އެމްޓީޑީސީން 2008 ވަނަ އަހަރު އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ބޯޑު މެމްބަރުން: މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް 2.2 މިލިއަން ޑޮލަރު ފައިދާގެ ގޮތުގައި ލިބިފައިވޭ. ފޮޓޯ: އެމްޓީޑީސީ
28 ޖުލައި 2016 - 20:11
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާ 2.2 މިލިއަން ޑޮލަރު (33.9 މިލިއަން ރުފިޔާ) އަށް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް ވިޔަފާރިކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ މިދިޔަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި 3.4 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައި ވަނީ 1.32 މިލިއަން ޑޮލަރު (20.3 މިލިއަން ރުފިޔާ) އެވެ.
އެމްޓީޑީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ ދެވަނަ ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދުތައް ވަނީ ކުޑަވެފަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި 249،813 ޑޮލަރު ހޭދަކުރިއިރު ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 214،404 ޑޮލަރަށް ކުޑަކޮށްފަ އެވެ.
ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް 0.07 ޑޮލަރު (1.07ރ. ޖެހިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަހުމަދު، ވިލިމާލެ
29 July 2016
ޙިއްސާ އަކަށް 1ރފ، ނަމަވެސް، މިފަހަރު، ބަހަންވާނެ.
އެވެރިން
28 July 2016
އެމްޓީޑީސީގެ ފައިދާ 2.2 މިލިއަން ޑޮލަރަށް ފުރަތަމަ ފަހަރަށް ވެސް މިއެރީ އެއީ ރައީސް ޔާމީން ގެ ވެރިކަމުގައެވެ. ދެން މިވަރުގެ ޓްރެކް ރިކޯރޑެއް އެމްޑީޕީގެ ވެރިކަމުގައި ގާއިމް ނުކުރެވުނީ އެމީހުންގެ އަލީ ބާބާގެ ބައި ބޮޑު ކަމުން ދޯ.
މެންޓަލިސްޓް
28 July 2016
ތިޔަކުންފުނީން ހިންގާރިސޯޓެއް އެބަހުރިތޯ ؟ ރައްތަކެށް ނަގައިގެން ކުލިނަގާލަނަގާލަ ތިބެނީކީ ނޫންބާ ؟ ޙަބަރު ގެނެސްދެއްވާއިރު ތަންކޮޅެށް ތަފްސީލްކޮށް ގެނެސްދެއްވިއްޔާ ވަރަށް ރަގަޅު ، ކޮންމެ ގޮތެއްވިޔަސް ތިއައި ޕަބްލިކު ކުންފުންޏެއްވިއްޔަ ،