ހުސްނުއްސުއޫދު ލިޔުއްވި ރަދީފު ފޮތް އަލީ ޔަހުޔާ ނެރެދެއްވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
12 ޖޫން 2018 - 15:05
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ލިޔުއްވާފައިވާ "ގާނޫނީ ރަދީފު" ފޮތް ނެރެ އެ ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަން މިއަދު ލޯންޗްކޮށްފި އެވެ.
މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހަފުލާއެއްގައި އެ ފޮތް ނެރެދެއްވީ ބ. އޭދަފުށީގެ ކުރީގެ ކަތީބު އަލީ ޔަހްޔާ އެވެ. އެ ހަފުލާގައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ބައިވެރިވެ ވަޑައިގަތެވެ.
އެ ފޮތުގައި ގާނޫނީ ބަސްތަކުގެ މާނަ ތަފްސީލާއެކު ހިމަނާފައިވެ އެވެ. އިނގިރޭސީން ބޭނުންކުރާ ބަސްތަކާ އެކު އެފޮތުގައި 1200 އަށްވުރެ ގިނަ ބަސް ހިމެނެ އެވެ.
ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަން މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ. އަދި އައިއޯއެސް އެޕްލިކޭޝަން ވެސް މާ ލަސްތަކެއް ނުވެ ލޯންޗްކުރަން ވަނީ ނިންމައިފަ އެވެ.
މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ރަދީފު ފޮތް ކިޔުއްވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އެ ފޮތާ ގުޅޭގޮތުން ސުއޫދު ވިދާޅުވީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފަރާތުން އެ މަސައްކަތް ކުރަން އޭނާ ނިންމެވީ ދިވެހި ބަހުގެ އެކަޑަމީން ބަހުގެ ރަދީފް ހެދުމަށް އެކަށީގެންވާ މަސައްކަތް ނުކުރާތީ ކަމަށެވެ. އޭނާގެ މަގުސަދަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ގާނޫނީ ގޮތުން ތައުލީމް ހާސިލްކުރާ މީހުންނަށް ގާނޫނީ ބަސްތަކުގެ މާނަ ފަސޭހައިން އެނގޭނެ ގޮތެއް ހަމަޖެއްސުން ކަމަށް ވިދާޅުވި އެވެ.
"މި ފޮތުގައި މާނަ އާއި ޑެފިނީޝަން ހިމަނާފައި ވާނެ. އަދި އެ ބަހަށް އިނގިރޭސި ބަހުން ބޭނުންކުރާ ބަސް ވެސް ލިޔެފަ ވާނެ،" ސުއޫދު ވިދާޅުވި އެވެ.
އެފޮތުގައި ގާނޫނީ ދާއިރާގެ ބަސްތަކުގެ އިތުރުން މާލީ ދާއިރާ އާއި ބެންކިން ދާއިރާގައި ބޭނުންކުރާ ބަސްތައް ވެސް ހިމެނޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ހުސްނުސުއޫދު ލިޔުއްވި ރަދީފު ފޮތް އަލީ ޔަހުޔާ ނެރެދެއްވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އެ ފޮތް ބުކްޝޮޕްތަކުން 200ރ. އަށް ވިއްކާއިރު ގިނަ ފޮތްތަކެއް ހިލޭ ބެހުމަށް ވެސް މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ވަނީ ނިންމައިފަ އެވެ.
ސުއޫދު އާއި ވަކީލް މުހައްމަދު ޝަހުދީ އަންވަރު، އުފައްދާފައިވާ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފަރާތުން މީގެ ކުރިން ވަނީ ބިމާ ބެހޭ ގާނޫނީ ފޮތަކާއި ވަޒީފާއާ ބެހޭ ގާނޫނީ ފޮތެއް ވެސް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
13 June 2018
ރަދީފް.
ވާނުވާ1
13 June 2018
ކޮންމެވެސްވަރަކަށް އެބަ އޮޅުންއަރާ ކޮންމެ އިނގިރޭސި ބަހަކަށް ދިވެހި ބަހެއް ހެދުމުން. އިހަކަށްދުވަހުވެސް ކުޑަކުދިންތަކެއް " ގަނާކުރުން " ކިޔައިގެން ނޫހުގައި ހުރި ކޮމެންޓްތަކަށް ބަލާލީމަ ފެންނާނެ މައްސަލަތައް. ބަހުގެ އެކަޑަމީގައި ހުންނަ ބަސްބަހާއި އާއްމުކޮށް މީހުން ( ނޫސް މަޖައްލާ ) ތަކުގައި ބޭނުންކުރާ ބަހާއި ތަފާތު. މިސާލަކަށް "ހަނގާ" ކުރުން. ވީމާ ބަހުގެ ކަންކަން ތަންކޮޅެއް ހަރުދަނާ ކުރަންވެއްޖެ. އަހަރެމެންގެ ދަރިން މިހާރު ނޫލޭ އެއްގޮތަކަށްވެސް ދިވެހިބަހުން ވާހަކަދައްކާކަށް މިއީ ރޭޑިއޯ އަދީ ޓީ،ވީ އަދި ކަމާއި ގުޅުންހުރި ފަރާތްތަކުގެ މައްސަލަ.
ދެބޯގެރި
13 June 2018
އޮއި ބަދަލުވާ ވަޤުތު "އޮއި ކާށި"ގިނަވާނެ އެވެ.
ކަން ނުވާ ނަންވާ
13 June 2018
ސުއޫދަކީ "ކަމަކަށް ކަމެއް"(ނަމެއްގައި) ކުރައްވާ ބޭފުޅެއް ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ކޮލިޓީ ދަށްކޮށް އިލްމީ ލިޔުން ތަށް ލިޔުއްވާ ކަން ފާހަގަ ވެއެވެ.ވަރަށް ކަންފަސޭހަ ކޮށް، ކޮޕީ ކޮށްފައި ހުންނަ ފޮތް ވެސް ނެރުއްވާފައި އެބަ ހުއްޓެވެމ
މިއީ
13 June 2018
މިއީ އަޅުގަނޑުވެސް ތާއީދު ކުރާ ވާހަކައެއް.
ފާތުން
13 June 2018
ސުއޫދުވެސް ތި ރަދީފް ރަނގަޅަށް ބަލާ ކުރާ މަސައްކަތުގަ ޤާނޫނާ ޚިލާފު ނުވެ އެހެން މީހުންގެ ހައްޤަށް އަރައިނުގަނަ އަމިއްލަ ދިރިއުޅުމަށް ފައިސާ ހޯދޭނެ ގޮތްގޮތް އިސްކުރާނެ ކަމަށް އުންމީދުކުރަން.
ބަސްމޮށުން
13 June 2018
މިހާރު ރަދީފުތަކާ ބަސްތަކާ ވިހާލެއްގިނަކަމުން މަމީދިވެއްސެންކަންވެސް މަށަށްއޮޅިއްޖެ
ގާނޫނު
12 June 2018
ކޯޓުތަކުން ތި ބަސްތަކުގެ މާނަތައް ތިގޮތަށް ބޭނުން ކުރިއްޔާތާ. ކަލޭމެން ބުނާހާ ގޮތަކަށް ބަސް މާނަ ކުރާކަށް ނެޖެހޭ!
ރުޅި؟
13 June 2018
މިހާ ރަގަޅުކަމެއް ކުރީމަވެސް ހަމަ ތިއައީ ރުޅި. ދެން ކިހާދެރަކަމެއް ތީ!
ކޭމްޕޭން
12 June 2018
މިހާރު ކޮއްމެ ދުވަހަކު ސޫދު ނޫހުން ފެނޭ. ރޭހުގައި ކާމިޔާބީއައް އެދެން. :(