އައިއޯއެސް އެޕްތައް މެކްއޯއެސް އަށް ޕޯޓްކުރަނީ
06 ޖޫން 2018 - 08:15
އައިފޯން އަދި އައިޕެޑްގައި ބޭނުންކުރަން އުފައްދާ އެޕްތައް، މެކް ކޮމްޕިއުޓަރުތަކުގައި ބޭނުންކުރެވޭ ގޮތް ހަދާނެ ކަމަށް އެޕަލް އިން ބުނެފި އެވެ. މެކްއޯއެސް އަށް މި ފީޗާ ގެނެސް މުޅިން އާންމުކުރަން ފަށާނެ ކަމަށް ބުނަނީ އަންނަ އަހަރު އެވެ.
އައިއޯއެސް އަދި މެކްއޯއެސް އެޕްތައް ފެންނަ ފެނުމުގައި ވެސް ދާދި އެއް މިޒާޖަކަށް ހުންނާތީ، އެ ދެ އޮޕަރޭޓިން ސިސްޓަމް އެއްކޮށްލަން އެޕަލް މަސައްކަތްކުރާ ކަމަށް ބުނެ ދެކެވުނު ވާހަކަތަކަށް އެޕަލް ބުނެފައި ވަނީ އެއީ ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ. އެޕަލް އިން ބުނި ގޮތުގައި، ދެ އޯއެސް އެއްކޮށްލުމަކީ މެކްއޯއެސް ބޭނުންކުރާ މީހުން ވެސް އެދޭ ކަމެއް ނޫނެވެ.
އައިފޯން އަދި އައިޕެޑް އެޕްތައް މެކް ކޮމްޕިއުޓަރުގައި ބޭނުންކުރެވޭ ގޮތް ހެދުމަށްޓަކައި، އެޕަލް އިން ވަނީ ޑިވެލޮޕަރުންނަށް ފަސޭހަކޮށްދިނުމަށް "ޔޫއައިކިޓް"އެއް ތައާރުފުކޮށްފަ އެވެ. މި ބަދަލާ އެކު މިހާރު ވެސް މެކް ކޮމްޕިއުޓަރުތަކުން އައިއޯއެސް އެޕްތައް އެބަ ފެނެ އެވެ. އެގޮތުގައި "ނިއުސް"، "ވޮއިސް މެމޯޒް" އަދި "ސްޓޮކްސް" ފަދަ އެޕްތައް މެކްއޯއެސް މޮހާވޭ ގައި ވަނީ ހިނަމާފަ އެވެ. މިއީ އައިއޯއެސް އިން މެކްއޯއެސް އަށް ޕޯޓްކޮށްފައި ހުރި އެޕްތަކެކެވެ.
އެޕަލް އިން ޑިވައިސްތައް ދެ އޮޕަރޭޓިން ސިސްޓަމަކުން ވަކިކޮށްފައިވާއިރު، އެޕްތައް އެއްގޮތްކުރަނީ ކޮން ބޭނުމެއްގައި ކަމެއް އަދި ނޭނގެ އެވެ. ދެ އޮޕަރޭޓިން ސިސްޓަމް އެކައްޗަކަށް ނުހަދާނެ ނަމަ މިކަމުގައި އެޕަލް އަށް އޮތް ފައިދާ އަކީ މެކް ބޭނުންކުރާ މީހުން އަތުން އެޕްލިކޭޝަންތަކަށް އަގެއް ނެގުމެވެ. މާލީ މަންފާ އިތުރުކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަަހަށްދޭދޭ
06 June 2018
އައިއޯއެސް އެޕްތައް މެކްއޯއެސްގައި ބޭނުންކުރެވޭ ގޮތް ހަދަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އާފަލޭ މެން ތިޔާ އުޅެނީ ޓެކްނޮލޮޖީގެ ވޯލްޑް ގައި އަދި މާބޮޑަށް ފަހަތުގައޭ ތިޔާ ހުރިހާ ކަމަކީ މިހާރު އެންޑްރޮއިޑް ފޯން ތަކުން އެހެން ކޮމްޕިއުޓަރު ތަކަށް ސިންކް ކޮށްގެން ކުރާ ކަމެކޭ އާފަލޭ މެންނަށް ޓެކްނޮލޮޖީ ޑޮމިނޭޓް ކޮށްގެން ދެން ނޫޅެވޭނެއޭ ސެމްސަނޭ މެން ތިޔާ ހުރިހާ ކަމެއްވަނީ ކޮށް ނިންމާ އާ އެހެން ޗެޕްޓަރ ތައް އިނޮވޭޓް ކުރަން ފަށާފައޭ އޭޝިއާ އާއި ޖެހުނީމަ އެމެރިކާ ވެސް ޖެހޭނީ މަހަށް ދާން އާފަލޭ މެން ވެސް ޖެހޭނީ މަހަށް ދެން އާފަލޭ މެން މަަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...