ރައީސް ޔާމީން މިދިޔަ ހަފުތާގައި ށ. ބިލެތްފަހީގައި: ޕީޕީއެމުން އިންތިޚާބަށް ކެމްޕޭން ފަށާފައި ވަނިކޮށް އެމަނިކުފާނު ގެންދަވަނީ ބައެއް އަތޮޅުތަކަށް ވަޑައިގަންނަވަމުން. --ފޮޓޯ/ރައީސް އޮފީސް
10 ޖުލައި 2018 - 10:17
ރައީސް އަބްދުﷲ ޔާމީން މިއަދު މ. އަތޮޅަށް ވަޑައިގެންފި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު އަތޮޅުތަކަށް ފެއްޓެވި ސިލްސިލާގެ މި ދަތުރުފުޅުގައި މ. މުއްޔާއި މުލައް އަދި ދިއްގަރަށް ވަޑައިގަންނަވާނެ އެވެ. މި ރަށްތަކުގައި މި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް ޔާމީން، މުލަކަށް ވަޑައިގަންނަވާއިރު، އެއީ ވެރިކަމަށް ހޮވިވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު ތަމްސީލް ކުރެއްވި ދާއިރާ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ޕީޕީއެމުން ފަށާފައި ވަނިކޮށް، ރައީސް ކުރައްވާ ދަތުރުފުޅުގައި މިދިޔަ ހަފުތާގައި އެ މަނިކުފާނު ވަނީ ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ. އޭގެ ކުރިން، މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންނެވި އެވެ.
ރައީސްގެ މި ދަތުރުފުޅުތަކަކީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރައްވައިގެން އިންތިޚާބަށް ކެމްޕޭން ކުރެއްވުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއަރދޮންބެ
10 July 2018
އެއަރޕޯޓް ފަށެއް އަޅާލާނެ މީމުގަ މިފަހަރު.. ދެރައީ މިވެރިކަމުގަ އަޅަން ފަށާ ނިންމާ ފުލައިޓު ޖައްސާ ހަމަ އެއް އެއަރޕޯޓްވެސް ނެތީމަ.. އެއްކަލަ މޮޔަ ކަމަށް ބުނާ ފުލެޓު ދޮންބެގެ ކުރު 3 އަހަރުގަ 5 އެއަރޕޯޓުގެ މަސައްކަތްފަށާ 3 ތަނަށް ފުލައިޓު ޖައްސާވަރު ކުރިވިއްޔާ.. މިވެރިން ބިންގާ އަޅާ ނިންމި ފުލެޓު ގަނޑެއްވެސް ނެތް.. މުޅިންވެސް ރިބަން ކެނޑުން އޮންނަނީ ކުރީގަ އަޅަން ފަށާ ނިމުނު ތަންތަނުގެ..އެކަމުވެސް ތަރައްޤީ ތަރައްޤީ
ފުލެޓް ދޮންބެ
10 July 2018
ކަލޭގެ ދެލޯ ކަނު ކަމާއި މެދު ހަމަ އަންތަރީސް ވެއްޖެ. ތިކިޔާ ފުލެޓް ދޮންބެ އަށް ސަރުކާރު ލޫޓް ވާލާފަ ދެ ފުލެޓް އިމާރާތުގެ ބިންގާ އެޅިގެންނެއް ނޫންތޯ ތިޔަ އުޅެނީ.
ޙޯބޫ
10 July 2018
ދެރަވީ ދޯ
ހފހފހފހފ
10 July 2018
މިސަރުކާރުގެ ފާހާނާއި ނަރުދަމާގެ ޕްރޮޖެކްޓް ތަކަކީ، އެންމެ މަގްބޫލް ކަމަކީ. ރަށްރަށުގެ ރައްޔިތުން ތިބީ ނަޖިސް ފެނުން ފެންވަރާ ވުޟޫކޮށް ކައްކާ ކައިބޮއެހަދާހާ ނިކަމެތި ދަރަޖައިގަ. އެއިން ކަމަކަށް އަޅާލާ ސަމާލުވި ސަރުކާރެއް މިނޫނީ ފެނިފައިނެތް.
އަހްމަދު
10 July 2018
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިން ކަންކަން ހުޅުވުން ފާހަގަ ކުރައްވަން އެވަޑައިގަންނަވަނީ. ފުޓްސެލް ދަނޑުތަކާއި، ހޮސްޕިޓަލްތަކުގެ ފެންވަރު މަތި ކުރުމާއި، މިސްކިތްތަކާއި، ބަނދަދަރުތަކާއި، ބޯފެނާއި ފާހާނާގެ ނިޒާމާއި، މިހެންގޮސް ކިޔާނެ ކަމެއްނެތް، މިސަރުކާރުންވަނީ ރައްޔިތުންނަށްޓަކައި އެތަށްހާސް ކަމެއް ކޮށްދެއްވާފަ. އިހްސާންތެރިކަން އިސްލާމް ފޮތުން ކިޔަވައިފަ ތިބި ބަޔަކަށް އެނގޭނީ އިހްސާންތެރިކަމުގެ އަގު އަދާކުރަން.
ހަސަންމަނިކުފާނު
10 July 2018
މަނިކްފާނު ހިއްވަރު ކޮއްލައްވާ ! އަޅުގަނޑުމެން މިތިނބީމަނިކްފާނާ އެކު! މިކަން ނިންމަން ހިންގާ!
ބައްޔެއް
10 July 2018
އެނޫން އަތޮޅަކަށް ދޭތަ؟؟
ޗެލްސީ
10 July 2018
ކެމްޕެއިން ނަމުގަ އަމިއްލަ ހަރަދުގަ މިދުވަސްކޮޅު ކިތައްމެ ދަތުރެއްވެސް ކުރަންވީ.. ދައުލަތުގެ އުޅަނދުގައި' ރަސްމީނަމުގައި' ރައްޔިތުންގެ ފައިސާ ބޭނުންކޮއްގެން ވެރިއަކަށް ހުރި މީހަކު އާއްމުކޮށް ކުރާހިތްނުވާ' ނުކުރާކަމެއް މިވަގުތު ކުރުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ ރައްޔިތުންނަށް ސާފުކޮއްލަ ދިނުންއެދެން ޑރ.ޝަހީމް.
މުހައިމިން
10 July 2018
ސަރުކާރުގެ ބަޖެޓުން ޕާޓީ ތަކަށް ދޭ މިލިއަން ރުފިޔާ ކަލޭމެންނަށް ބަހަނީ ދޯ. ބޮލަކަށް ވާވަރު ބަލާފަ. އެއީ ރައްޔިތުންގެ ލާރި އެއް ނޫންތަ.
ވަގާރު ކުޑޭ
10 July 2018
އަރާނެ އުނދޯއްޔަކައް އަރަންވީ މިހާރު ނޮވެމްބަރު 11 ފަހުން އިންޝާﷲ މަނިކުފާނު ބައިންދާނީ އުޑަފައިން
މޯޑް
10 July 2018
އަސްރު ކަލޭމެން މޭކަރާނެ.. ޔާމީނަކާ ނުކުޅެވޭނެ...ވ.ވާހަކަ.
ާަައަސްރު
10 July 2018
ރައްޔިތުންގެ ފައިސާގަ ކެންޕޭނުކުރަނީ. މިޢީތޯ ޝަހީމް އެބުނާ ދީނީ ހަމައަކީ؟؟ ކޮބާ އޭސީސީ؟ ކޮބާ އިލެކްޝަންސް ކޮމިޝަން؟ ކޮބާ އެޗް.އާރު.ސީ.އެމް.؟؟
ނިޔާޝާ
10 July 2018
ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެއްވީމާ ރައްޔިތުން ކުރާ އުފަލުގައި ރައީސަށް ބައިވެރި ވެވޭނެ.