09 ޖުލައި 2018 - 19:36
ރާއްޖޭގައި ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާ އިން އެހީވުމަށް އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގައި، ދެ ގައުމުގެ ކަމާ ގުޅޭ އިސް ބޭފުޅުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ރާއްޖެ ވަޑައިގެންނެވި، ސައޫދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓަރު އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް، ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ދިވެހި ސަރުކާރާއި ސައޫދީ ސަރުކާރާ ދެމެދު އެއްބަސްވެފައި ވަނީ ރާއްޖޭގައި ހެޔޮއަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި މަސްވެރިކަން ކުރިއެރުވުމަށް ސައުދީ ފަންޑުން އެހީތެރިވުމަށެވެ. މި އެހީއާ ގުޅޭ އެއްވެސް ތަފްސީލެއް ދެ ސަރުކާރަކުން ވެސް އަދިއެއް ހާމައެއް ނުކުރެ އެވެ.
ސައުދީން ރާއްޖެއަށް އެހީވުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
އަގު ހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ބޯޑުގެ ޗެއާމަން އަހުމަދު ބިން އަގީލް އަލް ޙަތީބެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު، ރައީސް ޔާމީނާއި ސައޫދީގެ މިނިސްޓަރު ވަނީ ދެ ގައުމުގެ ވާހަކަތައް ބާއްވަވައިފަ އެވެ.
ސައުދީގެ އިންޓީރިއާ މިނިސްޓަރު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ. ޝާހީ އާއިލާގެ މެމްބަރުންނާއެކު ކުރެއްވި އެދަތުރުގައި ރާއްޖޭގެ ރިސޯޓެއްގައި ވަނީ ޗުއްޓީ ހޭދަ ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާފުޅު
10 July 2018
ތި އެހީން ގެދޮރުނޭޅި ރަށްރަށުގައި ގެވަޅުތައްނަގައި 15 20 25 އަހަރުވެފައިތިބި މީހުންނަށް ލޯނުގަނޑެއް ދެއްވާށެވެ. އަބަދު ހުޅުމާލޭގައި ފުލެޓް އެޅިޔަކަސް ކަމަކު ނުދާނެއެވެ. ރަށްރަށުގައިވެސް ގެދޮރުނެތި ބިކަވެފައިވާ މީހުން އެބަތިއްބެވެ.
ހަމަރޯޅި
10 July 2018
އެދުމެއް ނެތި ވެދުމެއް ނުކުރާނެ
.އަލީ
10 July 2018
ކޮބާ.. ކިހާ ރަނގަޅު...
ހަސަންމަނިކުފާނު
10 July 2018
އިދިކޮޅޭމެން ބުނާނެ އެހީއެއް ނުދޭނޭ! ބޭރުދުނިޔެއިން ގުޅުން ކަނޑައިފިއޭ!
މަނިއްޕުޅު
10 July 2018
ކޮބާތޯ އައިހެވަން............! ؟
އަސްލުހާލަތު
10 July 2018
ތިޔަ ހެޔޮވާ އަގެއް ބަލަން މިތިބީ..9 ފޫޓު 10 ފޫޓުގެ 2 ގޮޅި ހިމެނޭ ތަނެއްވެސް 2 މިލިޔަނުން މަތީގަ އުޅެނީ .. އެއިން ތަނެއްގެ ކޮސްޓަށް 5 ލައްކަވެސް ނާރާނެ އަސްލު 3 ގުނަ ފައިދާގަ ވިއްކަނީ
މަންޑޭލާ
10 July 2018
މިހެންވެ ޔާމީނަ ތާއީދުކުރެވެނީ.
ސިޔާސީ
10 July 2018
ކޮންހެނެއްވީމަތޯ؟ އެއްވެސް ހަޤީޤަތެއް އަޑިއެއް އުޑެއް ބިމެއް ނޭނގޭ އެމްއޯޔޫ އެއްގަ ސޮއި ކޮއްފަ ފްލެޓް އަގުހެޔޮކުރާ އެގްރީމެންޓެކޭ ބުނީމަތޯ. ތިޔަހެން އެއަރޕޯޓް ޖީއެމްއާރަށްވެސް ދިނީ. ފަހުން އަހަރެމެނަށް ރޭކާލީ އެގްރީމެންޓުގަ އޮތީ މުޅިންވެސް އެމީހުންނަށް ފައިދާ މިކޮޅައްގެއްލުނަކަން. ޓިޔަ ސިޔާސީ މީހުން ހަދާ އެއްޗެއް އެގޭނީ އޭގެ އަޑި އެނގުނު ދުވަހަކުން.
ފާތުމާ
10 July 2018
4 އަހަރު ވީ އިރު ތި ސައުދީ އޮތީ ނިދާފަ ދޯ...
ސޯފީ
10 July 2018
މިކަމާ ބަނޑުކައްކާނެ މީހުން މަދެއްނުވާނެ
އަބުލޯބެ
10 July 2018
ބަނޑެއްކައްކާނީ ކަމެއްކުރެވުނުންނަމަނު. އެޅުނު ފުލެޓެއްނެތް. ދައުރު ފެށުނުގޮތަށް ފޯމްލާން ހުޅުވާލި. 15000 ފުލެޓް ފެށިވާހަކަ ބުނި. އެންމެފަހުން ދައުރު ނިމުން އިރުވެސް މިޖެހުނީ ފޯމްލާން. އަދި އަނެއްކާ ފުލެޓް މަޝްރޫރެއް ފެށިވާހަކަ. މިޔަށް ކިޔާނީ ހޮޅިވާހަކަ.
އަލިފް
09 July 2018
ހޯހޯ ފައިސާ ނުދޭށެވެ. ކަންކަން ކޮށްދޭނީއެވެ. މިތަން ކޮޅު އަރަބި ބަހައް ތަރުޖަމާ ކޮށް ސައުދީ މިނިސްޓަރާ ހަވާލު ކޮށްދިނުން އެދެމެވެ.
ވުޑު
10 July 2018
އެންޓި ކެމްޕޭން ޖައްސާގެން އެމްޑީޕީ ރައީސް ޔާމީން ބަލި ކުރިއަސް އެއީ މޮޅަކަށްނުވާނެ.ކަލޭމެން ދައްކަން ޖެހޭނީ އިބޫއޭ އެ ކިޔާމީހާގެ މޮޅުވާހަކަ.ޔާމީން ކަމެއްކޮށްފަ އޮތަސް ވެސް އެނގޭނީ އިންވެސްޓިގޭޓްކުރީމަ
ފާތުމާ
10 July 2018
އަމިއްލަ މީހާ އެއްބަސްވީމަވެސް އިންވެސްޓިގޭޓް ތަ ކުރަންވީ...
ފާތުމާ
10 July 2018
މުޒާހަރާ ކޮށްގެން މި ވެރިކަމުގަ ހުއްޓުނު ހަމަ އެކަނި ކަމަކީ އެއީ...
އައިސް
09 July 2018
5 އަހަރު ނުވިކަމެއް ދެނެއް ނުވާނެ. ވަރަށް އެމް.އޯ.ޔޫ ގައި މިދިޔަ 5 އަހަރު ސޮއިކޮށްފި.
ލޮލޭ
10 July 2018
އޭ ގަޅި ވާހަކަ ނުދައްކާ ތިހިސާބަށް ދިޔައީމާ ދެން ޖެެހޭނީ ލޮލަަށް ގޮވަން. ބްރިޖް ނިމޭތަންވެސް ހަމަ ނުފެންނަނީ؟
އެމްއޯޔޫ
10 July 2018
ނަޝީދުގެ ސަރުކާރުން ތިޔަފަދަ ކިތަންމެ ފޭކް އެއްބަސްވުންތަކެއްގައި ސޮއިކުރި. މިސާލަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ޖަރުމަން ބަޔަކާއި ޙަވާލުކުރުން.
އަޒާ
10 July 2018
ކޮބާ އަހިވަކު ޖޫސް ފެކްޓަރީ..؟؟
ފާތުމާ
10 July 2018
ފާފު އަތޮޅު ގަންނަން ސައުދީ އިން ދިން ލާރިގަނޑު ކޮންތާކަށް ވަނީ....
އަންވަރު
10 July 2018
ޔާމީނާ ހަވާލުކުރީ ހަމައެކަނީ ބުރިޖު އަޅާކަށްނޫން.