ޚަބަރު / ރ. ފައިނު

ފައިނުގައިި ހަދާ އެއާޕޯޓާ މެދު ވެސް ކަންބޮޑުވުންތަކެއް

އެއާޕޯޓާއި ސިޓީ ހޮޓާ އަދި މަޝްރޫއުގެ ދަށުން އިތުރު ތަންތަން އެޅުމުގެ ކުރެހުން

ރ. ފައިނުގައި ސަރުކާރުން ހަދަން ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓު އަދި ސިޓީ ހޮޓަލުގެ މަޝްރޫއާ މެދު އެ ރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

އައިލެންޑް އޭވިއޭޝަނާ މިހާރު ހަވާލުކޮށްފައިވާ މި މަޝްރޫއާ ދެކޮޅަށް ސޯޝަލް މީޑިއާގައި މިހާރު ދަނީ ކެމްޕޭނެއް ވެސް ހިންގަމުންނެވެ. "ސޭވް ފައިނު"ގެ ނަމުގައި ހިންގާ މި ކެމްޕޭންގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ އެއާޕޯޓާއި ސިޓީ ހޮޓާ އެޅުމަށް ފައިނުގެ ބޮޑު ބައެއް ނަގަން ނިންމާފައިވާ މައްސަލަ އެވެ. އެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ފައިނު ކައުންސިލާ ހިއްސާ ކޮށްފައިވާ ކުރެހުުމުގައިވާ ގޮތުން، ރަށުގެ ބިމުގެ ގާތްގަނޑަކަށް ތިން ބައި ކުޅަ ދެބައި ނަގަ އެވެ.

ފައިނުގައި ދަނޑުވެރިކަން ކުރާ ސަރަހައްދު: ރޯދަ މަހު މިލިޔަނެއްހާ ރުފިޔާ އެ މަސައްކަތުން ލިބޭ ކަމަށް ރައްޔިތުން ބުނޭ

އެއާޕޯޓު ހަދަން ފައިނުން ހަތަރު ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ނިންމާފައިވެ އެވެ. އޭގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ ޓްރެއިނިން ސެންޓަރަކާއި ކާގޯ ވިލެޖެއް ވެސް ތަރައްގީ ކުރާނެ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އުފަން ރަށް، ފައިނުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއާޕޯޓާއި ސިޓީ ހޮޓަލުގެ މަޝްރޫގެ އެއްވެސް ތަފުސީލެއް ރައްޔިތުންނަށް ކުރިން އެނގިފައި ނެތުމެވެ. އަދި އެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން މިހާރު އާއްމުކޮށްފައިވާ ޕްލޭނާ ރަށުގެ ގިނަ ބަޔަކު ދެކޮޅު ކަމަށް، އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

"ފައިނަކީ ރ. އަތޮޅުގައި އޮންނަ އެންމެ ރީތި ރަށް. އަދި ގިނަ ބަޔަކު ބުނާގޮތުން މާލޭން އުތުރުގައި އޮންނަ އެންމެ ރީތި އެއް ރަށް. ވަށައިގެން ރީތި ބީޗު އޮވެފައި، އާދަޔާ ޚިލާފު ބޮޑު ޖަންގަައްޔެއް ވެސް އޮވޭ. އެކަމަކު، މި މަޝްރޫއުގެ ދަށުން މި ހުރިހާ ރީތިކަމެއް އުމުރަށް ނެތިދާނެ،" ފައިނުގެ މީހަކު ބުންޏެވެ.

ފައިނުގައި އަޅާ އެއާޕޯޓާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިންގާ ކެމްޕޭނުގައި އާއްމުކޮށްފައިވާ އެ ރަށު ޖަންގަލީގެ ފޮޓޯއެއް

އޭނާ ބުނިގޮތުގައި، ފައިނުގައި އެއާޕޯޓު ހަދަން، މީގެ ދެ އަހަރު ކުރިން އެންމެ ފުރަތަމަ މަޝްވަރާ ކުރިއިރު ވެސް، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓެވެ. އެކަމަކު، އޭގެ އެއްވެސް ތަފްސީލެއް ނުލިބި އުޅެނިކޮށް އެ މަޝްރޫއުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރީ ކަމަށް އޭނާ ބުންޏެވެ.

"މީޑިއާ އިން އަޅުގަނޑުމެންނަށް އެނގުނީ މަސައްކަތް ބަޔަކާ ހަވާލު ކުރަން އުޅޭކަން. އޭގެ ތަފްސީލެއް ނޭނގޭތީ އަޅުގަނޑުމެން ދިޔައީ ކައުންސިލަށް. ކައުންސިލުން އޭރު ބުނީ ތަފްސީލު އާއްމު ނުކޮށް، މަޝްރޫއުގައި ސޮއި ނުކުރާނެ ކަމަށް. އެކަމަކު، އަޅުގަނޑުމެންނަށް ވާނުވާ ނޭނގި އުޅެނިކޮށް މި މަސައްކަތް އެ ކުންފުންޏާ މި ހަވާލުކުރީ،" ފައިނުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ފައިނުގައި ހަދާ އެއާޕޯޓުގެ ސަބަބުން އެ މަސައްކަތް ވެސް ނެތިދާނެ އެވެ. އަދި މަޝްްރޫއަށް ބިމުގެ ބޮޑު ބައެއް ނަގާތީ، އެ ރަށުން ދެން ގޯތި ދޫކުރާނެ ޖާގަ ވެސް ނުހުންނާނެ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.

ފައިނު އަތިރިމަތި: ގިނަ ބަޔަކު ގަބޫލުކުރާގޮތުން އެ ރަށަކީ ރާއްޖޭގައި އޮންނަ އެންމެ ރީތި އެއް ރަށް

ފައިނުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ އެ ރަށުން ގޯތި ދޫނުކުރާތާ އެތައް އަހަރެއް ވެފައިވާއިރު ގޯއްޗަށް އެދި މިހާރު ވެސް 22 މީހުން ސިޓީ ލާފައިވާ ކަމަށެވެ. އަދި އެއާޕޯޓު މަޝްރޫއުގައި ސޮއިކުރީ ގޯތި ދޫކުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށާއި ދޫކުރަން ނިންމާފައިވާ ބައެއް ގޯތި، މަޝްރޫއުގެ ސަބަބުން ގެއްލޭ ކަމަށް އޭނާ ބުންޏެވެ.

"މިއީ ލ. ގަމެއް ނޫން. މި ރަށުގައި އެއާޕޯޓެއް އަޅާފައި ސިޓީ ހޮޓަލެއް އަޅާފައި މަރާމާތު ކުރާ ތަނަކާއި އިތުރު ތަންތަން ހަދާނެ ޖާގައެއް ނޯންނާނެ. ގޯއްޗަށް ބެލި ކަމުގައި ވިޔަސް ކުރިއަށް އޮތް 10 އަހަރު ފަހުން މި ރަށުގައި މީހުން އަލަށް ދިރިއުޅޭނެ ބިމެއް ނޯންނާނެ،" އޭނާ ބުންޏެވެ.

ފައިނުން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި، ރޯދަ މަހު ގާތްގަނޑަކަށް އާމްދަނީއެއްގެ ގޮތުގައި މަހަކު މިލިއަނެއްހާ ރުފިޔާ ލިބޭ ދަނޑުވެރިކަން ހުއްޓުމުގެ އިތުރުން ރަށުގައި އަލަށް އަޅާ އިންޖީނުގެ އާއި ކުނިކޮށި ވެސް އަޅަން ނިންމާފައި ވަނީ އެއާޕޯޓު ހަދާ ބިމުގަ އެވެ. ސަރުކާރުން މިހާރު ނިންމާފައި ވަނީ އެ ތަންތަން، އާއްމުން ދިރިއުޅޭ ސަރަހައްދަށް ބަދަލު ކުރުމަށް ކަމަށް އޭނާ ބުންޏެވެ.

"ދެން ހަމަ އަޅުގަނޑުމެން ދިރިއުޅެން އޮތް ޖާގައެއް ނޫންތޯ އެ ގެއްލެނީ."

ރައްޔިތުންގެ މި ކަންބޮޑުވުންތަކާ ގުޅިގެން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވަނީ ފައިނަށް ވަޑައިގެން، އާއްމުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި މަޝްރޫއުގެ ކުރެހުމަކީ އަދި ފައިނަލް ނޫން ކަމަށާއި ރައްޔިތުން އެދޭ ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް، އެ ރަށުގެ މީހުން ބުނެ އެވެ.

ރައްޔިތުންގެ މި ކަންބޮޑުވުންތަކާ ގުޅޭގޮތުން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.

32 ކޮމެންޓް, 89 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 71%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވުޒަހަރާ

12 June 2018

އައިލެންޑު އޭވިއޭޝަން އާއި ހަވާލު ކުރުމަކީ ފުރަތަމަވެސް ފީކަޅާ. ސަބަބަކީ ވަރަށް ކަންފަސޭހަ ގަޔަށްދޫބައެއް. މިހާރުވެސް އެއްވެސް ހަމައެއް ނެތި އަލާފައިވާ ތަންތަނުގެ ސަބަބުން މަތިން ކިތަމެ ރީއްޗަސް ވަރަށްގިނަ ކަންތައްތައްހުރި ބޯކުންލާފަ.

The name is already taken The name is available. Register?

އަންނަންއޮތްޖީލު

11 June 2018

ރައްޔިތުންނޭ ހެޔޮނުވާނެ ތިއޮށް ރީތި ރަށަށް ތިހެން ނުހަދާ،، ފަހުން ހިތާމަކުރާނެ.

The name is already taken The name is available. Register?

ނަންރީތި

11 June 2018

އަތޮޅުތެރޭގައި ތަރައްގީއަށް ބޮޑުކަމެއް ކުރަންޏާ ބަޔަކު ކަންބޮޑުވާނެ، މޭތެޅޭނެ، ހާސްވާނެ. މިކަންވެސް ނިކަން މާލޭގަކޮށްބަލަ ހުރިހާކަމެއްވެސް ރަނގަޅުވާނެ. ފާޑުފާޑުގެ ޖަމްއިއްޔާތަކުގެ ނަމުގައި މިތިބެނީ ރާއްޖެތެރެ ތަރައްގީވިޔަނުދޭން. ބަލަ ވިލިމާލޭގެ ގަސްތައްކަނޑާ ގޯތިދިންއިރު އެއްވެސް ބަޔަކު ފަޔަށް ހިނިއެރިތޯ، ހުޅުމާލެ އެކިފިޔަވައްސަށް ހިއްކާ މީސްމީހުންނަށް ގޯތިތައް އެދެނީ ބަޔަކު ކަހާލިތަން ހިރުވައިވެސްލިތޯ؟ އެކަމަކު ކުޅުދުއްފުށީގައި އެއަރޕޯޓް އަޅައިގެންނުވޭ، ފައިނުގައި އަޅައިގެންނުވޭ، އެހެންރަށެއްގައި ތަރައްގީގެކަމެއް ކޮށްގެންނުވޭ... މިދެން ތިމާވެއްޓޭކިޔަސް ބޮޑުވަރެއް!!

The name is already taken The name is available. Register?

މާސްޓަރ

11 June 2018

ލަދުން ބޯހާލާކު. ދިވެހިންގެ ގަމާރުކަމާހެދި. ސިޔާސީ މީހުންގެ ސްޓަންޓުގައި ޖެހި އަމިއްލަ މުސްތަގުބަލް އުޖާލާ ކުރަން ލިބޭ ރަނުގެ ފުރުސަތުތައް ނަގާލާތިީ.

The name is already taken The name is available. Register?

ގަޅިކަން

11 June 2018

1/2 ފަޅި މީހުން އުޅޭރަށެށްގަ މިފަދަ ބިޔަ މަޝްރޫޢަކާއި އެކު ރަށްތަރައްގީކުރާތީ އުފާ ނޫންތޯ ފާޅުކުރަންވީ.. ދަނޑުވެރިކަމުން ތިލިބޭ ފައިދާއަށްވުރެ އެތައް ގުނައެށް ފައިދާވާނެ.. ދިވެހިން ގަޅިކަންމަތީ އަބަދަށް..

The name is already taken The name is available. Register?

އދރބ

11 June 2018

ޙުދު މުޙުތާރު ސަރުކާރުން ކަންކުރަން ނިންމީމަ އެކަން އެޔޮތީ ނިމިފަ. ކޮން ރައްޔިތުންނެއްް އޮންނާނީ ދެން. ތި އާދަމް ޝަރީފް ވެސް ތީ އަމިއްލަ އުފަން ރަށަށް ކުލުނެއް ހުރި މީހެއްނަމަ ތިކަން ރައްޔިތުންނާ ޙިއްސާކުރަން މަސައްކަތް ކުރާނެދެއްތޯ... .

The name is already taken The name is available. Register?

ހޮޓްކިންގ

11 June 2018

ރާއްޖޭގައި އާބާދީ މަދު ރަށްރަށަކީ ތަރައްގީއަށް ވަރަށް ފުރުސަތު ކުޑަރަށްތަކެއް. އަމުދުން ކޮންމެ ސަރުކާރެއްގައިވެސް އެފަދަ ރަށްރަށަށް އަޅާލުން ކުޑަ. ފައިނަކީވެސް އާބާދީގައި 500 މީހުންވެސް ހަމަނުވާ ފަށެއް. ރަށުގެ ރީތިކަން ބަލަހައްޓައިގެން މިހުރިހާ ދުވަހު ތިބީ. ރަށުން މީހުން ދަނީ މަދުވަމުން މާލެއަށް ހިޖްރަކުރަމުން. ރަށުގައި ދިރިނޫޅޭ 300 އެއްހާ މީހުންވެސް. ކަން މިހެން އޮތްއިރު މިފަދަ ބިޔަ މަޝްރޫޢަކާއި އެއެކު ރަށްތަރައްގީކުރުމަށް ލިބޭ ފުރުސަތެއް ނަގާލުމަކީ ކުރިއަށް އޮތް ޖީލުތަކަށް ދެވޭނެ ގެއްލުމެއް. ރަށުގައި ތިބި އިދިކީލި މަދުމީހެއްގެ ގަސްރުކާއި ހެދި އެމީހުން މިފަދަ ކޮންމެ ކަމަކަށް ދެކޮޅުހަދައި ވަރު ދައްކަނީ. ތަރައްގީ ނެގި މިހުރިހާދުވަހު ފައިނު އޮތުމުން ވީ ފައިދާއެއް ދައްކަބަލަ.

The name is already taken The name is available. Register?

މަ މިއު މަ

11 June 2018

1. އާންމުންގެ ވިޔަފާރި އަށް ވަނުން ހުއްޓާލާ 2. އެއްފަސް ކުރެވެން ނެތް ކުޑަ ރަށެއްގަ އެއާޕޯޓު އެޅުމަކީ މުޅި ގައުމަށް ދެވޭ އަނިޔާ އެއް

The name is already taken The name is available. Register?

މުރާދު

11 June 2018

ފައިނަކު އެއަރޕޯޓް އަޅާނެ ކަމެއް ނެތް އެއޮތީ ބެރިއަންފަރު އެއްދުވަހުން ހިއްކާލާފަ އަޅަންވީ އޭރުން ތިބެދާނެނު ކަރާ ހައްދައިގެން

The name is already taken The name is available. Register?

ޙިނި

11 June 2018

3000000000000 މިލިޔަނުން ބާ އެޔާޕޯޓުއަޅަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454