑިޔާޔަކަށް، ބޭންކޮށްފަ އޮންނާނީ. ލަދެއްވެސް ނުގަނޭވިއްޔާ. ދެން އަރުވާނީ ހަމައެކަނި ޗައިނާޔަށް އެކަނި، ހެލިކޮޕްޓަރު ދީފަ މާދަމާ މިގައުމުގަ އޮތް ހަމަ އެކަނި ޝިޕް ނުދީފިއްޔާ ރަންގަޅު، ދެން އަނެއްދުވަހު ބުނާނެ އަވަހަށް އައިޖީއެމްއެހްވެސް ގެންދާށޭ. މޮޔައެއްގެ އަތަށް ވަޅިއެއްދިނީމަ ވާހެން މިގައުމަށް ވަމުންދަނީ މިހާރު.
އަބްދުﷲ
06 June 2018
ހެލިކޮޕްޓަރ ފޮނުވާލުމުގެ ބަދަލުހިފުމަށް ނިހާން ވެސް ފޮނުވާލައިފި.
އަޙްމަދު45
06 June 2018
ހެލިކޮޕްޓަރަކީ މަތިންދާ ބޯޓެއް ނޫންތަ؟ ގައިމު މަތިންލާފަ އޭތި ދަނީ!
އަކޫ
06 June 2018
އިންޑިޔާ ސިފައިންނަށް ސަރުކާރު ބަޖެޓުން ލާރިދީފަ ބައިތިއްބާނެ ކަމެއްނެތް، ކޮންމެ ސަރުކާރަކުން ކުރިޔަސް މިއީ ވަރަށް ރަނގަޅު ނިންމުމެއް، ދިވެހިން ޓްރެއިން ކުރާށޭ ކިޔާފަ އައިސް ދިވެއްސެއްގެ އަތަށް ދުއްވަން ނުދީ 7 އަހަރު މިވީ. ތިމީހުން ޖާސޫސް ކުރަންވެގެން ބައިތިއްބާނެކަމެއް ނެތް
ރާއްޖެތެރޭ ނިކަމެތިމީހާ
06 June 2018
"އަދި ރާއްޖޭގެ މާހައުލަށް ބަލާއިރު ހެލިކޮޕްޓަރަކީ އެންމެ އައިޑިއަލް އުޅަނދެއް ވެސް ނޫން،" މަ ހަމަ އަޖައިބުވެ އަންތަރީސް ވެއްޖެ... އިމެޖެންސީ ހާލަތުގަވެސް ޖެއްސެނީ މަތިންދާ ބޯޓުތޯ؟.. ތި އުޅެނީ އެއްޗެކޭ ކިޔާގެން ކެމްޕެއިނަށް ދުއްވަން މަތިންދާ ބޯޓެއް ގެންނަންވެގެން...
ރާއްޖެ
05 June 2018
ބަރާބަރު ނިންމުމެއް. ދައުލަތުގެ ބަޖެޓުން ހެލިކޮޕްޓަރެއް ހޯދާފަ ދުއްވަން ދިވެހިން ތިބޭނެ ދުވަހެއް ބޭނުމީ.
ކަނު ސޮރު
06 June 2018
އާ އަސްލުވެސް. އޭރުންތޭ 1 މިލިއަން އަށް ލިބޭ އެތި 10 މިލިއަނަށް ގަނެވޭނީ!!!
މޫވްއޮން
05 June 2018
ހިޔެއްނުނޭ ތި ސުޕަ މުޝާގެއް ވަކިސަހަލުވާނެއެކޭ. ޑޯނިޔާއާ ބޭރުތޮށިއެއްގޮތްވެދާނެ. އިންޑިޔާގެ ސަވޭލެންސް ޑޯނިޔާތައްވެސް ކުދިއިކުއިޕްމެންޓާއެކީ ދެމީހުންނަށްކުރެވޭކަންތައް ސަންދޯއްވަރުގެ އެއްޗިހިބަހައްޓައިގެން ހައެއްކައްށެއްކަމީހުންވެގެންކުރަނީ. ޕާކިސްތާނު ވަކިމިޒަމާނުގެޓެކްނޮލޮޖީއަކަށް ގަދައެއްނޫން. އެއައްވުރެދުރުންހެންހީވަނީ ތިކަންރަގަޅުފެންވަރެއްގަކުރެވޭނީ
usmaan
05 June 2018
އަމިއްލަ ހެލިކޮޕްޓަރ އެއް އޮތުން ވަރަށް މުހިންމު ސަބަބަކީ އިމަންޖެންސީ ހާލަތްތަކުގައި ބޭނުންކުރަން މަތިންދާބޯޓަށްވުރެން ބައެއްފަހަރު ރަނގަޅުވާނެ.
ބީވާ
05 June 2018
ކިހާ މޮޅު، އެ މީހާ އަށް އެންމެ އައިޑިއަލް މިވީ މަތިންދާބޯޓު ވިއްޔަ، އެވިއްޔަ ހުރިހާ ރަށެއްގަ ޖެއްސޭ އެއްޗެއް ވިއްޔަ