މުނިފޫހިފިލުވުން / ޕްރިޔަންކާ ޗޯޕްރާ

"ކްއަންޓިކޯ" ގައި ދެއްކި މަންޒަރާ ގުޅިގެން ޕްރިޔަންކާ ޗޯޕްޅާ އާއި އޭބީސީން މާފަށް އެދިއްޖެ

އޭބީސީން ގެނެސްދޭ، ޕްރިޔަންކާ ޗޯޕްޅާގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ އެޕިސޯޑެއްގައި އިންޑިއާގެ ބަޔަކު ޓެރަރިސްޓުންގެ ގޮތުގައި ދައްކާފައި ވާތީ ޕްރިޔަންކާ އާއި އޭބީސީން މާފަށް އެދިއްޖެ އެވެ.

މިހާރު ދައްކާ "ކްއަންޓިކޯ" ގެ ފަހު ސީޒަނުގައި "ދަ ބްލަޑް އޮފް ރޯމިއާ" ގެ ނަމުގައި ގެނެސް ދިން އެޕިސޯޑްގައި އިންޑިއާގެ ބަޔަކު، ޕާކިސްތާންގެ ބޮލުގައި އަޅުވަން އެމެރިކާގެ މެންހަޓަންގައި ބޮމެއް ގޮއްވައިލަން ކުރާ މަސައްކަތްތަކެއް ދައްކަ އެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ވަރަށް ގިނަ ބަޔަކު ޕްރިޔަންކާއަށާއި "ކްއަންޓިކޯ" ގެ ޓީމަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެ ސިލްސިލާ ބޮއިކޮޓް ކުރަން ގޮވައިލުމުން އޭބީސީން ހުކުރު ދުވަހު ބުނީ އިންޑިއާގެ ބަޔަކު ޓެރަރިސްޓުންގެ ގޮތުގައި ދެއްކީ އެ ގައުމުގެ ނަން ހަރާބުކޮށްލުމުގެ ނިޔަތެއްގައި ނޫން ކަަމަށެވެ.

ޕްރިޔަންކާގެ ޓްވީޓް.

މި ސިލްސިލާގައި ތަފާތު ގައުމުތަކަށް ނިސްބަތްވާ މީހުން އެކި ގޮތްގޮތަށް ދައްކުވައި ދީފައިވާނެ ކަމަށާއި އެއީ ވަކިން އިންޑިއާ އަށް އަމާޒުކޮށްގެން ކުރި ކަމެއް ނޫން ކަމަށް ބުންޏެވެ.

ޕްރިޔަންކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާތީ، އޭބީސީގެ ބަޔާނުގައި ބުނީ "ކްއަންޓިކޯ" ގައި އެކްޓް ކުރުން ފިޔަވައި އެހެން އެއްވެސް ކަމެއްގައި އިންޑިއާގެ ބަތަލާގެ ހިއްސާއެއް ނޯންނާނެ ކަމަށެވެ. އެގޮތުން އޭގެ ސްޓޯރީ ބޯޑް ރޭވުމާއި އޭގެ ޑައިރެކްޝަނާއި އަދި އެ ނޫން ވެސް ޓެކްނިކަލް ކަމެއްގައި ޕްރިޔަންކާގެ ހިއްސާއެއް ނޯންނާނެ ކަމަށް ބުންޏެވެ. އެހެންވެ ޕްރިޔަންކާ އަށް އަމާޒުކޮށް ފާޑު ކިޔުމަކީން އިންސާފެއް ނޫން ކަމަށް ބުންޏެވެ.

"Quatico" ge manzarakun Indian meehun rulhigadhavejje

"Quatico" ge manzarakun Indian meehun rulhigadhavejje

The most trusted news source in the Maldives

Mihaaru

ޕްރިޔަންކާގެ އަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވި.

މިކަމާ ގުޅިގެން ޕްރިޔަންކާ ކުރި ޓްވީޓެއްގައި ވަނީ "ކްއަންޓިކޯ" ގައި ދެއްކި މަންޒަރަށް އަމިއްލަ ހައިސިއްޔަތުން މާފަށް އެދޭ ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި ސިލްސިލާގެ އެއްވެސް މަންޒަރެއްގައި އެއްވެސް ބައެއްގެ އިހުސާސްތަކާ ކުޅުމުގެ ނިޔަތެއް ނެތެވެ. އަދި އެފަދަ ކަމެއް ކުރެވިފައިވާ ނަމަ މައާފަށް އެދޭ ކަމަށް ބުންޏެވެ.

"އަހަރެން މާފަށް ވެސް އެދެން. އަދި އިންޑިއާ ރައްޔިތަކަށްވުމަކީ އަހަރެން އަބަދު ވެސް ފަހުރުވެރި ވާނެ ކަމެއް. އެކަން ބަދަލެއް ނުވާނެ،" ޕްރިޔަންކާ ބުންޏެވެ.

މިދިޔަ އެޕްރީލް މަހުގެ 26 ގައި ދައްކަން ފެށި "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަނުގައި ގެނެސް ދޭނީ ޖުމްލަ 13 އެޕިސޯޑެވެ. ފަހު އެޕިސޯޑް ދައްކާނީ އޮގަސްޓް މަހުގެ 3 ގަ އެވެ.

6 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 12%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަގީގަތަކީ

11 June 2018

ހޮލީވުޑް ވެސް ބޮލީވުޑްވެސް މުސްލިމުންނާއި ޖައްސާލާފަ.

The name is already taken The name is available. Register?

އެމް

11 June 2018

މީ އާމިރު ޚާން ބުނާ ވާހަކަ. ހޮލީވުޑް ފެންވަރުގެ ފިލްމު ބޮލީވުޑް އިން ނެރެވޭނީ ފުރަތަމަ އިންޑިއާގެ ބެލުންތެރިންގެ ފިކުރު ތަރައްގީވެ ހޭވެރިކަންވީ ދުވަހަކުން.

The name is already taken The name is available. Register?

ސުނީތާ

11 June 2018

މާފުކޮއްފިން.

The name is already taken The name is available. Register?

ޕާކިސްތާން

11 June 2018

ދެން ބޮލީވުޑްގައި ހަދާ ފިލްމުތަކުގައި ޕާކިސްތާން އަދި މުސްލިމުން ޓެރަރިސްޓުންނަށް ހަދާއިރު އެކަން ނުފެނޭބާ؟

The name is already taken The name is available. Register?

ވުޑްވުޑް

11 June 2018

ބޮލީވުޑް އެކަނިތަ؟ ހޮލީވުޑްގެ މާ ގިނަ ފިލްމުތަކުގެ ތިކަން ކުރަނީ ތިހެން.

The name is already taken The name is available. Register?

ހެހެހެ

11 June 2018

ހިންދީ ފިލްމް ތަކުގައި ޕާކިސްތާން މީހުން ޓެރަރިސްޓުންގެ ގޮތުގައި ދައްކާފަ އިންޑިޔާގެ މީހުން ދެއްކީމަ ގޯސްމިވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454