ވިޔަފާރި / ރާއްޖެ-އިންޑިއާ

ރާއްޖެ އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ ކޯޓާ އިންޑިއާ އިން ވަރަށް ބޮޑުތަނުން ކުޑަކޮށްފި

އެސްޓީއޯގެ ކާޑު ގުދަނުން ކާޑު ނެރުމުގެ މަސައްކަތް ބަޔަކު ކުރަނީ. އިންޑިއާއިން ވަނީ ކާޑުގެ ބާވަތްތަކުގެ ކޯޓާ ވަރަށް ބޮޑަށް ދަށްކޮށްފައި. -- ފައިލް ފޮޓޯ/މިހާރު

ރާއްޖެ އަށް އިންޑިއާ އިން އެތެރެކުރާ ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި އަދި ބިހުގެ ކޯޓާ ވަރަށް ބޮޑުތަނުން ކުޑަކޮށްފި އެވެ.

އިންޑިއާގެ "ދަ ވަޔާ" ނޫހުގައި ބުނެފައިވާ ގޮތުން ކާޑުގެ ބާވަތްތަކުން މި އަހަރާއި އަންނަ އަހަރަށް ރާއްޖެ އަށް ކޯޓާގެ ގޮތުގައި ކަނޑައަޅާފައި ވަނީ 24،581.07 ޓަނުގެ ހަނޑުލާއި 946.21 ޓަނުގެ ފުށާއި 338.47 ޓަނުގެ ހަކުރެވެ. ކާޑުގެ ބާވަތްތަކުގެ އިތުރުން އަލުއްވާއި ފިޔާގެ ކޯޓާގެ ވެސް ވަނީ ވަރަށް ބޮޑަށް ދަށްކޮށް އެވެ. އެ ބާވަތުގެ ކޯޓާގެ ގޮތުގައި، މިހާރު ކަނޑައަޅާފައި ވަނީ 5،308.7 ޓަނުގެ އަލުއްވާއި 9،892 ޓަނުގެ ފިޔާ އެވެ.

މީގެ އިތުރުން، ބިހުގެ ކޯޓާ ވެސް ވަނީ 111،809،090 އަށް ދަށްކޮށްފަ އެވެ. ހަވާދުގެ ބާވަތްތަކުގެ ކޯޓާ ވެސް ވަނީ 122.2 ޓަނުން 31.5 ޓަނަށް ދަށްކޮށްފަ އެވެ.

އިންޑިއާ އިން ކާޑުގެ ބާވަތްތަކުގެ ކޯޓާ އަށް ގެނައި ބަދަލާ ގުޅިގެން، އެންމެ ބޮޑަށް ކޯޓާ ދަށްކޮށްފައި ވަނީ ފުށް އެތެރެކުރުމަށެވެ. އެގޮތުން ކުރިން ކަނޑައަޅާފައިވާ 59،442.17 ޓަނުގެ ފުށުގެ ކޯޓާ ވަނީ 98.4 ޕަސެންޓް ދަށްކޮށްފަ އެވެ. ކުރިން ކަނޑައަޅާފައިވާ 11،706.3 ޓަނުގެ ހަކުރުގެ ކޯޓާ ވެސް ވަނީ 97 ޕަސެންޓް ކުޑަކޮށްފަ އެވެ. އަދި ހަނޑުލުގެ ކޯޓާ ވަނީ 67،640 ޓަނުން 24،581 ޓަނަށް ދަށްކޮށްފަ އެވެ. މިއީ 63 ޕަސެންޓްގެ ދަށްވުމެކެވެ.

ދަ ވަޔާ ނޫހުގައި ބުނެފައި ވަނީ އިންޑިއާ އިން އާ ކޯޓާތަކެއް ކަނޑައެޅީ ރާއްޖެ އިން މިދިޔަ ތިން އަހަރު އެ ބާވަތްތައް ބޭނުންކުރި މިންވަރަށް ބެލުމަށް ފަހު ކަމަށެވެ. އެ ކަން ބަލާފައި ވަނީ ރާއްޖެ އަށް އިމްޕޯޓް ކޮށްފައިވާ އަދަދަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ވެސް ނޫހުގައި ވެ އެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑާ ހަވާލާދީ ދަ ވަޔާ ނޫހުގައި ބުނެފައި ވަނީ ކުރިއަށް އޮތް އެއް އަހަރަށް ބޭނުންވާ އަސާސީ ކާބޯތަކެތި އިންޑިއާ އިން ރާއްޖެ އަށް އެކްސްޕޯޓް ކުރާނެ މިންވަރު ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް، ކުރިން ދޫކޮށްފައިވާ ކޯޓާއާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ބާވަތްތައް އެތެރެކުރެވޭނެ ކަމަށް ވެސް އެ ނޫޙުގައި ވެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި 1981 ވަނަ އަހަރު ސޮއިކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކާ ބެހޭ އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުން ފެށިގެން އިންޑިއާ އިން ކޯޓާ ކަނޑައަޅަނީ ރާއްޖެ އިން ބޭނުންވެގެން ހުށަހަޅާ މިންވަރަކަށް ބެލުމަށް ފަހު ކަމަށް ދަ ވަޔާ ނޫހުގައި ރިޕޯޓު ކޮށްފައި ވެ އެވެ. އެގޮތުން، އެ އެއްބަސްވުމުގެ ނުވަ ވަނަ މާއްދާގެ ދަށުން، ރާއްޖެ އިން އެތެރެކުރަން ހުށަހަޅާ ބާވަތްތަކުގެ ސަޕްލައި ހުރި މިންވަރަކަށް ބެލުމަށް ފަހު އިންޑިއާ އިން ކޯޓާ ކަނޑައަޅަން ޖެހެ އެވެ.

ކާޑާއި އަލުވި، ފިޔާ އަދި ބިހުގެ ކޯޓާ އިންޑިއާ އިން ދަށްކުރިއިރު، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، އެކަން ރަނގަޅުކުރަން ދެ ގައުމުގެ މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

69 ކޮމެންޓް, 107 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 30%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަމެންގެވެރިކަން

24 June 2018

ރާއްޖޭގައި ކާޑު މެނޭޖް ކުރުމަށް އެންމެ ރަނގަޅު މެނިފަސްޓޯ އަކަށް ފެނުނީ ގާސިމް އިބްރާހީމްގެ މނި ފަސްޓޯ އެވެ. އެމަނިކުފާނު ލިޔުއްވާފަ އޮތީ ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގަ އެއްޓީއޯ ފިހާރައެއް ބަހައްޓާ އެތަނުން އަތޮޅުގެ އެހެން ރަށް ރަށަށް ދަތިކަމެއްނެތި ކާޑުގެ ބާވަތްތައް ލިބޭނެގޮތް ހަމަޖައްސައި ދިނުމަށެެވެ. ކިހާރަނގޅުތޯ ފެނޭތޭ

The name is already taken The name is available. Register?

ސަރުކާނު

24 June 2018

އިންޑިއާއިން ސިއްޙީ ޚިދުމަތް ހޯދަނީ ހިލެޔަކުނޫން. އެހެންވީމާ އެ ޚިދުމަތް އެތަނުން ހޯދާނީ ކުރިންވެސް ހޯދިގޮތައް އަގު ދީގެން. އަމިއްލަ ހޮސްޕިޓަލްތަކާ ސަރުކާރު ތަންތަނާ އެއްބަސްވުންތަކެއް އެއްބަސްވެ، ޚިދުމަތް ހޯދީމަ ދޭންޖެހޭ އަގުތައްވެސް އަދާކުރަމުން ދަނީ. ސަރުކާރުން ހޮސްޕިޓަލްކުން ހޯދި ޚިދުމަތެއްގެ އަގު މިވީހާތަނަށް ނުދައްކައެއްނެތް. އެއީ ވިޔަފާރި . ވިޔަފާރީގަ އޮންނާނީ ގަނެ ވިއްކުން އެއީ މުދަލެއްވިޔަސް ޚިދުމަތެއް ވިޔަސް. ރާއްޖެއެއް އެހެންތަނެއް ނޯންނާނެ. އެމީހުންގެ ވިޔަފާރި އެމީހުން ކުރާނެ ފައިދާ ވަންޏާ.

The name is already taken The name is available. Register?

ކައިގެން އުޅޭނީ

24 June 2018

އިންޑިއާއިން ނުދިނަސް އަހަރެމެން އުޅޭނީ ކައިގެން އިރާދަ ކުރެއްވިއްޔާ.

The name is already taken The name is available. Register?

ރަނގަބީލު

24 June 2018

މިގައުމުގެ ވެރިޔަކީ ރައީސް ޔާމީން.އެމްނިކުފާނަށް މާކުރިން މިހެން ހަދާނެކަން އިނގޭނެ.އެކަމުގެ ހައްލުވެސް އޮންނާނީ ހޯދާފަ.

The name is already taken The name is available. Register?

ހޮޓްކިންގ

24 June 2018

ބައެއް މީހުންނަށް ހީވެފައި ހޮންނަނީ ރާއްޖޭއަކީ އަދިވެސް އިންޑިއާ ދިނީމާ ކައިގެން އުޅޭ އިންޑިއާގެ އަޅުވެތި ގައުމެކޭ އަދި އޮންނަންޖެހޭނީވެސް ރޭޕިސްތާނުގެ އަޅުވެތިކަމުގައޭ. އެއީ ގައުމުގެ ކަންކަން ހިނގާ ނުހިނގާގޮތް ނޭނގި ތިބެ ވާހަކަ ދައްކާމީހުން. ރައީސް ޔާމީން ވަނީ މިގައުމަކީ ވަކިިގައުމެއްގެ ކޮންޓްރޯލް އޮންނަ ގައުމަކަށް ނުހެދުމަށްޓަކައި ހަރުދާ ފިޔަވަޅުތަކެއް އަޅުއްވާފަ. އެގޮތުން އިންޑިއާއިން ޒައްރެއްގެ މިންވަރުން ނުދިނަސް މިރާއްޖެއަށް ކާޑާއި ކާބޯތަކެތި އެތެރެކުރުމުގެ މަގުވަނީ ފަހިކޮށްފައި. އެގޮތުން މިހާރުވެސް ކާޑުގެ ބޮޑުބައި އެތެރެކުރަނީ އިންޑިއާއަކުންނޫން. އެކަން އެނގޭނެ ވިޔަފާރިވެރިންނަށް.

The name is already taken The name is available. Register?

އިއްބެ

24 June 2018

ރާއްޖޭގެ ޑިފެންސްމިނިސްޓަރު ޗައިނާއަށް ފޮނުވައިދެއްވާށެވެ

The name is already taken The name is available. Register?

ޢަބްދﷲ

24 June 2018

حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

The name is already taken The name is available. Register?

ޝޮކްތެރަޕީ

24 June 2018

ޕާކިސްތާނުން ފިޔާ އަލުވި ގެނެސްބަލަ އިންޑިޔާ ވާގެއްލުން އެގޭނެ ކަންބޮޑުވަނީ ކޮމްބައެއްކަން އެގޭނެ.

The name is already taken The name is available. Register?

ޑޯން

24 June 2018

މިހާރު ވެސްދިވެހިން މެޑިކަލް ހިދުމަތް ހޯދަނީ އިންޑިޔާއިން.......އެއަށްވާނީ ކިހިނެއް

The name is already taken The name is available. Register?

އަބްދުއްލާ

24 June 2018

މީޑިޔާގެ ތިޔަ ލިޔާލިއުމުން މީހުނަށްއޮޅުން އަރަނީ . ހަގީގަތުގަ ކޯޓާ ދަށްކުރީ އެއްނޫން .އިންޑިޔާ އިން ދީފައިވާ ކޯޓާގެ މިންވަރަށް ރާއްޖެއިން އިންޑިޔާއިން ކާބޯތަކެތި އެތެރެ ކުރުމުގެ ބަދަލުގާ އިންޑިޔާގެ ބަރޯސާ ކުޑަކޮށް . ތުރުކީ އާ ދުބާއީ ޕާކިސްތާން ފަދަ ގައުމުތަކުންގެންދަނީ އެތަކެތި އިމްޕޯޓްކުރަމުން .މިހާރު އިންޑިޔާއިން މިހެދި ގޮތަކީ ވޭތިވެދިޔަ 3 އަހަރތެރޭ މިމްޕޯޓް ކުރި އަދަދުތަކަށްބަލާ ކުރިޔަށްއޮތް އަހަރުވެސް އިމްޕޯޓްކުރާނީ އެހާވަރު ކަމށް ބަލާފަ އިތުރުވާ ބައި ކޯޓާއިން އުނިކުރީ . ހަގީގަތުގާ އެ އުނިކުރި އަދަދކީ އެހެންގައުމުތަނުން ރާއްޖެއަށް މުދާ އިމްޕޯޓް ކުރަމުންގެންދާ އަދަދު . އެހެން ހަދަންޖެހުނީ އިންޑިޔާ އަށް ބަރޯސާނުވެ އިންޑިޔާއިން ކޯޓާ ކަނޑަލިޔަސް ކާޑުގެ އިމްޕޯޓް އެހެން ގައުތަކުން ލިބޭނެމަގު ހުޅުވާފަ ބޭއްވުމަށް .ރާއްޖެ އަށް އިންޑިޔާއިން ކާދު ހުއްޓާލަން ބޭނުންވިޔަސް އިންޑިޔާ ސަރުކާރަށް އެކަން ކުރެވޭކަށްނެތް. ހުއްޓާލެވޭނީ އަހަރުމެން ހުއްޓާލި ދުވަހަކުން.

The name is already taken The name is available. Register?

ބޮލީވުޑް

23 June 2018

މީ އިންޑިއާ އިން ސަރުކާރު ދެކެ ހިތްހަމަނުޖެހިފަ ހުރީމަ ކުރި ޖެއްސުމެއް. ދިވެހި ރައްޔިތުން ވެސް ޝާމިލްވާ ގޮތަށް. އިންޑިއާ އިން އެންގުމަކާއި ނުލާ ސީދާ ދަތި ކުރުމުގެ ފިޔަވަޅު އަޅާފަ މިއޮތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454