މުސްލިމުން މަނާކުރުމުގެ އަމުރަށް ތާއީދު ކުރުމާ ގުޅިގެން އެމެރިކާގެ ސުޕްރީމް ކޯޓުގެ ބޭރުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:ރޮއިޓާސް
27 ޖޫން 2018 - 11:09
ވޮޝިންޓަން (ޖޫން 27) - މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމުމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން ތާއީދު ކޮށްފި އެވެ.
ޓްރަމްޕުގެ ނިންމެވުން ގާނޫނު އަސާސީއާ ޚިލާފު ކަމަށް ދަށު ކޯޓުތަކުން ނިންމާފައި ވަނިކޮށް އެ ނިންމުން ސުޕްރީމް ކޯޓުން ބަދަލުކުރީ 5-4 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އަދި މިއީ ޓްރަމްޕުގެ ސަރުކާރަށް ލިބުނު ކާމިޔާބެއް ވެސް މެ އެވެ. ޓްރަމްޕް ވެސް ވަނީ މިއީ ގައުމަށާއި ގާނޫނު އަސާސީ އަށް ލިބުނު ކާމިޔާބެއް ކަމަށް ވިދާޅުވެފަ އެވެ.
މުސްލިމުން މަނާކުރުމުގެ އަމުރަށް ތާއީދު ކުރުމާ ގުޅިގެން އެމެރިކާގެ ސުޕްރީމް ކޯޓުގެ ބޭރުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:ރޮއިޓާސް
"ސުޕްރީމް ކޯޓުގެ ނިންމުމުން ދޭހަކޮށްދެނީ މީޑިއާ އާއި ޑިިމޮކްރެޓިކް ސިޔާސީ ފަރާތްތަކުން ދިން ހަމަލާތައް ގޯސްކަން،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާ އަށް އެތެރެވުން މަނާކޮށްފައި ވަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އީރާން، ލީބިއާ، ސޯމާލިއާ، ސީރިއާ އަދި ޔަމަންގެ އިތުރުން ނޯތު ކޮރެއާ އަދި ވެނެޒުއެލާ މީހުންނެވެ. އެ ލިސްޓުގައި އިރާގު ކުރިން ހިމެނި ނަމަވެސް ފަހުން ވަނީ އެ ގައުމު އުނިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
29 June 2018
ތީ ދުުނިޔޭގަ އޮތް އެއްމެ ފޫހި ގައުމު، އަމުދަކުން ނޫޅެން ތިތަނަށް ދާހިތަކުން???
މުޙައްމަދު ބިން މަހުދީ
28 June 2018
މުސްލިމް ގައުމަކުން ތެޔޮވެސް އެމެރިކާއިން އެތެރެ ކުރުންވެސް މަނާކުރޭ.
ބަރަބޯ ޝަމިމާ
28 June 2018
މުޙައްމަދު ބިން މަހުދީ..... ދުނިޔޭގެ އެއްމެ ގިނައިން ތެޔޮނަގައި އަދި ބޮޑުއަދަދެއްގެ ރިޒާރވްވެސް އޮތީ އެމެކިކާގެ ބިމުގަޔާއި އަދި އެގައުމުގެ ކަނޑުތަކުގައި... ސައުދީ އަދި އެހެން ކުދި ގައުމުތަކުން ތެޔޮނެގުމުގެ ޓެކުނޮލޮޖީ ބޭނުންކުރަނި ގިނައިން އެމެރިކާގެ ކުންފުނިތަކުން ކަމައްވާތި ދޭންޖެހޭ ފައިސާގެ ބަދަލުގައި އެމެރިކާއައް އެގައުމުތަކުން ބޭނުންކުރަނި ތެޔޮކޮޅު ކަމުން މަދުންނަމަވެސް އަރަބި ކުދި ކުދި ކަންނެތް ގައުމުތަކުން ތެޔޮ ކޮޅެއް އެތެރެ ކުރިއެއްކަމަކު އެމެރިކާގެ ބޭނު ންކުރާ ތެލުގެ %89 ތެލަކީ ގައުމުން ނަގާތެލެވެ. ތެޔޮކޮޅުތައް ނަގައި އެ އެތިކޮޅު ނުވިކިގެން އުޅެނީ ކަންނެތް އަރަބީން އަދި އިރާނުން..ބޭބެ މެނައް މާބޮޑައް ކަންތައް ތައް އެނގޭތި ގޯހަކީ...
ފުންއަސަރު
27 June 2018
މަވެސް ބޭނުމީ ތިގޮތް. މަމެންވެސް ބޭނުމެއްނުވޭ ތިފަދަ ނޭއްގާނީ ގައުމެއްގާ މުސްލިމުން ބިކަވާކަށް. ބޭނުންވަނީވެސް ތިޔަ މީހުނާ ވީހާވެސް ދުރެއްގާއުޅުން. ތިމީހުންކުރާ ނުބައި ނުލަފާ ކަންކަން މުސްލިމުންނަށް ނުފެނުން. ތިތަނުގެ އެތެރެ ކައިހުސްކޮށް ތޮށިގަނޑަކަށް ވެފާވާކަމުގެ ކުލަވަރު މިހާރު ފެންނަމުންދާއިރު ތީ ވަރަށް ރަނގަޅު ނިންމުމެއް ކަމުގާފެނޭ.
ބޭއިންސާފު
27 June 2018
އެމެރިކާ މިއިީ މިނިވަންކަމޭ ޑިމޮކްރަސީއޭ ކިޔައިގެން މުޅި ދުނިޔެއަށް އެންމެ ކުރީސަފުގައި ހުރެ އެކަންތައްތައް ޕްރޮމޯޓް ކުރާ ގައުމު. އަހަރުމެން ދެން ދުވަހަކުވެސް އެމެރިކާ ބުނާ އެއްވެސް ވާހަކަ އެއް ގަބޫލެއް ނުކުރާނަން. މިގައުމުގެ ކަންތައްތަކާއި ނުބެހޭތި.
ސުޕްރީމ
27 June 2018
ސައުދީ ރަސްގެފާނު ކަނޑި ހިފައިގެން އާ ޑާންސެއް ކުރަން ޓްރަމްޕް ގެންނަން ޖެހޭހާ ވަރު ކަމެއް.
ފޮނިކަލޯ
27 June 2018
އަޅުގަނޑުވެސް ނިންމާ ނިންމުމެއް ހުރިހާުސްލިމުންގެ ފަރާތުން ، ޓުރަންޕް މުސްލިމް ޤައުމުތަކައް ނުދިއުމައް އަދި ކާފަރުން މުސްލިމުންގެ ބިންތަކުން ފޭބުމައް އަތްގަދަ ކޮށްގެން ތިބި މުސްލިމުންގެ ޤަދީމީ ތަންތަން ވީހާވެސް އަވަހަކަށް އެތަންތަން ހަވާލުކުރުން
ހާމަ
27 June 2018
އެއް ބޮޑު އެމެރިކާގަ ވެސް ސުޕްރީމް ކޯޓުގެ ބޭރުގަ މުޒާހަރާ ކުރެވޭ. މި ރާއްޖޭގަ މީ ވާނެ ކަމެއް ނޫން. ޑިމޮކްރެސީ؟؟؟