އޭލެވެލް އިމްތިހާނުން ރާއްޖެ އިން ވަނަ ހޯދި ދަރިވަރުންތަކެއް: ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައި --ފޮޓޯ: ހުސައިން ވަހީދު/މިހާރު
18 ޖޫން 2018 - 14:34
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ ޑޮކްޓަރުކަމުގެ ކޯހަށް 60 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް، އެ ކޯސް ހިންގާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު ބުނެފި އެވެ.
ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އާއިޝަތު ޝާހީން ވިދާޅުވީ ޑޮކްޓަރުކަން ކިޔަވަން އެދުމުގެ ފުރުސަތު މިދިޔަ ބުރަސްފަތި ދުވަހު ހަމަވިއިރު، 65 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ. އެ ދަރިވަރުންގެ ފޯމުތައް މިހާރު ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހީން ވިދާޅުވީ މުއްދަތު ހަމަވިޔަސް އެ ކޯހަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ. ކޯހުގެ ޖާގަ އަކީ 50 އެވެ.
"އުއްމީދުކުރި ވަރަށް ވުރެ ދަރިވަރުންގެ ފަރާތުން ލިބުނު ތަރުހީބު ރަނގަޅު. މިހާރު އަންނަނީ ދަރިވަރުންގެ ފޯމުތައް ބަލައި ޖާގަ ދެމުން،" ޝާހީން ވިދާޅުވި އެވެ.
އެ ކޯހުން ޖާގަ ދިނުމުގައި އިސްކަންދޭނީ، ކޯހަށް އެންމެ ފުރަތަމަ ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ. ކޯހުގެ ޝަރުތުތަކާއި އޮނިގަނޑު ވެސް ވެސް ތައްޔާރުކޮށްފައިވަނީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ފެންވަރަށް ކަމަށް އެމްއެންޔޫ އިން ބުނެ އެވެ.
ޑޮކްޓަރުން ތަމްރީނުކުރާ ޕްރޮގްރާމަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލްގައި ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި ހިސާބުން ފާސްވުމާ އެކު އޯ ލެވެލް އިމްތިހާނުގައި މަދުވެގެން ފަސް މާއްދާއިން ފާސްވުން ހިމެނެ އެވެ. އޭގެ ތެރޭގައި އިނގިރޭސި މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބެން ޖެހެ އެވެ.
ފަސް އަހަރުގެ މުއްދަތަށް ހިންގާ ކޯސް ފީ އަކީ މަހަކު ގާތްގަނޑަކަށް 1،000 ޑޮލަރު (ގާތްގަނޑަކަށް 15،000ރ.) އެވެ.
އެމްއެންޔޫ އިން ނިންމާފައިވަނީ ޑޮކްޓަރުން ތަމްރީނުކުރަން، ހުޅުމާލޭގައި މެޑިކަލް ކޮލެެޖެއް ހުޅުވާށެވެ. ނަމަވެސް އެ ކޮލެޖު ހުޅުވެންދެން ކޯސްތައް ހިންގަނީ އަލަށް ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ. އެކަމަށް އެ ހޮސްޕިޓަލްގެ ދެ ފްލޯ ވަނީ ހާއްސަކޮށްފަ އެވެ.
މި ކޯހަށް އަމާޒުކޮށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން ވަނީ ލޯނުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްލަކިން ޑޮކްޓަރ
19 June 2018
އެއްލަކިންތޯ؟
ސަރުކާނު
19 June 2018
ނުވާނެ އަށް ބުނެލަން އޮތީ މީ ޓިއުޝަން ކްލާހަކުން ކިޔަވަން އުޅެނީކީ ނޫނޭ. ކަލްކިއުލޭޓަރ އަތުގަ އޮތީމަ ފިތްތަކަށް އޮބައިގެން ޢަދަދުތަކެއް ނެރެވިދާނޭ އިގޭތޯ؟ ރާއްޖޭން ބޭރުން ކިޔަވާނަމަ ދާނެ ޚަރަދާ އަޅާ ބަލާފަ މޮޔައިންގެ ވާހަކަ ދައްކަވާށެވެ. ދެން މިކަމަށް ސަރުކާރުން ވަނީ ލޯން ހަމަޖައްސާދީފަ ކަމަށްވާތީ އޭނަގެ އެހެނިހެން ޚަރަދު ކުރަން ހުންނަ ޝަރޫރީ ފައިސާއިން ޚަރަދު ކުރާކަސް ނުޖެހޭނެ. ބޭރު ޤައުމަކަށް ކޯހަކަސް ދިޔަޔަސް މިދަނީ ލޯން ނަގައިގެންދޯ؟
ނުވާނެ
19 June 2018
މަހަކީ 1000 ޑޮލަރު، އަހަރަކީ 12000 ޑޮލަރު. 5 އަހަރުން 600000 ޑޮލަރު. ވީމާ ކޯސްފީ އަށް 925200 ( ނުވަލައްކަ ފަންސަވީސް ހާސް ދުއިސައްތަ ) ރުފިޔާ. އެހެނިހެން ފީތަކާއި ދިރިއުޅުމުގެ އަގު އެޑްކޮށްލާއިރު، އެއްމިލިއަން ދެލައްކައަށްވުރެ ބޮޑުވާނެއެވެ. މިރާއްޖޭގައި ތިބީ ހުސް މޮޔައިންތަ؟؟؟؟؟؟
ޙަސީނާ
19 June 2018
މޮޔައިންނަކީ ތިމާޔަށް އެކަމެއް ނޭގޭ ކަމެއްގެ ތެރެއަށް ވަދެ ކަންތައް ފަސާދަ ކުރާ މީހުން. މެޑިކަލް ސްޓަޑީސް އަކީ މުޅި ދުނިޔޭގަ ވެސް އަގު ބޮޑު ކަމެއް
މޮޔަމީހާ
19 June 2018
މޮޔައިންނަކީ ނޭނގޭވަރުން ވާހަކަ ދައްކާމީހުން. ތިކަމަށް ކުރަންޖެހޭ ޚަރަދު އެނގޭތޯ؟ ދުނިޔޭގަ ޕްބްލިކް ޔުނިވަރސިޓީއެއްގަ ނޫނީ ތީގެ ތިންގުނަ ހޭދަ ކުރަންޖެހޭނެ.
ސުވާލު
19 June 2018
ޑޮކްޓަރު ކަމަކީ ދުނިޔޭގެ ހުރިހާތަނެއްގަވެސް އަގުބޮޑު އެއްޗެއް ކިޔަވަން. އެހެންވީމަ ކުދިންތައް ބަންގްލަދޭޝް، އިންޑިޔާ ފަދަ ތަންތަނަށް ދަނީ. އެހެން ތަންތަނާ އަޅާބަލާއިރު އަގު ކޮންމެވެސް ވަރަކަށް ކުޑަވިޔަސް އަސްލު ބައިވަރު ވަގުތު އަދި ފައިސާ ހަރަދުކުރަން ޖެހޭ. ކޮންމެ ގޮތެއް ހެދިޔަސް ނިމޭއިރު ވަރަށް ބޮޑު ލޯނެއް އަނބުރާ ދައްކަން ޖެހިފަ އޮންނާނީ. އެކަމަކު މަގޭ ސުވާލަކީ މިހާވަރު ނަގާއިރު އެފެންވަރަށް ރާއްޖޭގަ ކިޔަވާދެވޭނެހޭ؟ ކޮލެޖެއްވެސް އަދި ނެހެދޭނެ ވާހަކަ ލިޔެފައޮތީ.
ވަހީދު
12 September 2018
ރަށުން ކުރުނބާ މާލެއަށް ފުނުވަބަލަ މަހަކު 15،000 ނުލިބޭތޯ ބަލަން. ގަޅިބެ
ހަޖިމެމަޝްތެ
18 June 2018
މަހަކު 1000 ޑޮލަރު އާދައިގެ މީހަކު ދިރިއުޅުމުގެ ޒަރޫރީ ހަރަދުތައް ކޮށްފައި ނެރޭނީ ކޮންތާކުން ދަރާނުވިކި؟ ތިކަންވެސް މުއްސަނދިންގެ ދަރިންނަށް. އެމީހުން ނިންމާފައި ކުލިނިކު ހުޅުވައިގެން އަހަރުމެން ފެ_ނީ ދޯ؟
ޢަބްޅޯ
19 June 2018
ރަނގަޅު އެއްވެސް ގޮތެއް ނެތެއްނު!
ލޯން
19 June 2018
ތިކަމަށް ލޯން ދޫކުރަނީ. އަވަހަށް ލޯން ހޯދާ. މަސައްކަތުން ފާސްވީމަ ލޯން ދައްކާނެ ލާރި ލިބޭނެ