ޑރ. މައުސޫމް: ޖޭޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ އޭނާ އެކަނި.---ފޮޓޯ: މިހާރު
20 ޖޫން 2018 - 13:10
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ރައީސަކަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް، އަދި އިންތިޚާބުކުރާ ހަތަރު ނައިބު ލީޑަރުންގެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
މި ހަފުތާ ބަންދުގައި ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ ޖޭޕީގެ ކޮންގްރެސްގައި އިންތިޚާބުކުރާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، އެ ޕާޓީގެ ރައީސްގެ މަގާމަށް ހުށަހެޅުއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު އެކަންޏެވެ. ނައިބު ރައީސަކަށް ހުށަހެޅުއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ. މައުސޫމް އެކަންޏެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް އަދި ބޭފުޅަކު ކުރިމައްޗެއް ނުލައްވަ އެވެ. ބެލެވޭ ގޮތުގައި، ލީޑަރުގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކާ މެދު ގޮތެއް ނިންމާނީ ކޮންގްރެސްގަ އެވެ. އެ މަގާމުގައި މިހާރު ހުންނެވީ ޖޭޕީ އުފެއްދެވި ގާސިމް އިބްރާހީމެވެ.
ޖޭޕީގެ ނައިބު ލީޑަރުގެ މަގާމަށް ކުރިމަތިލެއްވި އަބްދުﷲ ކަމާލުއްދީން އޭނާގެ ކެންޑިޑެސީ ނަމްބަރު މިއަދު ނެންގެވުމަށް ފަހު ދައްކާލައްވަނީ: މަގާމުތަކަށް މީހުން އައްޔަން ކުރާނީ މި ހަފުތާ ބަންދުގައި.--- ފޮޓޯ: ނިޝާން އަލީ/މިހާރު
ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ލީޑަރު ކަމަށް މީހަކު ކުރިމަތި ނުލީ، މެމްބަރުންގެ ހިތުގައި ގާސިމަށް އޮތް ލޯތްބާއި އިއްޒަތް އެހެން މީހަކަށް ދޭން ބޭނުން ނުވާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"މި ޕާޓީ އުފައްދަވައި، ފެށުނީއްސުރެ ޕާޓީ ކަންކަމުގައި އުޅުއްވީ ގާސިމް. ގާނޫނާ ގަވައިދުތަކާ ހިލާފަށް ސަރުކާރުން އަމަލުކޮށް މި ވަގުތު އެ މަނިކުފާނު ގައުމުން ބޭރުގައި ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް، މެމްބަރުންގެ ހިތުގައި ގާސިމަށް އޮތް އިހުތިރާމާއި ލޯބި ބޮޑު،" ތިން އަހަރުގެ ޖަލު ހުކުމަށް ފަހު، ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންނެވި ގޮތަށް، ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ގާސިމާ ބެހޭ ގޮތުން ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޖޭޕީގެ ލީޑަރުގެ މަގާމާ ގުޅޭ ކަންކަމާއި މަސްއޫލިއްޔަތުތައް ކަނޑައަޅާނީ ކޮންގްރެސްގަ އެވެ.
ޖޭޕީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ފަސް ބޭފުޅުން: (ކ-ވ) ފަޔާޒް، އަބްދުﷲ އަމީން، އަބްދުﷲ ކަމާލުއްދީން، އަމީން އިބްރާހީމް އަދި ޑރ. ހުސެއިން.
ޖޭޕީގެ ނައިބު ލީޑަރުންނަށް ކުރިމަތިލެއްވީ، މިހާރު ވެސް އެ މަގާމުގައި ތިއްބެވި ތިން ބޭފުޅުން ކަމަށްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ޑރ. ހުސެއިން ރަޝީދު ހަސަނާއި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ.
ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ޑެޕިއުޓީ ލީޑަރު ކަމަށް އިންތިޚާބު ކުރާނީ މީގެ ތެރެއިން ހަތަރު ބޭފުޅެކެވެ.
ޖޭޕީގެ ރައީސް ކަމާއި ނައިބު ރައީސްކަމުގެ މަގާމު އުފައްދާފައި މިވަނީ އަލަށެވެ.
ޖޭޕީގެ އިސް މަގާމުތަކުގެ އިތުރުން، އަންހެނުންގެ ލީގާއި ޒުވާނުންގެ ލީގުގެ ރައީސް ކަމާއި މެމްބަރު ކަމަށް ވެސް އެ 24 މީހަކު ވަނީ ކުރިމަތިލައިފަ އެވެ. މި މަގާމުތަކަށް ކުރިމަތިލި މީހުންގެ ކެންޑިޑޭޓު ނަމްބަރު ކަނޑައެޅުން، އެ ޕާޓީގެ އޮފީހުގައި މިއަދު ވަނީ ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަންބޯ
21 June 2018
ގާސިމު ގާތުބުނަން ބޭނުންވާ ވާހަކައަކީ ވިޔަފާރީގައި ގާސިމު ކާމިޔާބަކަސް ގާސިމަކީ ސިޔާސީ ދާއިރާގައި ކާމިޔާބު މީހެއްނޫނޭ،! ފައިސާގިނަވީމަ މީހުންނާއެކު އުޅެން އުދަގޫމީހެކޭ.އެއްވެސް ސާބިތުކަމެއްނެތޭ އިތުބާރެއްނެތޭ ސިޔާސީ ފާއިރާއިން އެމްޑީޕީ އެކަހެރިކޮށް ކާމިޔާބެއް ނުހޯދޭނޭ إنشاءالله
ސީއެޗްއެސްއީ
21 June 2018
އޭލެވެލް ކުދިންނަށް ސަރުކާރުންދޭ ސްކޮލަޝިޕް ކުރިން އޮތްގޮތަށް (މާނައަކީ 5 އޭ ހޯދީމަ ރައީސްގެ ސްކޮލަޝިޕް ލިބޭގޮތަށް) ހަމަޖައްސައިދޭން ވަޢުދުވެފައި ވާތީ އަޅުގަނޑުމެންގެ ވޯޓް ޖޭޕީއަށް. ޤައުމަށް މުހިންމީ މޮޅަށް ކިޔަވައިގެން އައިސް ޤައުމަށް ޚިދުމަތްކުރާނެ ދަރިން.
ރުމޭ
21 June 2018
ޤާސިމްގެ ސަބަބުން އަޅުގަނޑަށް ޤައުމުގައި ހުރެގެން މާސްޓާސް ޑިގްރީއަށް ކިޔެވިއްޖެ. ރާއްޖެތެރޭގެ ފަޤީރު ޢާއިލާއަކަށް ނިސްބަތްވާތީ، މިވަރުކަމެއް ކުރެވޭނެކަމަށް އަޅުގަނޑުގެ ނިޔާވެފައިވާ މައިންބަފައިންގެ ޙަޔާތުގައި ހުވަފެނުންވެސް ނުދެކޭ. ޤާސިމްގެ ސްކޮލަޝިޕެއްގައި އަޅުގަނޑުގެ ތިމާގެ، ތަނަވަސްކަމެއްނެތް އެހެން ކުއްޖަކުވެސް ރާއްޖެއިން ބޭރުން ކިޔެވި. އަޅުގަނޑުގެ ދުރުތާ ތިމާގެ 4 މީހަކު އެކި ފަހަރު މަތިން ޤާސިމްގެ ޚަރަދުގައި ރާއްޖެއިން ބޭރުން ބޭސްކުރި. މިވަރުގެ އޯގާތެރި ދީލަތި މަހުޖަނެއް ރާއްޖެއަކު ނުއުފެދޭ. މީގެ ކުރިން ހުރިހާ ވޯޓެއްވެސް ދިނީ މޮޅަށް ކިޔަވައިގެން ތިބި ދޫހެލޭ މީހުންނަށް. ނަތީޖާ ސުމެއް. ދެން ވޯޓުދޭނީ ޤާސިމްއަށް.
ސަހީމް
20 June 2018
ސަޅި މިހުރިހާދުވަހު ޕާޓީ އަށްޓަކާގަނަ ތެޅުނުމީހާ ނައިބަކަށް ކުއްލިއަކަށް އައި ރަހުމަތުގެ ވިލާގަނޑު ރައީސަކަށް
ހަގީގަތް
20 June 2018
ކުރީގެ މެނޭޖަރު ސައީދު ގެނެސް މިނިސްޓަރު ކަަމަށް. މިހާރުގެ މެނޭޖަރުވެސް އަނެއްކާ ތިއުޅެނީ މިނިސްޓަރަކައް ގެންނަން.. ތިދާ ވަރުން ދަންޔާ ރިސޯޓުތައް ބަނގުރޫޓު ވެގެން ނޫނީ މިކަން ކޮޅަކު ނުޖެހޭނެ..
އަލީ ނަސީމް
20 June 2018
ޑޮކެއްގެ ބޭނުމެއް ނެތް! 8 އަހަރު ދުވަހު ކިޔަވައިގެން އައިސް، އެކައްޗެއް ނުކިޔަވާ ޕޯޑިއަމް އެއްގަ ހެއްދެވި ނުހެއްދެވިޔައް ގޮވާމީހާ ގެ ގުބޯއްޔަކައް ވާކައް!!!
ހޮޓްކިންގ
20 June 2018
ޖޭޕީ ބަލާލީ ތޮއްޑޫ އަލީވަހީދާއި ކެލާ މައުސޫމުގެ މެދުގައި. ވަވާ ސަލާމް ދެން ޖޭޕީއަށް. ގާސިމް އަކީ މައުމޫނުގޮތަށް އުޅޭނެ ރޫހާނީ ލީޑަރެއް.