ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިލާ އަކަށް ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އަލީ އާދަމް--
17 ޖޫން 2018 - 15:56
ދިވެހިންނަށް ވިސާ ދިނުމުގައި އިންޑިއާ އިން ވެސް އިންތިހާ އަށް ދަތިކުރާ ކަމަށް އެ ގައުމުގެ ޓްރިވެންޑްރަމްގައި ކުރިން ހުންނެވި ދިވެހި ކޮންސުލް އަލީ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ މައްސަލަ ހައްލުކޮށް ދިނުމަށް ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އިންޑިޔާ ސަރުކާރަށް ގޮވާލެއްވުމާ ގުޅިގެން، "މިހާރު" ގައި ޖެހި ޚަބަރު ޓުވީޓް ކުރައްވައި، އަލީ އާދަމް ވިދާޅުވީ ދިވެހިންނަށް ވިސާގެ ދަތިކަން ކުރިމަތިވެގެން އެކަން ހުށަހެޅުމުން އިންޑިއާ ސަރުކާރުން އަޅައި ނުލި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އަކީ ކުޑަ ގައުމެއް ނަމަވެސް އޭގެ ސަބަބުން އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިވި އެވެ.
Dhivehin nah va visa ge undhaguluge vaahaka ekifaharumathin dhekkunu. Dhivehi ge madhu meeskolhakah vefa kuda gaumeh veema kanneyge hama kahaathan hiruvaaves nulehvvi. Adhadhun bodu number eh veema undhagoo fulhu ves vaane thaa dhehthoa? https://t.co/GhbzFgUbmb
— علي ادم (@aliadam1978) June 17, 2018
އަލީ އާދަމް މިއަދު ކުރެއްވި ޓްވީޓް--
"ދިވެހިންނަށް ވިސާގެ އުނދަގުލުގެ ވާހަކަ އެތައް ފަހަރެއްގެ މަތިން ދެއްކުނު. ދިވެހިންގެ މަދު މީސްކޮޅަކަށް ވެފައި ކުޑަ ގައުމެއް ވީމަ ކަމެއް ނޭނގޭ ހަމަ ކަހާތަން ހިރުވާ ވެސް ނުލެއްވި." ހަތަރު ވަރަކަށް އަހަރު ދުވަސް ވަންދެން، ޓްރިވެންޑްރަމްގައި ހުންނަވާ ދިވެހި ކޮންސުލްގެ މަގާމު ފުރުއްވައި އަދި މިހާރު އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާ އަލީ އާދަމް ވިދާޅުވި އެވެ.
"ދެ ގައުމުގެ މީހުން ވެސް ދެ ގައުމަށް ގޮސް، އައިސް އުޅެނީ ޒަރޫރީ ބޭނުންތަކުގައި. އުނދަގޫވީމާ ބޮޑަސް، ކުޑަޔަސް އުނދަގޫވީމަ ހަމަ ކޮންމެ ގައުމަކަށް ވެސް އުނދަގޫވާނެ."
އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު ވެސް ވަނީ ދިވެހިންނަށް އިންޑިއާ އިން ވިސާ ލިބުން ދަތިވުމާއި އެ ގައުމަށް ދިއުމުން ސަބަބެއް ނާންގާ ބައެއް ދިވެހިން އަނބުރާ ފޮނުވާލާ ކަމަށް ވިދާޅުވެފަ އެވެ.
Nihan fonuvaali sababeh Naangaa, kanboduvey: Safeer
The most trusted news source in the Maldives
Mihaaru
ނިހާން ފޮނުވާލި ސަބަބެއް ނޭންގޭ ކަމަށް ރާއްޖޭގެ ސަފީރު ވިދާޅުވުން--
ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން ވަނީ، ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ މީހުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ މައްސަލަ ހައްލުކޮށް ދިނުމަށް އިންޑިއާގެ ސަރުކާރުގައި އިއްޔެ އެދިވަޑައިގެންފަ އެވެ. އަދި ރާއްޖެ އިން މިހާރު އިންޑިއާ މީހުންނަށް ވިސާ އާއި ވޯކްޕާމިޓް ނުދޭ ކަމަށް ބުނެ އެ ގައުމުގެ ގިނަ ނޫސްތަކެއްގައި ވަނީ އެކަން ރިޕޯޓް ކޮށްފަ އެވެ.
ނަމަވެސް ރާއްޖޭގެ އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަންވަރު އެކަން ދޮގުކުރައްވަ އެވެ. އޭނާ މިއަދު "މިހާރު" އަށް ވިދާޅުވީ އެއްވެސް ގައުމެއްގެ ރައްޔިތަކަށް ވިސާ އަދި ވޯކް ޕާމިޓް ދޫކުރުމުގައި ރާއްޖެ އިން ތަފާތު ކުރަމުން ނުދާ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާގެ ރައްޔިތުން ވެސް ހިމެނޭނެ ކަމަށާއި އެ ގައުމުގެ މީހުންނަށް ރާއްޖޭގެ އިމިގްރޭޝަންގެ އުސޫލުގެ ތެރެއިން ވިސާ އާއި ވޯކް ޕާމިޓް ދޫކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ މިހާރުގެ ސަރުކާރުން އިންޑިއާގެ ވާދަވެރި ޗައިނާއާ ގުޅުން ބަދަހި ކުރާތީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސަރުކާރުން އަމަލުކުރާގޮތްތަކަށް އިންޑިއާއިން އަންނަނީ ފާޑުކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓުޕިޑް އިންޑިއާ
27 September 2018
އިންޑިއަން ޑިޕޮލޮމެސީ ސަކްސް. އިންޑިއާގަ ތިބި ހުރިހާ ދިވެހިން ބޭރުކޮއްލީ ދިވެހި ސަރުކާރު ދެކެ އައި ރުޅީގަ. ފަރުދީ ދިވެހި މީހާއައް ހުރިހާ ގެއްލުމެއް ދިނީ.
ސުންދުސަ
20 June 2018
ކޮންވާހަކައެއް ދައްކާކަށް. ތިޔަ މަނިކުފާނު ގޮސް އެކަން ބޮޑަށް ހަލާކުކޮށްލީ. އެތާ ބަޔަކާ ގުޅިގެން ދިވެހިން މީހުން ބެއިތިއްބުމުގެ ވިޔަފާރި ކުރަނީ އޭ ކިޔައިގެން ދިވެހިންތައް ބޭރުކުރީ. ބަލަ އިންޑިޔާ މީހުންތައް މިތާ ރަޖިސްޓަރީ ނުކޮށް ކުރާހާއި ވިޔާފަރި ތައް ބަލާނެ ބަޔަކުނެތް. ތަފާތަކީ އެމީހުން ބަލާފައި ފިޔަވަޅު އަޅާކަން. ދނިޔޭގައި ނޯވޭ ކެރެލާ އަށް ދާ ދިވެހިންނަށް ނޫނީ ސީ ފޯމް ކިޔާ ފޯމެއް ފުރައި ކުށްވެރިޔަކު ގޭން ބަންދުގައި ހުންނަތަން ބަދަލުވާހެން ކޮންމެފަހަރަކު ޕޮލިހަށް ހުށައަޅަން ޖެހޭ ގޮތަށް އޮންނަ ހަމަ އެކަނި ތަން. އަނެއްކާ ހަމަ ކޮންމެ ކަމަކަށް ދިވެހި އައީ ޑީ ކާޑުގެ ކޮޕީ ހުށައަޅަން ޖެހޭ ގައުމެއްވެސް ނެތް ތިނޫނީ.
ދަރީ
19 June 2018
އަންވަރު ތިހަދަނީ ކަނޑައެޅިގެން ދޮގެއް. އިންޑިޔާ މީހުންނަށް ވާކްޕާމިޓް މިހާރު ހަދާނުދޭތާ އެތައް މަހެއް ވެއްޖެ
ބަޝީރާ
18 June 2018
ރާއްޖެއަކަށް ނޮއޮންނާނެ ބޮޑެތި ގައުމުތަކާއި ދުރަސްގޮސްގެން މަންފާއެއް، އިންޑިއާއަށް އެއްވެސް ބަޔަކު އެތެރެނުވިޔަސް އިންޑިއާއިން ކައިގެން ބޮވެގެން އުޅޭނެ، އެކަމަކު ދިވެހިންގެ އިޤްތިސާދު ބިނާވަނީ ބޭރުގެ ގައުމުތަކަށް، ދިވެހިންނަށް ބޭނުންވާ އެންމެ އަސާސީ ސާމާނު އަންނަނީ އިންޑިއާއިން ކޮމަންވެލްތުން ބުނީ ޑިމޮކްރަސީއަށް ވާސިލްވާށޭ، ދެން އެމެރިކާއިން އަދި ޔޫރަޕިއަނުން ބުނީ އިންޑިއާއޭ ފުރަތަމަ ތިޔަ މައްސަލަ ހައްލުކުރާނީ، އިންޑިއާއިން އެޒިންމާ ނަގައިގެން އުޅެނީ، އެއީ އަވައްޓެރި ގައުމަށްވީތީ، އެކަމަކު އެވާހަކަ ދައްކާ ކޮންމެ ބަޔަކާއި މިޤައުމުދަނީ ދުރަށް، މިއީ ދިވެހިން ބަލައިގަންނާނެކަމެއްނޫން
އަހަންމައިދި
18 June 2018
ބަސީރާ ހޮއްކޯ، އިންޑީޔާ މީހުންގެ މިގައުމުގައި ބޮޑުމުސާރަނަގައިގެން އަދާކުރާ ވަޒީފާތައް ދޫކޮށް ދާންވީމާ، އެމިހުންގެ ވަޒީފާ ގެއްލުނީމާ، އެމީހުން ގޮސް އިންޑިޔާގެ ސަރުކާރަށް ޕްރެސަރުކުރީމާ އިންޑިޔާއަށްވެސް ހުންނާނެ ބޮޑެތި ދަތިތައް. މިހާރުވެސް ކެރެލާމީހުންގެ ޕްރެސަރު ބޮޑުވެގެން ޗީޕްމިނިސްޓަރު އެޅުނީ. ކެރަލާގެ ސްޓޭޓްގެ ބޮޑެތި ސިޓީތަކުގެ މުހިއްމު އެއް މަސައްކަތީ ރާއްޖޭގެ ޓްވަރިޒަމް ވިޔަފާރި. ޓްރެވިންޑްރަމް ތަންތަން ކުރިއަރާފައި އެހުރީ ރާއްޖޭގެ ނަމުން މުއްސަދި ދިވެހިން ފައިސާ ތަޅާބްރުވައިގެން. މިބައި ނުލިބެން ފެށީމާ ސަރުކާރަށްވެސް ޕްރަސަރު ބޮޑުވާނެ ހޮއްކޯ!! އިންޑީޔާއަށް ކޮން މައްސަލައެއްް ހައްލު ކުރެވޭނީ. އަމިއްލަ ގައުމުގެ ކަންކަން ހައްލުނުވެގެން އުޅޭބަޔެއް. ބަސީރާމެން ޅައީ އަދި ހޮއްކޯ.
ބަޗީ
18 June 2018
ބޮޑަސް ކުޑަޔަސް ހަމަވާނީ އެއްގޮތް. ކާން ނުލިބޭނަމަ ބަނޑުހައިވާނެ.
ހޭލާ
18 June 2018
ދިވެހިންނަށް މިހުރިހާ ތުރާލެއް ޖެއްސީ މިސަރުކާރުން..!! އަދި މިސަރުކާރާ އެކީ ތިބި ސިޔާސީ އިސް މީހުން !! ކުޑަ ގައުމެއްކަން ހަނދާން ނެތީތޯ އެދުވަހު ތިބޭފުޅުން ގަދަ ބަސް ކުރިއަށް ނެރުއްވިއިރު..އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުން..ދިވެހި ރައްޔިތުން ހޮވާފަ އޮތް ސަރުކާރަކުން ރައްޔިތުންގެ ނަމުގަ ބޮޑު ގައުމަކަށް ކުރި ޖެއްސުމުގެ ހިތި ބަދަލު ރައްޔިތުންނަށް މިއޮތް ލިބެނީ..ވަރަށް ވެދުން ސަލާމް އިންތިހާބުގަ ރައްޔިތުން ވިސްނަވާ!!
ދޮންކަލޯ އަލޮ
18 June 2018
ހޭލާތަ ތިހިރީ. ނޫނީ އަންނިގެ މަސަތުގަތަ. ހޭލާ ހުރިނަމަ ފެންނާނެ މިކަން ފެށުނުގޮތް.
ޝޮކްތެރަޕީ
18 June 2018
އިންޑިޔާ މީހުން މިރާއްޖޭގެ ރިސޯޓުތަކުގާ އިސްމަގާމުތަކުގާ އެތިބެނީ ދިވެހިންނަ އެފުރުސަތުލިބެންޖެހޭ.
މުގުރި
18 June 2018
އިންޑިޔާމީހުން ގެންނާނެކަމެއްނެއް. އެމީހުންގެނައީމަ ކުރަނީ މިގައުމުގައި ވިޔފާރި . މިސާލަކަށް ތައިލެންޑު ނުވަތަ ފިލިޕީންސް މީހުންގެނައީމަ މާރަގަޅުވާނެ. އެއީ އަވަށްޓެރިންނެއްނޫ. ފަށޭހަވާނެ ފޮނުވާލަންވެސް.
ޢަލީ1375
18 June 2018
އަހަރެން މީހާރުވެސް މިހިރީ އިންޑިޔާގައި.ވަރަށް ފަސޭހަ ގޯނާއެއް ނުކުރޭ.ދެން އަހަރެން ނުދެކެން ނިޙާނު އަކީ ދިވެހި ހުރިހާ ރައްޔިތުންކަމަކަށް އޭނައަށް ވިސާ ނުލިބުނީމަ މާވަށް ތިވަނީ.ވަކަމާއި އަނިޔާވެރިންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާދޭ..
އިބްރާހިމު
18 June 2018
ކަލޭ ތިހިރީ މާލޭގަ. ކޮން ދޮގެއް ތިހަދަނީ. ކޮމެންޓް ކުރާ އިރު ލޮކޭޝަން ފެންނަ ކަމެއް ނޭންގޭ ދޯ
އަލިބެއްޔާ
17 June 2018
ދެން އެހެންވީރު ފިޔާ އާއި އަޅުވި އަދި ކުކުޅުބިސް ދަތިކޮއްލީމާއާއި ބޭސްއާއި ޑަކްޓަރުން ދަތިކޮއްލީމާ ދެން ކުރާނީ ކީއްތޯއެވެ. ރާއްޖޭން އަޅާނީ ކޮންފިޔަ ވަޅެއްތޯ ؟ ޗައިނާ ބިސް ގެންނާނީ ތޯ ؟ ޗައިނާއިން ގެންނަ ކުކުޅު ބިހަކުން މީހަކު ކައިފިނަމަ 1 ހަފްތާ ވާދެން ނުކައި ހުންނަޖެހޭނެއެވެ. އެއީ ޕްލާސްޓިކް ގޮބަލީގެ މޮޅު ކަމުން ހިފެހެއްޓޭނެތީއެވެ.
ބިރިޔާނީ
18 June 2018
ރިޒުޤު ދެއްވާ ފަރާތުން ތިޔަކަން ހަމަޖައްސަވާނެ