ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ހަފުލާގައި، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން، އާ ނައިބު ރައީސް ޑރ. މައުސޫމްއާ އެކު ސެލްފީއެއް ނަންގަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު
23 ޖޫން 2018 - 18:52
ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ވެރިކަމަށް އައުމަށް ތައްޔާރުވެފައި ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ދެވަނަ ފަހަރަށް ހޮވި ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީ ވެސް ހިމެނޭ އިދިކޮޅު ކޯލިޝަނުން އެއް ކެނޑިޑޭޓަކު ނެރުމަށް ނިންމާފައިވާއިރު، އެ ޕާޓީން ވަނީ އަންނަ މަހުގެ 10 ގެ ކުރިން އެ ކެންޑިޑޭޓަކު ކޯލިޝަނުން ދެއްކުމަށް އަންގައިފަ އެވެ. އެހެން ނޫން ނަމަ ޖޭޕީން ވަކި ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ފެށި ޖޭޕީގެ ތިން ވަނަ ކޮންގްރެސް ނިންމުމުގެ ހަފުލާގައި މިއަދު ވާހަކަ ދައްކަވަމުން، ޑރ. ހުސައިން ވިދާޅުވީ، ޖޭޕީ އަކީ އެހެން ޕާޓީއެއްގެ ފަހަތުން އިންތިޚާބުތަކުގައި ވާދަކުރަން އުފެއްދި ޕާޓީއެއް ނޫން ކަމަށެވެ.
Anna mahuge 10 ge kurin coalition candidate aku nudhekkijje nama JP in meehaku nerenee
The most trusted news source in the Maldives
Mihaaru
ކެނޑިޑޭޓަކު ނުދެއްކިއްޖެނަމަ ޖޭޕީން ނުކުންނާނެ ކަމަށް ބުނުން--
"ހިސާބު ޖަހާއިރު ޖުމުހޫރީ ޕާޓީއަކީ ދެވަނަ ޕާޓީއެއް ނޫން، އެކަނި [ރިޔާސީ އިންތިހާބަށް]ކުރިމަތި ލިޔަސް، ބަޔަކާއެކު ކުރިމަތި ލިޔަސް، ކޮންމެ ގޮތަކަށް ވާދަކުރިޔަސް ރައީސް ޔާމީން ބަލިކުރާނަން،" ހުސައިން ރަޝީދު ވިދާޅުވި އެވެ.
ވޭތުވެދިޔަ ރިޔާސީ ދެ އިންތިހާބުވެސް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީ ހިމެނޭ ކޯލިޝަނުންނެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށްވެސް ދެވަނަ ބުރުގައި ޖޭޕީން ކޯލިޝަންހެދި އެވެ. ނަަމަވެސް އެދެ ސަރުކާރުގައިވެސް މާކަގިނަ ދުވަހަކު އެޕާޓީއަކަށް މަސައްކަތެއް ނުކުރެވުނެވެ.
ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ހަފުލާ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދަނީ: މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ގާސިމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އާއިޝާ).---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާނީ އެޕާޓީގެ ކައުންސިލްގެ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީ އަކުން ކަމަށް އެޕާޓީން އިއްޔެ ވަނީ ނިންމާފަ އެވެ. ކުރިން އޮތްގޮތުން އެޕާޓީގެ ކެނޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ތިން އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ގާސިމް އިބްރާހިމް އުޅުއްވަނީ ޖަރުމަނުން ސިޔާސީ ހިމާޔަތް ހޯދަވައިގެންނެވެ.
ޑރ. ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ހުށަހަޅާ މެނިފެސްޓޯ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމުގެ އިޝާރާތެއް ކޮށްފައިވާއިރު އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަވައިގެން ރައީސް މުހައްމަދު ނަޝީދު އަންނަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ ގާނޫނުން އެފުރުސަތެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަދުރޭ
24 June 2018
ނެޑަމް ވެސް ހުރީތައްޔާރަށް.
ސާދާސީދާ
24 June 2018
މިފަހަރު 3 ވަނަ އަށް ދާ މީހަކަށްތޯ ރައީސްކަން ލިބެނީ؟ ހަމަނޭނގޭތީ އަހާލީ!
ާޭަަަަަަަްއާދަނު
24 June 2018
ކިތައް ދުވަސް ވާނެބާ
ހެޔޮބަސް
24 June 2018
ކޮންމެކަމަކަށްވެސް އިންސާނުންނަށް ކުރެވޭނީ އުއްމީދެއް ކަންކަންކާމިޔާބުވުމާ ނުވުންއެއީ ﷲ ޙަޒްރަތުގައިވާކަންތައް ވީމާ، މިކަންކަމަށްވިސްނަވައިގެން ވާހަކަދައްކަވާ
ނަޒް
24 June 2018
ވެރިކަންކުރަން ތައްޔާރައް ނެތީ ކާކުތަ.. ލޯކަލް މާރުކޭޓުންވެސް ފެންނާނެ ވެރިކަން ކުރަން ތައްޔާރައް ތިބޭ މީހުން..
އަހެމް
24 June 2018
ޖޭޕީ ބުނަން ވާހަކައެއް! ކަލޭމެން 2 ފަހަރު އަހަރުމެންނަށް ލަޑުދީފި! މިހާރު ތިޔައުޅެނީ 3 ވަނަފަހަރަށް ލަޑުދޭން! ވީމާ އަހަރުމެން އެމްޑީޕީ މީހުން ރައީސް ޔާމީނު އާގުޅިދާނަން! މުސްކުޅިން ބުނެއެއްނުން، މޮޔަ ރަޙްމަތްތެރިޔާއަށްވުރެ، ބުއްދިވެރި ދުޝްމިނާވެސް މާ ރަގަޅުވާނޭ!
އަލީބެ
24 June 2018
މިހާރުހުރި ވެރިމީހާއަށްވުރެ ކޮންމެމީހަކުވެސް ރަނގަޅުވާނެ.
އައްލާ
24 June 2018
ކަލޭމެން ތިހެންކީ ރައީސް މައުމޫން ބަދަލުކުރަން އުޅުނުއިރުވެސް. ރީއްޗެއްވީނުން!
ލުކްފާރ
24 June 2018
ރާއްޖޭގެ ސިޔާސީ މަޝްރަހު ދިރާސާ ކޮށް ބަލާއިރު ޖޭޕީ އަށް ނެތް ކުރިއަށް އޮތް 100 އަހަރު ވެސް ރާއްޖޭގެ ވެރިކަން ކުރެެވެން. ދިރާސާ ތަކުން ދައްކާ ގޮތުގައި ޖޭޕީ ސަރވައިވް ވާން ބޭނުން ނަމަ ޖޭޕީ އެބަޖެހޭ ސެކްރިފައިސް ތަކެއް ވާން ރިޔާސީ އިންތިޚާބުގެ ވޯޓްގެ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ރިޔާސީ އިންތިޚާބުގެ ނަތީޖާ މިފަހަރު އިއުލާން ކުރާ އިރު ބޮޑު ތަނުން އިދިކޮޅު ކޯލިޝަން އިން ނެރޭ ކެންޑިޑޭޓަށް ވޯޓް ނުލިބި ވޯޓްލާ ރައްޔިތުންގެ %85 ވޯޓް އިން ޕީޕީއެމް އެމްޑީއޭ ކޯލިޝަން ކާމިޔާބު ކުރާނެއެވެ. ޕީޕީއެމް ވެރިކަމުގައި އޮތީ އަދި ރައީސް އަކަށް ހުރީ ރައީސް ޔާމީން ރައީސް ޔާމީންގެ ޕޮލިޓިކަލް ހިސްޓްރީ އަކީ އެއީ އޭނާ ކުރިމަތި ލި އެއްވެސް އިންތިޚާބެއް މިހާތަނަށް ނެތް އޭނާގެ ނަން ބާއްވައިގެން ކޮމްޕީޓް ކޮށްފިނަމަ އޭނާ ބަލިވެފައި. މިފަހަރު އޭނާ ރައީސް ކަމުގެ މަގާމް ގައި ހުރެއްޖެނަމަ ގޭމް ޗޭންޖް ކުރާނެ އިގްތިސާދީ އަދި ވިޔަފާރީގެ ކާރޑް ޖަހާ ތަމެން ތަންޑާ އަރުވާލައިގެން. އޭގެ ކުރިން ތަމެން އެމްޑީޕީ ސްވައިޕް އައުޓް ކުރޭ.
ހޮޓްކިންގ
24 June 2018
ހެހެ. ކޮންޖަޒީރާއެއްގަތޯ ޖޭޕީ ވެރިކަންކުރާނީ. އެމްޑީޕީވެސް އޮތީ ވެރިކަމަށް ހަވާލުވާން ތައްޔާރަށޯ. ވެރިކަމާއި ހަވާލުވާން ހުރިހާ މިނިސްޓަރުންވެސް ހުވާކޮށްގެން މާލެއައުން އެދެން.
މުސްތަފާ
24 June 2018
ފަހަރެއްގަ، ވެރިކަން ލިބުނީސް 2013 ވަނަ އަހަރު ނަޟީދުގެ ރަނިންމޭޓް ކަން ހޯދަން އުޅުނުނަމަވެސް، އެކަމަކުވެސް ތިމާ ބޮޑު ސިންގާ ބައާވާތެއް ކުރުމުގަ އުޅުނީމަ އެކަމުން ރެކެން ޟޯޓްކަޓް ނަގަން އުޅުނީމަ ވާނެ ގޮތް މިވަނީ، ޖަލުގަ އެތިބަ ގިނަމީހުންނަކީ ހަގީގަތުގަވެސް އެތަނަށް ލާންޖެހޭމީހުން، މުޅިންވެސް ތިބީ ޖަރީމާ ހިންގާފަ ތިބިމީހުން، ގާސިމް ޖަލައްލާން މާބޮޑައްވެސް ލަސްވެސްވެއްޖެ، އަހައްނަކީ ޔާމީނު ނަމަ ރައީސް ކަމުގެ ހުވާކޮއްފަ އެއްމެ ފުރަތަ މަސައްކަތަކައްވެސް ކުރާނީ ގާސިމް ހައްޔަރު ކުރުން...